Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު ތިލަދުންމަތި

ބޮޑު ތިލަދުންމަތީގައި ހިންގާ ފަތުރުވެރިކަމުގެ ޕްރޮޖެކްޓްތައް ކުރިއަށް އޮތްތަނުގައި "ފަތުއަޑު" ކިޔާފަ ކުރިއަށް ދާނެ: ޓޫރިޒަމް މިނިސްޓަރ

19 ސެޕްޓެމްބަރު 2020 | ހޮނިހިރު 10:28

ފަތުރުވެރިކަމަށް އަމާޒުކޮށް ބެޑް ކެޕޭސިޓީ އިތުރު ކުރެވޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 ސެޕްޓެމްބަރު 2020 | ހޮނިހިރު 10:28
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް: ކުރިއަށް އޮތްތާނގައި ރައްޔިތުންނަށް އުފާވެރި ޚަބަރުތައް ލިބޭނެ ކަމަށް ވިދާޅުވި

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް: ކުރިއަށް އޮތްތާނގައި ރައްޔިތުންނަށް އުފާވެރި ޚަބަރުތައް ލިބޭނެ ކަމަށް ވިދާޅުވި

ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށްޓަކައި ބޮޑުތިލަދުއްތީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ކުރިއަށް އޮތްތަނުގައި ވަރަށް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑުތިލަދުންމަތީގައި ހިންގުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތަކަކީ، ފެށުމަށްފަހު، އެތައް އަހަރެއްވަންދެން އެއްވެސް މަސައްކަތެއް ނުކޮށް، ހުއްޓިފައިވާ މަޝްރޫތަކެކެވެ. އެގޮތުން ހުއްޓިފައިވާ މަޝްރޫއުތައް ފެށުމަށް ރައީސޫލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ނިންމާފައި ވެއެވެ.

Advertisement - newsAdvertisement

އެ މަޝްރޫއުތަކާ ގުޅިގެން މައުލޫމާތު އޮޅުން ފިލުވާލުމަށް ޓޫރިޒަމް މިނިސްޓަރު މައުސޫމް އަށް ގުޅާލުމުން ވިދާޅުވީ، ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ވަރަށް ގިނަ މަޝްރޫއުތައް ހުއްޓިފައި، ނުވަތަ މަޑު ޖެހިފައިވާ ކަމަށެވެ. އެގޮތުން، ބޮޑު ތިލަދުއްމަތީގެ ބެޑް ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި، ހިންގަން ރާވާފައިވާ މަޝްރޫއުތަކެއް އެބަހުރި ކަމަށެވެ. އަދި އުފާވެރި ޚަބަރުތައް ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ، ރާއްޖޭގެ އުތުރުގައި ދެކުނު ހިމެނޭ ގޮތަށް މުޅިރާއްޖެއަށް ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި މި ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމުގައި، ކޮވިޑް-19 ޕެންޑަމިކް އާ ގުޅިގެން ދަތިތަކެއް އެބަހުރި ކަމަށެވެ.

ނަމަވެސް ކޮވީޑާއެކުވެސް، މަސައްކަތްތަކެއް އެބަ ކުރެވޭ ކަމަށާއި، އެގޮތުން، ހދ. ހަނިމާދޫ އެއަރޕޯޓަކީ މިހާރުވެސް އިންޓަރނޭޝަނަލް އެއަރޕޯޓެއް ނަމަވެސް އެއެއަރޕޯޓު އިތުރަށް ތަރައްގީ ކުރުމާއި ހއ. ހޯރަފުށިގައި ހަދާ އެއަރޕޯޓް ހުޅުވުމާއި ކުޅުދުއްފުށީގައި ހިންގާ އިގްތިޞާދީ ހަރަކާތްތަކާއެކު، މުޅި ބޮޑު ތިލަދުންމައްޗަށް އަމާޒުކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް މަޝްރޫއުތަކެއް ހިންގަވާނެ ކަމަށެވެ. އެގޮތުން، މީގެ 12 ވަރަކަށް އަހަރު ކުރިން، ހއ. އުލިގަމުގައި ތަރައްގީ ކުރުމަށް ނިންމާ 100 އެނދުގެ ސިޓީ ހޮޓާ އެޅުމުގެ މަސައްކަތް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން، ބޮޑު ތިލަދުއްމައްޗަށް އަންނަ ކްރޫޒްލައިނަރ ތަކާއި، ޔޮޓް، ސަފާރީ ފަދަ އުޅަނދުތަކަށް ބޭނުންވާ ހިދްމަތް އިތުރަށް ތަރައްގީ ކުރުމަށް ވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން، ފަތުރުވެރި ކަމަށް އައި ހީނަރުކަމާއެކު އިގްތިޞާދު ރިކަވަރ ކުރުމާއި އިންވެސްޓަރުންގެ އިތުބާރު ދެމެހެއްްޓުމަށްޓައި ވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް