Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ދެ ފިނޭންސް މިނިސްޓަރުގެ މައްސަލަ

ޖިހާދާއި މުނައްވަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދޭ: އޭސީސީ

21 ސެޕްޓެމްބަރު 2020 | ހޯމަ 06:29

ޖިހާދާއި މުނައްވަރުގެ މައްސަލައިގެ އިތުރުކަންތައްތަކެއް ބެލުމަށް ޕީޖީ އޮފީހުން ވަނީ އޭސީސީގައި އެދިފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 ސެޕްޓެމްބަރު 2020 | ހޯމަ 06:29
ކުރީގެ 2 ފިނޭންސް މިނިސްޓަރުން ކަމަށްވާ ޢަބްދުﷲ ޖިހާދުއާއި، އަޙްމަދު މުނައްވަރު

ކުރީގެ 2 ފިނޭންސް މިނިސްޓަރުން ކަމަށްވާ ޢަބްދުﷲ ޖިހާދުއާއި، އަޙްމަދު މުނައްވަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ކުރީގެ ދެ މިނިސްޓަރުންނާއި ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ނައިބެއްގެ މައްޗަށް ދައުވާކޮށްދިނުން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އިން ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލައިގެ ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް އެމައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ހޯމަ ދުވަހު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭސީސީން ދައުވާ ކޮށްދިނުމަށް އެދި ޑިއުޓީ ޕްރޮސެކިއުޝަންއަށް ހުށަހެޅުމުން ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ފާހަގަކުރެވިގެން، ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށްފަހު އަލުން ހުށަހެޅުމަށް އޭސީސީގައި ދެންނެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިއީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި އާއްމުކޮށް ހިނގާ ކަމެކެވެ. ދައުވާ ކުރުމަށް ބަލާއިރު، ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ފާހަގަ ކުރެވޭނަމަ، މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި މިފަދައިން އަމަލު ކުރަމުން ދެއެވެ.

މި މައްސަލައާ ގުޅިގެން އޭސީސީގެ މީޑިއާ އޮފިޝަލަށް "ރާއްޖެއެމްވީ" އިން ގުޅާލުމުން ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ފާހަގަ ކުރެވިގެން އެކަންކަން ފުރިހަމަ ކުރުމަށްފަހުން އަލުން ހުށަހެޅުމަށް ޕީޖީ އޮފީހުން އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން، އެކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް އޭސީސީން ކުރިއަށް ގެންދަވާ ކަމަށެވެ.

މިދިއަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު އޭސީސީން ބުނެފައިވަނީ، ދަޢުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދުއާއި، ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެނޑް ޓްރެޜަރީ އަޙްމަދު މުނައްވަރުގެ އިތުރުން ކުރީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް ޙުސައިން ޟިރާރުގެ މައްޗަށް ކަމަށެވެ.

މި 3 ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުން އެދި ފޮނުވާފައިވަނީ ޓޫރިސްޓް ރިސޯޓު ތަރައްޤީ ކުރުމަށްޓަކައި ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުންތަކުގެ ދަށުން ދިވެހި ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކޮށްފައިވާ 7 އެއްބަސްވުމަކާ ގުޅޭ މައްސަލަތަކެއްގައެވެ. އެގޮތުން އެއީ އެ އެއްބަސްވުމުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ޙިއްސާދާރަށް، ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް (ޕުޓް-އޮޕްޝަން ރައިޓް) ހިމަނާފައިވާކަމަށް ބުނެ ކޮމިޝަނަށް ހުށައެޅި ތަހުޤީޤު ކުރެވުނު މައްސަލައެކެވެ.

އޭސީސީން ބުނެފައިވަނީ، މި މައްސަލައާއި ގުޅިގެން 4 ދައުވާއެއް އުފުލުމަށް އެދިފައިވާނެ ކަމަށެވެ.

1. މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާ

2. ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަޢުވާ

3. ދަޢުލަތުގެ މުވައްޒަފަކަށްވެހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ، ޤާނޫނުގައި ހުއްދަކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދަޢުވާ

4. ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްސަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ

އޭސީސީން ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ހިމެނޭ 7 ރަށަކީ ބ ތިލަދޫ، ށ ހުރަސްފަރު، ށ ނާއިންފަރު، ރ ފަސްމެންދޫ، ކ އެނބޫދޫ ފިނޮޅު، ކ ކޮއްދިއްޕަރުފަޅު (ދިއްދޫ ފިނޮޅު)، އަދި ކ ކޮއްދިއްޕަރުފަޅު (އަމީންގިރި) ކަމަށެވެ. އެގޮތުން ބ ތިލަދޫ ފިޔަވައި އެހެން ރަށްތަކަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކެއް ކަމާއި، ބ ތިލަދޫ ކުއްޔަށް ދޫކޮށްފައިވަނީ އެ ޤާނޫނަށް 8 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު އައުމުގެ ފަހުންކަން ބަޔާން ކޮށްފައިވެއެވެ. ބ ތިލަދޫ ކުއްޔަށް ދޫކޮށްފައިވާއިރު ޕުޓް-އޮޕްޝަން ރައިޓް މާއްދާ ހިމަނާފައި ވީނަމަވެސް، އެ އިސްލާހުގައިވާގޮތުން ސަރުކާރަށް ލިބެނީ ޖޮއިންޓް ވެންޗަރ އެގްރީމަންޓުގައި ހިމެނޭ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ ވިއްކާލުމުގެ އިހުތިޔާރު ކަމަށް އޭސީސީން ބުނެފައިވެއެވެ. އަދި އެއީ އެއްވެސް އަގަކާ ނުލައި، ސަރުކާރުގެ ހިއްސާ ވިއްކާލުމުގެ އިހުތިޔާރެއް ނޫންކަން ބަޔާން ކޮށްފައިވެއެވެ.

އޭސީސީން ބުނެފައިވަނީ، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަހްމަދު މުނައްވަރު ކަމަށެވެ.

އޭގެ އިތުރުން، ބ ތިލަދޫ ފިޔަވައި އެހެން ރަށްތަކަކީ ޓޫރިޒަމާ ބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ބަޔާންކުރާ އިސްތިސްނާ ޙާލަތުގައި ކުއްޔަށް ދޫކޮށްފައިވާ ރަށްތަކެއްކަން އޭސީސީން ބުނެފައިވެއެވެ. އެގޮތުން އާންމުކޮށް އިއުލާނު ކޮށްގެން ރަށްތައް ކުއްޔަށް ދިނުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓް ވެންޗަރ އެގްރީމަންޓުތަކެއްގެ ދަށުން ހަދާ ޖޮއިންޓް ވެންޗަރ ކުންފުނިތަކާއެކު ލީސް އެގްރީމަންޓް ހަދައިގެން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކެއްކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި އެރަށްތަކަށް ލީސް އެކުއިޒިޝަންގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވީނަމަވެސް، ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ޙާލަތަކީ އެ ޙާލަތުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓް ވެންޗަރގެ ދަށުން ޓޫރިސްޓް ރިސޯޓުތައް އޮޕަރޭޓްކުރަން ފެށުމުން ސަރުކާރަށް ލިބޭ ކުލީގެ އިތުރުން، ސަރުކާރުން ކުރާ އިންވެސްޓްމަންޓްގެ ބަދަލު ލިބިލިބި ހުރުމުގެ މުޤާބިލުގައި ދެވޭ އިސްތިސްނާއެއް ކަމަށް ތަޙްޤީޤަށް ޤަބޫލު ކުރެވޭކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، ކ.އެނބޫދޫ ފިނޮޅާއި، ށ.ނާއިންފަރާއި، ށ.ހުރަސްފަރާއި، ރ.ފަސްމެންދޫއާއި، ކ.ކޮއްދިއްޕަރު (ދިއްދޫފިނޮޅު) ފަޅާއި އަދި ކ.ކޮއްދިއްޕަރު (އަމީންގިރި) ފަޅާއި ގުޅިގެން ހަދާފައިވާ ޖޮއިންޓު ވެންޗަރ އެގްރީމެންޓުގައި ކުއްޔަށްދޫކުރާ ރަށުގެ ކޮންސްޓްރަކްޝަން އެންޑް ޑިވޮލޮޕްމަންޓް ފޭސް ފުރިހަމަ ވުމުން ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރު 5% ހިއްސާ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް އެއްވެސް އަގަކާއިނުލާ ބަދަލުކުރޭވޭނެ ގޮތަށް “Put-Option right” ހިމަނާފައިވާކަމަށްވެސް އޭސީސީން ބުނެފައިވެއެވެ. އަދި އެ މާއްދާ ހިމަނާފައިވަނީ ބައެއް އިންވެސްޓަރުންނާ އެއްކޮށް މިނިސްޓްރީ އޮފް ޓޫރިޒަމުން މަޝްވަރާ ކޮށްގެން އެ މާއްދާ ހިމެނުމަށް އެއްބަސްވެގެންކަން ބައެއް ރަށްތަކަށް އިންވެސްޓަރުން ހުށަހަޅާފައިވާ ސިޓީތަކުން އެނގެން އޮތްކަމަށްވެސް އޭސީސީން ބުނެފައިވެއެވެ. އަދި މި އެގްރިމެންޓްތަކުގައ ސަރުކާރުގެ ފަރާތުން ސޮއި ކޮށްފައިވަނީ އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދުކަންވެސް ބަޔާން ކޮށްފައިވެއެވެ.

އޭސީސީން ބުނީ، ޟިރާރުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ބ.ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ވެފައިވާ ލީސްއެގްރީމެންޓާއި، ށ.ހުރަސްފަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ވެފައިވާ ލީސް އެގްރީމެންޓާއި، ށ.ނާއިންފަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ވެފައިވާ ލީސް އެގްރީމެންޓުގައި ސޮއިކޮށްފައިވާތީ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް