Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް ބޯޑުގެ އިންތިޚާބު

ގޯސްކޮށް އެއްވެސް ކަމެއް ނުކުރަން، ފައިސަލަށް ފުރިހަމަ އެއްބާރުލުން ދޭނަން: އަފްލާހް

22 ސެޕްޓެމްބަރު 2020 | އަންގާރަ 06:24

އަފްލާހް ކްރިކެޓް ބޯޑުގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައެއް ނުވޭ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 22 ސެޕްޓެމްބަރު 2020 | އަންގާރަ 06:24
ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު އަފްލާހް (އަފޫ) \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު އަފްލާހް (އަފޫ) \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ކުރިމަތިނުލި ނަމަވެސް، އަލަށް އަންނަ އައު ހިންގާ ކޮމިޓީއަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، ކްރިކެޓަށް އަބަދުވެސް އެދެނީ ކުރިއެރުން ކަމަށް މިހާރުގެ ރައީސް މުޙައްމަދު އަފްލާހް (އަފޫ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަފްލާހް ވިދާޅުވީ އޭނާ ކުރި ކަންތައްތައް އިނގިލި ބިންދައިގެން ހާމަކުރަން ބޭނުންނުވާ ކަމަށާއި، އެކަމަކު ދައުރު ނިންމާލުމަށްފަހު ދާއިރު ކްރިކެޓުގެ އާއިލާއަށް އެކަންކަން ފެންނަށް ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ގައުމީ ކްރިކެޓް ޓީމަށް ހޯދައިދިން ފުރުސަތުތަކާއި، މިއަދު ގައުމީ ކްރިކެޓް ޓީމު އޮތް ހިސާބުގެ އިތުރުން، އަންހެން ކްރިކެޓް ތައާރަފުކޮށް، މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ކްރިކެޓް އާލާކުރުމަށް ކުރި މަސައްކަތް ފާހަގަކުރެއްވިއެވެ.

އައު ދައުރަކަށް ކުރިމަތިނުލި ނަމަވެސް ވަރަށް ބޮޑު އިތުބާރެއް އަދި ތާއީދެއް ކްރިކެޓުގައި އޮތް ކަމަށާއި، އެހެން ނަމަވެސް މިއީ ބަދަލެއް އަންނަންވީ ވަގުތު ކަމަށް ދެކި، އިތުރު ދައުރަކަށް ކުރިމަތިނުލާން ނިންމީ ކަމަށް އަފްލާހް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ކްރިކެޓް ބޯޑުގެ ބޮޑު ފައިސާއެއްގައިވެސް މި ނިމިދިޔަ ހަތަރު އަހަރު ޖެހިފައި ނޯންނާނެ ކަމަށާއި، ބޯޑުގެ ބަޖެޓު ބޭނުންކޮށްފައިވާނީ ކްރިކެޓުގެ ކުރިމަގަށް ކޮށްފައިވާ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަމަށްވާއިރު، ކުރެވުނު ޚަރަދުގެ ސަބަބުން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން މިއަދު ލިބޭ އަދަދު ދެގުނަ އިތުރުވެފައިވާ ކަމަށެވެ.

މިއަދު ކްރިކެޓް ބޯޑަށް އައިސީސީން 180،000 (އެއްލަކައް އައްޑިހަ ހާސް) ޑޮލަރު ލިބޭ ކަމަށާއި، އެއީ މި ނިމިދިޔަ ހަތަރު އަހަރު ކުރެވުނު މަސައްކަތް ކަމަށްވެސް އަފްލާހް ވިދާޅުވިއެވެ.

ކްރިކެޓް ކޮމިއުނިޓީ އަކީ ވަރަށް އެކީ މަސައްކަތް ކުރާ އެކުވެރި ބަޔަކަށްވާއިރު، އެއްވެސް ބަޔަކު ޒާތީވެގެން މަސައްކަތް ނުކޮށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށާއި، އަލަށް އަންނަ ރައީސް އާއި ހިންގާ ކޮމިޓީއަށް ޔަގީންކަން އަރުވަނީ ފުރިހަމަ އެއްބާރުލުން ދީގެން މަސައްކަތް ކުރާނެ ކަމަށްވެސް އަފްލާހް ވިދާޅުވިއެވެ. އަދި މިހާރު ހުރި އިންޓަނޭޝަނަލް މަގާމުގެ ގޮތުންވެސް އަލަށް އަންނަ ރައީސް އާއި ހިންގާ ކޮމިޓީއަށް ބޮޑު އެއްބާރުލުމެއް ދެވޭނެ ކަމަށް އަފްލާހް ވިދާޅުވިއެވެ.

އަފްލާހް އިތުރަށް ވިދާޅުވީ ހަތަރު އަހަރުގެ ތެރޭގައި ނުކުރެވުނު ކަމަކީ ކުޅިވަރާ ބެހޭ ވުޒާރާއާއެކު ފެށި ކްލޭ ޓާފެއް އެޅުން ކަމަށާއި، އެކަމަކު ގާތްގަނޑަކަށް އެކަމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު، އެކަން މި އަހަރު ނުނިމި ދިޔައީ ކޮވިޑް-19 ގެ ސަބަބުން ކަމަށެވެ. އަދި އަބަދުވެސް ދެކުނު ހުވަފެނަކީ އެ ކްލޭ ޓާފްގައި ބައިނަލްއަގުވާމީ މެޗެއް ކުޅުން ކަމަށްވެސް ވިދާޅުވިއެވެ.

ކްރިކެޓް ބޯޑުގެ ރައީސްކަމުން ދުރުވި ނަމަވެސް ކްރިކެޓުގެ ވަރަށް ބޮޑު ޒިންމާއެއް ބޮލުގައި އެޅިފައިވާ ކަމަށާއި، އައިސީސީގެ ރީޖަނަލް ރެޕްރެޒެންޓޭވިވްގެ ގޮތުގައި ހުރުމުން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު އަދި ބުރަވެފައިވާއިރު، ރާއްޖޭގެ އިތުރުން 16 ގައުމެއް ތަމްސީލު ކުރާއިރު އޭސީސީ ބޯޑުގައިވެސް ކުރަންޖެހޭ މަސައްކަތް ގިނަ ކަމަށް އަފްލާހް ވިދާޅުވިއެވެ.

އަދި މި ވޭތުވެދިޔަ ތިން އަހަރު ރާއްޖެ ކުޅެން ޖެހިފައި ވަނީ ވެސްޓަން ރީޖަނުގައި ކަމަށާއި، އެއީ ކްރިކެޓްގައި ރާއްޖެއަށް އުނދަގޫ ސަރަހައްދަކަށްވާއިރު، ކުރެވުނު މަސައްކަތުން އީސްޓަން ރީޖަނަށް ބަދަލުވެވޭނެ ކަމަށް މިހާރު ޔަގީންކަން ހޯދިފައިވާ ކަމަށް އަފްލާހް ވިދާޅުވިއެވެ.

ރާއްޖެއިން 2005 އަދި 2006 ވަނަ އަހަރުގެ އިމާޖިން ނޭޝަންސް ކްރިކެޓް މުބާރާތް ކާމިޔާބުކުރިއިރު ގައުމީ ޓީމަށް ކުޅުނު މިހާރުގެ ރައީސް އަފްލާހް އައު ދައުރަކަށް ކުރިމަތިނުލައްވަން ނިންމި ނަމަވެސް، އޭނާ އަންނަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ ބޯޑުގައި އޭޝިއާ ތަމްސީލު ކުރައްވަމުންނެވެ. އެ މަގާމަށް ދެވަނަ ދައުރަކަށް އަފްލާހް ހޮވިވަޑައިގައިގަނެފައިވާއިރު، އޭނާގެ ދައުރު ހަމަވާނީ 2022 ވަނަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުއެވެ.

ކްރިކެޓުގެ ބޯޑުގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންނެވުމަށްފަހު އަފްލާހް ވަނީ ރާއްޖެ ސަރަހައްދީ ކްރިކެޓުގެ ވަރުގަދަ ބާރަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ އިތުރުން އަންހެން ކްރިކެޓް ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ކުޅުމުގެ ފުރުސަތު ހޯދައިދީފައެވެ.

އަދި ކްރިކެޓްގެ ވަސީލަތް ގާއިމުކުރުމަށް އަފްލާހުގެ ދައުރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ކްރިކެޓްގެ ބޮޑު ބާރު އިންޑިއާއާއެކު ރާއްޖޭގެ ކްރިކެޓުގެ ކުރިމަގަށް ވަނީ ގިނަ އެއްބަސްވުންތަކެއް ހަދާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
06 އެޕްރީލު 2017

އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު

06 އެޕްރީލު 2017
އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު
04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް