Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދުނިޔޭގެ ސިއްޙަތު ޖަމިއްޔާ

"ކޮވިޑަކީ ސިޔާސީ ފުޓުބޯޅައަކަށް ނުހައްދަވާ"

ކޮވިޑަކީ އޭގެ އެންމެ ފުރިހަމަ މައުލޫމާތު ސައިންސްވެރިންވެސް އަދިވެސް ދެނެގަންނަމުންދާ ވައިރަސްއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 14:10
ޑަބްލިއުއެޗްއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން- އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އަންނަ އޮކްޓޯބަރ މަހު ވެކްސިން ލިބޭނެ ކަމަށް ވިދާޅުވެފައި

ޑަބްލިއުއެޗްއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން- އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އަންނަ އޮކްޓޯބަރ މަހު ވެކްސިން ލިބޭނެ ކަމަށް ވިދާޅުވެފައި

މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމަކީ "ސިޔާސީ ފުޓުބޯޅަ" އަކަށް ނުހެދުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ކޮވިޑަށް ވެކްސިނެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އެ ޤައުމުގެ ސިއްޙީ އޮފިޝަލުންނާ ޙިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު، އެކަމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯގެ އިމަރޖެންސީ އެކްސްޕާރޓް މައިކް ރަޔަން ވަނީ ބޭރުގެ ނޫސްތަކަށް މައުލޫމާތު ދެއްވާފައެވެ.

އެގޮތުން އެކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރަޔަން ވިދާޅުވީ، މިކަމުގައި ސަރުކާރުތަކާއި، ސައިންސް އެއް މަގަކުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ކޮވިޑަކީ އޭގެ އެންމެ ފުރިހަމަ މައުލޫމާތު ސައިންސްވެރިން ވެސް އަދިވެސް ދެނެގަންނަމުންދާ ވައިރަސް އަކަށްވާއިރު، ރައްޔިތުންނަށް ވެސް އެންމެ ފުރިހަމަ ސައްޙަ މައުލޫމާތުތައް ދޭން ޖެހޭނެ ކަމަށް ރަޔަން ވިދާޅުވިއެވެ.

ރަޔަން ވަނީ ކޮވިޑުގެ މި ޙާލަތަކީ ސިޔާސީ ފުޓުބޯޅައަކަށް ނުހެއްދެވުމަށް ޤައުމުތަކަށް އިލްތިމާސް ކުރައްވާފައެވެ.

ރަޔަން އެހެން ވިދާޅުވެފައިވާއިރު، އެމެރިކާގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް (ސީޑީސީން) ބުނަމުންދަނީ އެމެރިކާ އިން އެންމެ އަވަހަށް ވެސް ކޮވިޑް-19 އަށް އެކަށީގެންވާ ވެކްސިނެއް ލިބޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. އެހެން ނަމަވެސް، ޓްރަމްޕް ވަނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ވެކްސިން ބަހަން ފައްޓަވާނެ ކަަމަށާއި، ސީޑީސީގެ އޮފިޝަލަށް އެހެން ވިދާޅުވެވުނީ "އޮޅުމަކުން" ކަމަށް ބެލެވޭ ކަމަށް ވިދާޅުވެ، ރިޔާސީ އިންތިޚާބުގެ ކުރިން ވެކްސިނެއް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2018

މުއްސަނދި ކަމަކަށް އެދިގެން އަންނަ ދާއިރާއަކަށް ސިޔާސީ ދާއިރާ ނަހައްދަވާ: ރަނިލް

20 މާރިޗު 2018
މުއްސަނދި ކަމަކަށް އެދިގެން އަންނަ ދާއިރާއަކަށް ސިޔާސީ ދާއިރާ ނަހައްދަވާ: ރަނިލް
27 ޖެނުއަރީ 2018

ސަޢޫދީއިން ޙައްޖުގެ މަތިވެރި އަޅުކަން ސިޔާސީ ކޮށްފި: އިންޑޮނީޝިއާގެ ޒުވާނުން

27 ޖެނުއަރީ 2018
ސަޢޫދީއިން ޙައްޖުގެ މަތިވެރި އަޅުކަން ސިޔާސީ ކޮށްފި: އިންޑޮނީޝިއާގެ ޒުވާނުން
03 ޖެނުއަރީ 2018

އިތިއޯޕިއާގެ ސިޔާސީ ކުށްވެރިންނަށް މައާފްދީ އެ ކުށްވެރިން ތިބި ޖަލު ބަންދުކުރަނީ

03 ޖެނުއަރީ 2018
އިތިއޯޕިއާގެ ސިޔާސީ ކުށްވެރިންނަށް މައާފްދީ އެ ކުށްވެރިން ތިބި ޖަލު ބަންދުކުރަނީ
13 ޑިސެމްބަރު 2017

ހޫސީންގެ ސިޔާސީ ލީޑަރު، ކުރީގެ ރައީސް ސާލިހްގެ ޕާޓީއާ ބައްދަލުކޮށްފި

13 ޑިސެމްބަރު 2017
 ހޫސީންގެ ސިޔާސީ ލީޑަރު، ކުރީގެ ރައީސް ސާލިހްގެ ޕާޓީއާ ބައްދަލުކޮށްފި
16 ނޮވެމްބަރު 2017

ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!

16 ނޮވެމްބަރު 2017
ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު