Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު

އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު ތަސްދީގު ކުރައްވައިފި

22 ސެޕްޓެމްބަރު 2020 | އަންގާރަ 13:34

މިއީ މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރި ބިލެއް

އަމްނާ އިމާދު
އަމްނާ އިމާދު | 22 ސެޕްޓެމްބަރު 2020 | އަންގާރަ 13:34
ކޮވިޑް-19އާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް ރައީސް ސޯލިހު ބައްލަވާލައްވަނީ

ކޮވިޑް-19އާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް ރައީސް ސޯލިހު ބައްލަވާލައްވަނީ

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ސޯލިހު މި ބިލް ތަސްތީގު ކުރެއްވީ އަންގާރަ ދުވަހެވެ.

Advertisement - newsAdvertisement

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅޭ ޚާއްސަ އުސޫލުތައް ކަނޑައެޅުމަށް ފަރުމާކޮށްފައިވާ މި ބިލަކީ، މި ސެޕްޓެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާ އިން ފާސް ކުރި ބިލެކެވެ.

މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި، ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައި ދިނުމާއި، އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި ގާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ހިމަނާފައިވެއެވެ.

ހަމައެއާއިއެކު، ކޯވިޑް-19 އާއި ގުޅިގެން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކަށް ޚާއްސަ ޗުއްޓީ ހަމަޖައްސައިދިނުމާއި، ޚާއްސަ އިސްތިސްނާ ހާލަތްތަކެއްގައި މެނުވީ ކޮވިޑް-19 އާއި ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލުގެނައުން ހުއްދަނުވާނެ ކަމުގައި ކަނޑައެޅުން މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން، ކޮވިޑާއި ގުޅިގެން ކުރިމަތިވެފައިވާ މި ޙާލަތުގައި ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށް އެކަށައަޅަންޖެހޭ ޚާއްސަ އުސޫލުތައް އެކަށައެޅުން ވެސް މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

މި ބިލު ގާނޫނަކަށްވުމަށްފަހު، އަމަލުކުރުމަށް ހަމަޖެހިފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ނުވަތަ ކާރިސާގެ ޙާލަތެއް ނިމުމަކަށް ގެންނަތާ ފަސްދޮޅަސް ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020 ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއި ގުޅިގެން މި ގާނޫނު އަންގާރަ ދުވަހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 މާރިޗު 2017

އެޗްވަންއެންވަން އާންމު ހާލަތަށް

30 މާރިޗު 2017
އެޗްވަންއެންވަން އާންމު ހާލަތަށް
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
28 ފެބުރުއަރީ 2017

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

28 ފެބުރުއަރީ 2017
ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ
27 ފެބުރުއަރީ 2017

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

27 ފެބުރުއަރީ 2017
ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
26 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

26 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް