Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޯކައިދޫ ބަނދަރުގެ މަސައްކަތް

ފޯކައިދޫ ރައްޔިތުން އެދޭގޮތަށް ބަނދަރުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާނަން: އާޒިމް

މި މަޝްރޫއުގެ ދަށުން 1200 ފޫޓުގެ ބަނދަރެއް ހެދިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ސެޕްޓެމްބަރު 2020 | ބުދަ 04:09
ފޯކައިދޫ ބަނދަރު ހެދުމަށް އެމްޓިސީސީން ރަށަށް ސާމާނު ގެންދިޔަ ދުވަހު ރަށުގެ ރައްޔިތުން ނުކުމެ މަރުހަބާ ކިޔަނީ

ފޯކައިދޫ ބަނދަރު ހެދުމަށް އެމްޓިސީސީން ރަށަށް ސާމާނު ގެންދިޔަ ދުވަހު ރަށުގެ ރައްޔިތުން ނުކުމެ މަރުހަބާ ކިޔަނީ

ށ. ފޯކައިދޫގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ ބަނދަރުގެ މަސައްކަތް އެރަށުގެ ރައްޔިތުން އެދިލައްވާގޮތަށް ވީހާވެސް އަވަހަކަށް ނިންމަވާނެ ކަމަށް ބަނދަރުގެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފިއެވެ.

ރާއްޖެޓީވިގެ ގައުމީ ތަރައްގީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެރަށުގެ ރައްޔިތުން ކީ ހޫނު މަރުހަބާ ބަލައިގަންނާނީ މަސައްކަތް ނިންމަންވާ ދުވަހަށް ކޮލިޓީ ރަނގަޅު މަސައްކަތެއް ނިންމާ ރައްޔިތުންނާއި ހަވާލުކުރައްވަމުން ކަމަށެވެ. އާޒިމް ވިދާޅުވީ ބަނދަރުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، މި މަސައްކަތުގެ ދަށުން އެރަށުގައި 1200 ފޫޓުގެ ދިގު ބަނދަރެއް ހެދިގެންދާނެ ކަމަށެވެ.

މިހާރު ބަނދަރު ހަދާފައި އޮންނަ ތަނުގެ ގޮތުން ގޮންޖެހުންތަކާއި ދިމާވާކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ އާ ބަނދަރު ހެދިގެންދަނީ، ރަށުގެ ރައްޔިތުންނާއި، އެންވަޔަރަމަންޓް މިނިސްޓްރީ އާއި، ކޮންސަލްޓެންޓުންނާއި ވާހަކަ ދެކެވިގެން ރަށުގެ ރައްޔިތުން ބޭނުންވާ ސަރަހައްދެއްގައި ކަމަށެވެ.

އާޒިމް ވިދާޅުވީ ބަނދަރު ނިންމުމަށް ދީފައިވާ މުއްދަތަކީ 500 ދުވަސް ނަމަވެސް، ޓާގެޓަކީ އެއަށްވުރެ އަވަހަށް ބަނދަރުގެ މަސައްކަތް ނިންމުން ކަމަށެވެ. އެގޮތުގެ މަތިން އަންނަ އަހަރުގެ ތެރޭގައި ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާ ރައްޔިތުންނަށް ބަނދަރު ބޭނުންކުރެވޭވަރުކޮށްދެއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 507 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 464 މީޓަރ އެއްގަމުތޮށި ޖެހުމާއި، 2320 ސްކެއަރ މީޓަރ ޕޭވްމަންޓް ހެދުމާއި، 12 މޫރިން ބްލޮކްސް ޖެހުމާއި، 39,995 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 4,000 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، 100 މީޓަރ ރިވެޓްމަންޓް ޖެހުމާއި 2 ނެރުބައްތި ޖެހުމުގެ އިތުރުން 24 ބަނދަރު ބައްތި ޖެހުން ހިމެނެއެވެ.

55,974,940.88 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 500 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު