Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސުއަރޭޒް އެތުލެޓިކޯއަށް ބަދަލުވުން

ބާސާގެ ލެޖެންޑް ސުއަރޭޒް އެތުލެޓިކޯއަށް

24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 01:31

ސުއަރޭޒްގެ ސޮއި ހޯދުމަށް އެތުލެޓިކޯއިން ބާސާއަށް ހަ މިލިޔަން ޔޫރޯ ދައްކާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 01:31
ބާސެލޯނާއަށް ކުޅެމުން އައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް

ބާސެލޯނާއަށް ކުޅެމުން އައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް

ބާސެލޯނާ ދޫކޮށް އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެއެވެ.

ބާސާއިން އުމުރުން 33 އަހަރުގެ ސުއަރޭޒް ވިއްކާލަން އަމާޒުހިފީ ސުއަރޭޒްގެ އުމުރު ދޮށިވުމާއި، އެޓީމުގެ އައު ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުގައި ސުއަރޭޒް ނުހިމެނޭތީ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އެއާއެކު ބުދަ ދުވަހުގެރޭގެ ވަގުތެއްގައި އެތުލެޓިކޯއިން ވަނީ ސުއަރޭޒް އެކުލަބާ ގުޅުނުކަން ހާމަކޮށްފައެވެ. އެތުލެޓިކޯއިން ސުއަރޭޒްގެ އެއްބަސްވުމުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ސުއަރޭޒްގެ ސޮއި ހޯދުމަށް އެތުލެޓިކޯއިން ބާސާއަށް ހަ މިލިޔަން ޔޫރޯ ދައްކާނެއެވެ.

އެތުލެޓިކޯއިން ސުއަރޭޒްގެ ސޮއި ހޯދިއިރު، މީގެ ކުރިން ސުއަރޭޒް ހޯދަން މަސައްކަތް ކުރީ ޔުވެންޓަސްއިންނެވެ. ސުއަރޭޒް ޔުވެންޓަސްއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދަން ނިންމި ކަމަށް މީގެ ކުރިން ރިޕޯޓުކުރި ނަމަވެސް، އެ ޑީލް ހުއްޓުނީ ސުއަރޭޒަށް އިޓަލީގެ ރަށްވެހިކަން ނުލިބުމާ ގުޅިގެންނެވެ. އެއާއެކު ޔުވެންޓަސްއިން ވަނީ ލޯނު އުސޫލުން އެތުލެޓިކޯއަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާގެ ސޮއި ހޯދާފައެވެ.

ލިވަޕޫލް ދޫކޮށް 2014 ވަނަ އަހަރު 65 މިލިޔަން ޕައުންޑަށް ބާސާއާ ގުޅުނު ފޯވާޑް ހަ ސީޒަނަށްފަހު އެ ކުލަބު ދޫކޮށްލިއިރު، އޭނާ ވަނީ ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ސުއަރޭޒް ބާސާއަށް ކުޅެދިން 283 މެޗުގައި 198 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ އަކީ ބާސާގެ ތާރީޚުގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އަދި ސުއަރޭޒް ވަނީ ބާސާއާއެކު 13 ތަށި އުފުލާލާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ހިމެނެއެވެ.

ސުއަރޭޒް އަކީ މި ޓްރާންސްފާ ބާޒާރުގައި ބާސާ ދޫކޮށްލި ހަތަރުވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ބާސާއިން ވަނީ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗާއި، ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އަދި ޕޯޗުގަލްގެ ޑިފެންޑަރު ނެލްސަން ސެމޭޑޯ ވިއްކާލާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

21 އޯގަސްޓު 2017

ނޭމާ ބާސާގެ މެނޭޖްމަންޓަށް ފާޑުކިޔައިފި

21 އޯގަސްޓު 2017
ނޭމާ ބާސާގެ މެނޭޖްމަންޓަށް ފާޑުކިޔައިފި
17 އޯގަސްޓު 2017

ސުއަރޭޒްއަށް އަނިޔާވެ ބާސާ އަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެ

17 އޯގަސްޓު 2017
ސުއަރޭޒްއަށް އަނިޔާވެ ބާސާ އަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެ
14 އޯގަސްޓު 2017

ރެއާލްއިން ބާސާގެ މައްޗަށް ކުރި ހޯދައިފި!

14 އޯގަސްޓު 2017
ރެއާލްއިން ބާސާގެ މައްޗަށް ކުރި ހޯދައިފި!
02 އޯގަސްޓު 2017

ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ފްރާންސްގެ ލެޖެންޑް ޑެސައިލީ ރާއްޖެ އަންނަނީ!

02 އޯގަސްޓު 2017
ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ފްރާންސްގެ ލެޖެންޑް ޑެސައިލީ ރާއްޖެ އަންނަނީ!
27 ޖޫން 2017

ރޯމާގެ ލެޖެންޑް ޓޮޓީ ހޯދުމަށް ޖަޕާންގެ ޓޯކިޔޯ ވާޑީން މަސައްކަތް ފަށައިފި

27 ޖޫން 2017
ރޯމާގެ ލެޖެންޑް ޓޮޓީ ހޯދުމަށް ޖަޕާންގެ ޓޯކިޔޯ ވާޑީން މަސައްކަތް ފަށައިފި
20 ޖޫން 2017

ބާސާގެ އިނިއެސްޓާއަށް އިންޓަ މިލާނުން ފާރަލާން ފަށައިފި

20 ޖޫން 2017
ބާސާގެ އިނިއެސްޓާއަށް އިންޓަ މިލާނުން ފާރަލާން ފަށައިފި
28 މެއި 2017

ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ

28 މެއި 2017
ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ
30 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ

30 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ
25 މާރިޗު 2017

ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!

25 މާރިޗު 2017
ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް