Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ ދުނިޔެ

ވެރިކަމުގެ ބާރުތައް ގަދަކުރުމަށް ސަރުކާރުން ފާސް ކުރި ގާނޫނެއް ނޯންނާނެ: އަލީ ނިޒާރު

ކުރީގެ ރައީސް ޔާމީން ވަނީ ވެރިކަމުގެ ބާރުތައް ހޯއްދެވުމަށް ގާނޫނޫތައް ފާސްކޮށްފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2020 | ހުކުރު 04:16
ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު

ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު

ސަރުކާރުގެ ސުޕަ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތް ނަމަވެސް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ބާރުތައް ގަދަކުރުމަށްޓަކައި ހެއްދެވި އެއްވެސް ގާނޫނެއް ނޯންނާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ބާރުތައް ހޯއްދެވުމަށް މަޖިލީހުގެ ތެރެއިން ވަނީ އެ ވަގުތަކަށް ބޭނުންވި ބަދަލެއް ގެންނަވައިގެން ތަފާތު އެކި ގާނޫނޫތައް ފާސް ކޮށްފައެވެ. އަދި އެކަމާ ދެކޮޅަށް ބަސް ބުނާ ސިޔާސީ އިދިކޮޅު ފަރާތްތަކަށް ދިޔައީ ނުހައްގުން އަދަބު ދެމުންނެވެ.

ރާއްޖެޓީވީގެ "ސިޔާސީ ދުނިޔެ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީ ނިޒާރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށްޓަކައި ހެދިފައި ހުރި ގާނޫނޫތައް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި މުގުރަމުން، ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީއަށް ހިތު ހުރި ގޮތެއް ހެއްދެވީ ވެސް ކުރީގެ ރައީސް ޔާމީން ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތައް ނުހައްގުން ޖަލަށް ލެއްވީ ވެސް އެ އުސޫލުގެ ތެރެއިން ވެރިކަމުގެ ބާރުތައް ހޯއްދެވުމަށް ކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވާ ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވާ އަލީ ނިޒާރު އިތުރަށް ވިދާޅުވީ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހުގެ ވެރިކަމަށް އަދި އެންމެ ދެ އަހަރު ވެސް ހަމަނުވާ ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ މި ސަރުކާރު ބަގާވާތަކުން ވައްޓާލަން ކަމަށެވެ. ނަމަވެސް މިފަހަރު އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް އެ ނިޔަތުގައި ކައިރިވެސް ނުވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އަލީ ނިޒާރު ވިދާޅުވީ، މިހާރުގެ ސަރުކާރުން ކޮވިޑްގެ މި ޕެންޑަމިކް ތެރޭގައި މަސައްކަތް ކުރައްވަނީ ވަރަށް ހިކުމަތްތެރިކަމާއެކު ހުރިހާ ރައްޔިތުންނަށް ވެސް އެންމެ ފުރިހަމަ އަށް ހިދުމަތްތައް ފޯރުކޮށްދެއްވުމަށް ކަމަށެވެ. އަދި މި ހާލަތުގައި އެއްވެސް ޕްރޮޖެކްޓެއް ނުހިނގާ އެއްވެސް ސަރަޙައްދެއް ރާއްޖޭގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ނިޒާރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިންޑިއާ ސަރުކާރާ ޖައްސާލައިގެން އުޅުނަސް ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ދުނިޔޭގެ ހުރިހާ ގައުމުތަކަކާ ވެސް ގުޅުން ބަދަހިކޮށް ވެރިކަން ހިންގުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު