Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޯޗުގަލަށް އިރުޝާދުދޭން މޮރީނިއޯ ބޭނުންވުން

ކެރިއަރު ނިންމާލުމުގެ ކުރިން ޕޯޗުގަލަށް ކޯޗުކަން ކޮށްދޭން ބޭނުންވޭ: މޮރީނިއޯ

މިހާތަނަށް ގައުމެއްގެ ފުޓްބޯޅަ ޓީމަށް މޮރީނިއޯ ކޯޗުކަން ކޮށްދީފައެއް ނުވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 23 ސެޕްޓެމްބަރު 2020 | ބުދަ 17:13
ޓޮޓެންހަމް ހޮޓްސްޕާއަށް އިރުޝާދު ދެމުން އަންނަ ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ

ޓޮޓެންހަމް ހޮޓްސްޕާއަށް އިރުޝާދު ދެމުން އަންނަ ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ

ކޯޗިންގ ކެރިއަރު ނިންމާލުމުގެ ކުރިން ޕޯޗުގަލުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗުކަން ކޮށްދޭން ބޭނުންވާ ކަމަށް ޓޮޓެންހަމް ހޮޓްސްޕާއަށް އިރުޝާދު ދެމުން އަންނަ ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މިހާތަނަށް ގައުމެއްގެ ފުޓްބޯޅަ ޓީމަށް މޮރީނިއޯ ކޯޗުކަން ކޮށްދީފައި ނުވި ނަމަވެސް، ޕޯޗުގަލަށް އުފަން މޮރީނިއޯ ވަނީ ކުލަބު ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި އޭނާ ވަނީ 2010 ވަނަ އަހަރު ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ހޯދާފައެވެ.

ދާދި ފަހުން މޮރީނިއޯ ބުނީ އޭނާގެ ކޯޗިންގ ކެރިއަރު ނިންމާލަން ބޭނުންވަނީ ގައުމެއްގެ ފުޓްބޯޅަ ޓީމަކަށް ކޯޗުކަން ކޮށްދިނުމަށްފަހު ކަމަށާއި، އެގޮތުން އެންމެ ބޭނުން ވަނީ އަމިއްލަ ގައުމު ކަމަށްވާ ޕޯޗުގަލުިގެ ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗުކަން ކޮށްދިނުމަށް ކަމަށެވެ. އެކަމަކު ޕޯޗުގަލް ވެގެންދާނީ ކޯޗުކަން ކޮށްދޭން އުނދަގޫ ޓީމަކަށް ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ އޭނާގެ ކެރިއަރު ނިންމާލުމުގެ ކުރިން ފީފާ ވޯލްޑް ކަޕެއްގައި އާއި ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތެއް ތަޖުރިބާ ކުރަން ބޭނުންވާ ކަމަށާއި، އަދި އެކަން ކުރުމަށް އެންމެ ރަނގަޅުވާނީ އަމިއްލަ ގައުމު ޕޯޗުގަލާއެކުގައި ކަމަށެވެ.

އުމުރުން މިހާރު 57 އަހަރުގެ މޮރީނިއޯ ވަނީ މިހާތަނަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކަށް ކޯޗުކަން ކޮށްދީފައެވެ. އެގޮތުން ބެންފިކާ، ޕޯޓޯ، ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް އަދި އިންޓަ މިލާނަށް ވަނީ އިރުޝާދު ދީފައެވެ. އަދި މޮރީނިއޯ ވަނީ ޕޯޓޯ އާއި އިންޓަ މިލާނަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

ބްރޭކަށް ދިއުމުގެ ކުރިން ލިބުނީ މުހިންމު މޮޅެއް: ސާންތި

23 މެއި 2017
ބްރޭކަށް ދިއުމުގެ ކުރިން ލިބުނީ މުހިންމު މޮޅެއް: ސާންތި
20 މެއި 2017

އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

20 މެއި 2017
އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
13 އެޕްރީލު 2017

މިއަދަކީ ފުޓުބޯޅަ ކެރިއަރުގައި އެންމެ ލަދުގަތް ދުވަސް: ސުޒޭން

13 އެޕްރީލު 2017
މިއަދަކީ ފުޓުބޯޅަ ކެރިއަރުގައި އެންމެ ލަދުގަތް ދުވަސް: ސުޒޭން
09 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

09 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު