Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ

ޖަނަރޭޓަރު ސެޓްތައް ގެންދިޔަ ކޮޅުވެއްޓިއެއް ފަރަށް އަރައިފި، އެމްޓީސީސީއާއި ގުޅިގެން މުދާ ބޭލުމުގެ މަސައްކަތް ކުރަނީ

18 ސެޕްޓެމްބަރު 2020 | ހުކުރު 11:32

މުދާ ބޭލުމުގެ މަސައްކަތް ދަނީ އެމްޓީސީސީ އާއި ގުޅިގެން ކުރަމުން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 18 ސެޕްޓެމްބަރު 2020 | ހުކުރު 11:32
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު

ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް، އެ ރަށްރަށަށް ގެންދާ ޖަނަރޭޓަރު ސެޓްތައް ހިފައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ފަރަށް އަރައިގެން އުޅޭކަމުގެ ވާހަކައަކީ ތެދެއްކަމަށާއި އެމްޓީސީސީއާއި ގުޅިގެން މުދާ ބޭލުމުގެ މަސައްކަތް ފަށާފައިވާކަމަށް ފެނެކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ އެތައް މިލިއަން ރުފިޔާގެ ޖަނަނޭޓަރ، ކޭބަލް، ޕެނަލް ބޯޑްތައް ހިފައިގެން ހއ އަށް ދަތުރުކުރަނިކޮށް، ހެވީލޯޑް ކޮޅުވެއްޓި ށ. ނިލަންދޫ އިރުމަތީ ފަރަށް އަރާފާއި އޮންނަތާ 5 ދުވަސްވެފައިވާ ވާހަކަަ އާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ އެ ހަބަރަކީ ތެދު ހަބަރެއްކަމަށެވެ. އެގޮތުން، ޖެންސެޓްތައް ގެންދިއުމުގައި ފެނަކައިން ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏަކާއިކަން ފާހަގަކޮށް ސައީދު ވިދާޅުވީ ކޮޅުވެއްޓި ފަރަށް އެރުމާއިއެކު އެ ފަރާތްތަކުން ކޮޅުވެއްޓި ފުންކުރުމުގެ މަސައްކަތް ފެށިކަމަށެވެ. ނަމަވެސް 3 ދުވަސްވީއިރުވެސް އެކަށީގެންވާ ހައްލެއް ނުލިބުމުގެ ސަބަބުން ފެނަކައާއި އެމްޓީސީސީ ގުޅިގެން މުދާ ބޭލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސައީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ސައީދު ވިދާޅުވީ، ކޮޅުވެއްޓީގައި ހއ. އަތޮޅުގެ އިހަވަންދޫ، ދިއްދޫ އަދި ފިއްލަދޫއަށް ގެންދާ 3 ޖަނަރޭޓަރު އެބަހުރިކަމަށާއި ބާރަށަށް ގެންދާ ކޭބަލްތަކެއްވެސް އެބަހުރި ކަމަށެވެ. ނަމަވެސް އެތަކެތި ކޮޅުވެއްޓިއަށް އެރުވީވެސް ވަރަށް ރައްކާތެރިކަމާއިއެކު ސަތަރި އެޅުމަށްފަހުކަން ފާހަގަކޮށް ސައީދު ވިދާޅުވީ ޖެނެރޭޓަރ ސެޓްތަކަށް ގެއްލުމެއް ނުވާކަމަށެވެ.

ޖަނަރޭޓަރު ސެޓްތައް ގެންދިއުމަށް ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، އެކަމުގައި ފެނަކައިގެ މާބޮޑު ރޯލެއް ނޯވެއެވެ. ސައީދު ވިދާޅުވީ މިހާރުވެސް ޖަނަރޭޓަރު ސެޓްތައް ގެންދިއުމަށް ހަވާލުކުރި ކުންފުނީގެ ދެ ދޯނި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި ވިދާޅުވީ އެ ކުންފުންޏަށް އެކަން ނުވެގެން ފެނަކައިގެ އެހީތެރިކަމަށް އެދިފައިވާކަމަށެވެ.

މިހާރު ކުރިޔަށް ވުރެން ބޮޑަށް އެ ކޮޅުވެއްޓި އަޑިއަށް ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
15 ފެބުރުއަރީ 2017

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
13 ފެބުރުއަރީ 2017

ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި

13 ފެބުރުއަރީ 2017
ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި
02 ފެބުރުއަރީ 2017

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް