Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލަނޑާ ރާއްޖޭގައި ހިމާޔަތްކުރުން

ލަނޑާ ރާއްޖޭގައި ހިމާޔަތްކޮށްފި

25 ސެޕްޓެމްބަރު 2020 | ހުކުރު 08:37

80 ޕަސަންޓު ވެލި ބޭރުފަރުތަކުގައި އުފައްދަނީ ލަނޑާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 ސެޕްޓެމްބަރު 2020 | ހުކުރު 08:37
ލަނޑާގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފައި

ލަނޑާގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފައި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތަކުގެ ލިސްޓަށް، ފަރުތަކަށް މުހިއްމު މަހުގެ އާއިލާއެއް ކަމުގައިވާ ލަނޑާ އިތުރުކޮށްފިއެވެ.

އެއްމެ ފަހުން ފަރުމަހެއް ރާއްޖޭގައި ހިމާޔަތްކުރެވުނީ 1995ވަނަ އަހަރު މާހުޅުނބުލަނޑާއެވެ.

Advertisement - newsAdvertisement

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އާއްމުކުރި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދު (2020/ރ-75) ގެ ދަށުން ލަނޑާގެ ހުރިހާ ބާވަތެއް ހިމާޔަތްކުރެވުނީ ރާއްޖޭގެ ފަރުތަކުގެ ސަލާމަތްތެރިކަމަށްޓަކައި ލަނޑާގެ ދުޅަހެޔޮ އާބާދީއެއްގެ މުހިއްމުކަން އޮތުމުންނެ އެވެ. މި ގަވާއިދު އެކުލަވާލުމަށްޓަކައި، މިނިސްޓްރީ އޮފް ފިޝަރީޒް އިން ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ގުރާގެ ތުންގަނޑުހެން ތުންގަނޑު ހުންނަ ލަނޑާއަކީ ފަރުތަކުގައި އުޅޭ ކުލަގަދަ އަދި ހަލުވި ފަރުމަހުގެ އާއިލާއެކެވެ. އެސޮރުމެން ދުވަހުގެ 90 ޕަސަންޓު ވަގުތު ހޭދަކުރަނީ ފެހި ކެހުމުގައެވެ. ފަރުތަކުގައި މުރަކައިގެ ދިރުން ފެށުމަށް ބޭނުންވާ ޖާގަ ލިބެނީ ގައުތަކުގައި ޖަހާފައިވާ ފެހި ލަނޑާ ކައި ސާފުކުރުމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ފަޅުތަކާއި ގޮނޑުދޮށްތައް ހެދުމަށް ބޭނުންވާ 80 ޕަސަންޓު ވެލި ބޭރުފަރުތަކުގައި އުފައްދަނީ ލަނޑައެވެ.

މުރަކަ ފަރުތައް ދިރާސާކުރުމުގައި 25 އަހަރު ހޭދަކޮށްފައިވާ ޔޫކޭގެ ޔުނިވަރސިޓީ އޮފް އެކްސެޓަރގެ ޕްރޮފެސަރ އޮފް މެރިން ސައިންސް ޕްރޮފެސަރ ކެލަމް ރޮބަރޓްސް ބުނި ގޮތުގައި ދިރާސާތަކުން ދައްކާގޮތުގައި ލަނޑާ ގިނައިން އުޅޭ ފަރުތަކާއި އަޅާބަލާއިރު ލަނޑާ މަދުން އުޅޭ ފަރުތައް އާލާވާ މިންވަރު މާލަހެ އެވެ. އަދި ރާއްޖޭގެ ސަރުކާރުން އެޅި މި ފަޔަވަޅަކީ ރާއްޖޭގެ ފަރުތަކުގެ ހާލަތު ރަނގަޅުކުރުމަށާއި ފަރުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީވެދޭނެ ވަރަށް ވެސް މުހިއްމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލަނޑާއަކީ ދިވެހިން ކެއުމުގައި އާއްމުކޮށް ބޭނުންކޮށް އުޅުނު މަހެއް ނޫން ނަމަވެސް ފަހަކަށް އައިސް މާރުކޭޓުތަކުގަޔާއި ފިހާރަތަކުގައި ލަނޑާ ވިއްކަން ހުންނަ މިންވަރު ވަނީ އިތުރުވެފައެވެ.

މާލޭގެ މަސްމާރުކޭޓުގައި ލަނޑާ ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާކުރި ފަހުން މާރުކޭޓަށް ލަނޑާ ގެނައުން އެއްކޮށްހެން ވަނީ ހުއްޓިފައެވެ.

ރާއްޖޭގެ މަސްވެރިކަން މޭނޭޖުކުރުމުގެ ޕްލޭންތައް ސަރުކާރުން މިހާރު ދަނީ މުރާޖައާކުރަމުންނެވެ.

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

4

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

5

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް