Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ އަގު

މިއަހަރުގެ މިހާތަނަށް ރާއްޖެ އެތެރެކުރެވިފައި ވަނީ 21.1 ބިލިއަން ރުފިޔާގެ މުދާ

ނިމިދިޔަ 2019 ވަނަ އަހަރުގެ ޖޭނުއަރީ އިން ސެޕްޓެމްބަރު މަހަށް 30.8 ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެ އެތެރެކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2020 | ބުދަ 18:26
މޯލްޑިވސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުން މުދާ އުފުލުމުގެ މަސައްކަތުގައި

މޯލްޑިވސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުން މުދާ އުފުލުމުގެ މަސައްކަތުގައި

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އެތެރެކޮށްފައި ވަނީ 21.1 ބިލިއަން ރުފިޔާގެ މުދާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ނިމިދިޔަ 2019 ވަނަ އަހަރުގެ ޖޭނުއަރީ އިން ސެޕްޓެމްބަރު މަހަށް 30.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައިވާ ކަމަށާއި، މިއަހަރުގެ މި މުއްދަތުގައި އެތެރެކޮށްފައިވާ 21.1 ބިލިއަން ރުފިޔާގެ މުދަލަކީ 32 އިންސައްތަ ދަށް އަދަދެއް ކަމަށެވެ. އަދި މިއީ ކޮވިޑް-19 ގެ ސަބަބުން އައި ބަދަލެއް ކަމަށްވެ ސް ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ 2019 ވަނަ އަހަރުގެ ޖޫން މަހުން ސެޕްޓެމްބަރު މަހަށް 12.5 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށާއި މިއަހަރުގެ މި މުއްދަތުގައި އެތެރެކޮށްފައި ވަނީ 7.5 މިލިއަން ރުފިޔާ ކަމަށެވެ.

ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލަށް ބަލާއިރު، 2019 ވަނަ އަހަރުގެ ޖޫން އިން ސެޕްޓެމްބަރަށް 442 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާ ކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މިއަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައި ވަނީ 616 މިލިއަން ރުފިޔާގެ މުދާކަމަށެވެ.

ޝަރީފް ވިދާޅުވީ މިއަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރަށް 1.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓް ކޮށްފައިވާ އިރު، ފާއިތުވި އަހަރު އެކްސްޕޯޓް ކޮށްފައި ވަނީ 1.6 ބިލިއަން ރުފިޔާގެ މުދާ ކަމަށެވެ. އެހެން ކަމުން އެވްރެޖްކޮށް އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު 10 އިންސައްތަ ދަށްވެފައިވާ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރު މަހަށް އިމްޕޯޓް އެކްސްޕޯޓް ޑިއުޓީ އިން ކަސްޓަމަސް އަށް ލިބިފައި ވަނީ 2.4 ބިލިއަން ރުފިޔާ ކަމަށާއި މިއަހަރުގެ މިމުއްދަތުގައި ޑިއުޓީގެ ގޮތުގައި ލިބިފައި ވަނީ 1.8 ބިލިއަން ރުފިޔާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިއީ 26 އިންސައްތައިގެ ދަށްވުމެކެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޖޫން އިން ސެޕްޓެމްބަރު މަހު އެއް ބިލިއަން ރުފިޔާ ލިބިފައިވާ އިރު މިއަހަރުގެ މިމުއްދަތުގައި ޑިއުޓީގެ ގޮތުގައި ލިބިފައި ވަނީ 650 މިލިއަން ރުފިޔާއެވެ.

ޝަރީފް ވިދާޅުވީ 2019 ވަނަ އަހަރު 164 މިލިއަނަށް ވުރެ ގިނަ ފޯމް ކަސްޓަމްސް އިން ޑިކްލެއަރ ކޮށްފައިވާ އިރު، މިއަހަރު ޑިކްލެއަރ ކުރެވުނީ 95 ހާސް ފޯމް ކަމަށެވެ. މިއީ 42 އިންސައްތައިގެ ދަށްވުމެއް ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު