Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް ވެކްސިން ދިނުން

އޭޕްރިލްގެ ނިޔަލަށް އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ލިބެން ހުންނާނެ: ޓްރަމްޕް

ސީޑީސީން ބުނެފައިވަނި ވެކްސިން ލިބޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުގެ 2 ނުވަތަ 3 ވަނަ ކުއާޓާގައި ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ސެޕްޓެމްބަރު 2020 | ހޮނިހިރު 10:35
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް؛ ސިއްހީ މާހިރުންގެ ލަފާތަކަށް ގޮންޖަހާ ޓްރަމްޕް އަންނަނީ ވެކްސިންގެ ކަންކަމުގައި އިތުރުފުޅު ހައްދަވަމުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް؛ ސިއްހީ މާހިރުންގެ ލަފާތަކަށް ގޮންޖަހާ ޓްރަމްޕް އަންނަނީ ވެކްސިންގެ ކަންކަމުގައި އިތުރުފުޅު ހައްދަވަމުން

އަންނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ލިބެން ހުންނާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވީ ނަމަވެސް އެމެރިކާގެ ސިއްހީ މާހިރުން މިކަމާ ދެކޮޅު ހަދައެވެ. އަދި ފުރިހަމަ ވެކްސިނެއް ލިބޭނެ ދުވަހެއް ނޭނގުނު ނަމަވެސް ސިއްހީ މާހިރުންގެ އަންދާޒާތަކާ ހިލާފަށް ޓްރަމްޕް ވަނީ އަންނަ އަހަރު ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޓްރަމްޕް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން 100 މިލިއަން ޑޯޒްގެ ވެކްސިން އުފެއްދޭނެ ކަމަށާއި، ކަންކަން ރޭވިފައިވާ ގޮތުން އެއަށްވުރެ އިތުރަށް ވެސް އަހަރު ނިމޭ އިރު ވެކްސިން އުފެއްދިދާނެ ކަމަށެވެ. މީގެ އިތުރުން ކޮންމެ މަހެއްގެ މައްޗަށް މިލިއަނުން ވެކްސިން ޑޯޒް ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުން ޓްރަމްޕް ވަނީ އަންނަ އަހަރުގެ އެޕްރީލް މަސް އަންނަންވާ އިރަށް އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ލިބެން ހުންނާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ މި އަންދާޒާ ތަކަކީ ވެކްސިން އުފައްދަން ހަމަޖެހިފައިވާ ރޭޓަށް ބަލާފައި އަންދާޒާ ކުރެއްވޭ ވަރު ކަމަށެވެ. ވައިޓްހައުސްގެ ކޮރޯނާވައިރަސްގެ އެޑްވައިޒަރު ސްކޮޓް އެޓްލާސް ވިދާޅުވީ ވެކްސިން ދޭން ފަށާއިރު ކެޓަގަރީތަކަށް ބަހާލެވިގެންދާނެ ކަމަށާއި، ލިސްޓުގެ އެންމެ ކުރީގައި ހިމެނޭނީ ހައިރިސްކް މީހުންނާއި މަސައްކަތްތަކުގައި ޝާމިލުވެ އުޅޭ ފަރާތްތައް ކަމަށެވެ. އަދި އޭޕްރިލްގެ ނިޔަލަށް ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، ވެކްސިން ޖެހުމަށް އެއްވެސް މީހަކަށް މަޖުބޫރު ނުކުރާނެ ކަމަށް ވެސް އެޓްލާސް ވިދާޅުވިއެވެ.

މީގެ ކުރިން އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރ ޑރ. ރޮބަރޓް ރެޑްފީލްޑް މި ހަފްތާގެ ކުރީކޮޅު ސެނެޓްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ވެކްސިން ލިބޭނެ ކަމަށް ގަބޫލު ކުރެއްވެނީ އަންނަ އަހަރުގެ ދެވަނަ ނުވަތަ 3 ވަނަ ކުއާޓާގައި ކަމަށެވެ. ނަމަވެސް ރެޑްފީލްޑްވެ މި ވާހަކަތާއި ގުޅިގެން ނޫސްވެރިން ސުވާލު ކުރެއްވުމުން ޓްރަމްޕް ވިދާޅުވީ ރެޑްފީލްޑްއަށް އެހެން ވިދާޅުވެވުނީ އޮޅިގެން ކަމަށެވެ. އަދި ރެޑްފީލްޑުގެ އަންދަޒާތަކަށް ވުރެ އަވަހަށް ވެކްސިން ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގައި މިހާތަނަށް 6.9 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 2 ލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް 4.1 މިލިއަން މީހުން ބަލިން ރަނގަޅުވެފައިވާ އިރު އަދިވެސް 2.5 މިލިއަން މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު