Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ކެއަރ ޕެކޭޖުތަކުން ރަމްޒުކޮށްދެނީ ސަރުކާރުގެ އޯގާތެރިކަން: ފިރުޝާން

ކެއާރ ޕެކޭޖުގެ ތެރޭގައި ހިމެނެނީ 196 ބަސްތާ ހަނޑުލާއި، 196 ބަސްތާ ހަކުރު އަދި 33 ބަސްތާ މުގު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 22 ސެޕްޓެމްބަރު 2020 | އަންގާރަ 22:03
ހޯނޑެއްދޫއަށް ފޮނުވި ކެއަރ ޕެކޭޖުތައް އެރަށަށް ބާލަނީ

ހޯނޑެއްދޫއަށް ފޮނުވި ކެއަރ ޕެކޭޖުތައް އެރަށަށް ބާލަނީ

ގދ. ހޯނޑެއްދޫގައި ކޮވިޑް-19 ފެތުރެމުންދިއުމާ ގުޅިގެން ޖެންޑަރ މިނިސްޓްރީއާއި ހެލްތު މިނިސްޓްރީން ފޮނުވި ކެއާރ ޕެކޭޖުތަކާއި އެހެނިހެން ސާމާނުތައް ލިބިފައިވާ ކަމަށާއި މިކަމުގެ ސަބަބުން ސަރުކާރުގެ އޯގާތެރިކަން ރަމްޒުކޮށްދޭ ކަމަށް މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

މެންބަރު ހުސައިން ފިރުޝާންގެ ފޭސްބުކް ޕޭޖުގައި އަންގާރަ ދުވަހު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހޯނޑެއްދޫގައި ކޮވިޑް-19 ބަލި ފެތުރެމުން ދިއުމާއެކު ޖެންޑަރ މިނިސްޓްރީއާއި ހެލްތު މިނިސްޓްރީން ފޮނުވި ކެއާރ ޕެކޭޖުގެ ތެރޭގައި 196 ބަސްތާ ހަނޑުލާއި، 196 ބަސްތާ ހަކުރު އަދި 33 ބަސްތާ މުގުގެ އިތުރުން ބަލި މީހުން އައިސޮލޭޓް ކުރުމަށް ބޭނުންވާ 11 އެނދާއި ގޮދަޑި ހިމެނޭ ކަމަށެވެ. މީގެ އިތުރުން ހާއްސަ އެހީއަށާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ބޭނުންވާ ޕެކޭޖްތަކުގެ އިތުރުން ސެނިޓައިޒާ އާއި އަންގި އަދި ފޭސް މާސްކު ވެސް އެރަށަށް ފޮނުވި ކެއަރ ޕެކޭޖުގެ ތެރޭގައި ހިމެނޭ ކަމަށް ފިރުޝާން ވިދާޅުވެފައިވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކެއަރ ޕެކޭޖުގެ ތެރޭގައި ހިމެނޭ ހަނޑުލާއި، ހަކުރު އަދި މުގު ހޯނޑެއްދޫގެ ގެތަކަށް ބަހާ ނިމިފައިވާ ކަމަށެވެ.

ފިރުޝާން އިތުރަށް ވިދާޅުވެފައިވަނީ މި ބަލިމަޑުގެ ސަބަބުން ހޯނޑެއްދޫއަށް ދިމާވެފެވައިވާ ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ފަރާތުން ދެއްވާ އެއްބާރުލުމާ އެހީތެރިކަމަށް ހޯނޑެއްދޫ އެންމެހާ ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކުރައްވާ ކަމަށެވެ.

މީގެ އިތުރުން މެންބަރު ފިރުޝާން ވަނީ ހޯނޑެއްދޫ ހެލްތު ސެންޓަރާއި ކައުންސިލް އަދި ފްރޮންޓު ލައިންގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށްވެސް ޝުކުރުއަދާކުރައްވާފައެވެ.

ގދ. ހޯނޑެއްދޫއަކީ އަތޮޅު ތެރޭގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވި މީހުން ހިމެނޭ ރަށެވެ. އެރަށުން މިހާތަނަށް ވަނީ ކޮވިޑް-19 އަށް 44 މީހުން ޕޮޒިޓިވްވެފައެވެ. ނަމަވެސް މިހާރު އޭގެ ތެރެއިން 25 ވަނީ ރަނގަޅުވެފައެވެ. އަދި 19 މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

މެންބަރު ފިރުޝާން ވަނީ ކޮވިޑް-19 އާއި ގުޅިގެން މަޑަވެލި ދާއިރާގައި ހިމެނޭ ރަށްތަކަށް ބޭނުންވާ މާސްކާއި ސެނިޓައިޒާވެސް ފޯރުކޮށްދީފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު