Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޭދޫ ޓާފް ދަނޑުގެ މަސައްކަތް

ފޭދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ނިންމާލައިފި

22 ސެޕްޓެމްބަރު 2020 | އަންގާރަ 16:39

ބިން އެއްވަރުކުރުމުގެ މަސައްކަތަށް 2.65 މިލިޔަން ރުފިޔާ ޚަރަދުވި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 ސެޕްޓެމްބަރު 2020 | އަންގާރަ 16:39
އައްޑޫ ސިޓީ ފޭދޫގައި ސަރުކާރުން އަޅާ ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު: ބިން އެއްވަަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައި

އައްޑޫ ސިޓީ ފޭދޫގައި ސަރުކާރުން އަޅާ ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު: ބިން އެއްވަަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައި

އައްޑޫ ސިޓީ ފޭދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ފޭދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. މި މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން 2.65 މިލިޔަން ރުފިޔާގެ ބަޖެޓެއް އެކުލަވާލިއެވެ.

އަންގާރަ ދުވަހު އެމްޓީސީސީން ކުރި ޓްވީޓެއްގައި ވަނީ ފޭދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަޝްރޫއު ނިމިފައިވާކަން ހާމަކޮށްފައެވެ.

ފޭދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ނިންމާލިއިރު، ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއެވެ. އަދި އެ މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 4.53 މިލިޔަން ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، ފޭދޫ ފުޓްބޯޅަ ދަނޑުގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުޓްބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މިހާތަނަށް ސަރުކާރުން ވަނީ ތ. ވިލުފުށީ ޓާފް ދަނޑާއި، ރ. އަލިފުށި ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑާއި ނ. ކެނދިކުޅުދޫ ޓާދް ދަނޑުގެ އިތުރުން އެ އަތޮޅު ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

26 މާރިޗު 2017

ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ

26 މާރިޗު 2017
ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ
16 މާރިޗު 2017

ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ

16 މާރިޗު 2017
ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ
13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް