Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަލްފުގެ މައްސަލަތައް

ސަޢޫދީއިން ޙައްޖުގެ މަތިވެރި އަޅުކަން ސިޔާސީ ކޮށްފި: އިންޑޮނީޝިއާގެ ޒުވާނުން

27 ޖެނުއަރީ 2018 | ހޮނިހިރު 05:31

ފާޑުކިޔަން ބޭއްވި ބައްދަލުވުމަށްވެސް ސަޢޫދީއިން ހުރަސްއެޅިކަމަށް ތުހުމަތުކުރި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 27 ޖެނުއަރީ 2018 | ހޮނިހިރު 05:31
ގެފުޅުގެ އަރިހުގައި ބަޔަކު އަޅުކަންކުރަނީ

ގެފުޅުގެ އަރިހުގައި ބަޔަކު އަޅުކަންކުރަނީ

ސަޢޫދީ ޢަރަބިއްޔާއިން ޙައްޖުގެ މަތިވެރި އަޅުކަން ސިޔާސީ ކޮށްފައިވާކަމަށް ދުނިޔޭގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނީޝިއާގެ ޒުވާނުން ބުނެފިއެވެ.

އިންޑޮނީޝިއާއިން މިހެން ބުނެފައިވަނީ އެޤައުމުގެ މުސްލިމް ސްޓޫޑަންޓް އެސޯސިއޭޝަންގެ ބައްދަލުވުމެއްގައެވެ. މުސްލިމް ސްޓޫޑަންޓް އެސޯސިއޭޝަންގެ ރައީސް ޒިޔާދު އަބްދުލް މާލިކް ބުނީ ސަޢޫދީއިން ހައްޖުގެ އަޅުކަން ސިޔާސީކޮށް، ދެޙަރަމްފުޅު ސަޢޫދީގައި ހުންނާތީ އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމަށެވެ. އަދި ސަޢޫދީގެ ސިޔާސަތު ގަލްފުގެ ޤައުމުތަކާއި މުސްލިމް ޤައުމުތަކަށް ފަތުރަން ޙައްޖުގެ އަޅުކަން، ސަޢޫދީއިން ސިޔާސީ ހަތިޔާރަކަށް ހަދާފައިވާކަމަށް އޭނާ ތުހުމަތުކުރިއެވެ.

އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި މުސްލިމް ސްޓޫޑަންޓް އެސޯސިއޭޝަނުން ބޭއްވި މި ބައްދަލުވުމުގެ މައުޟޫއަކީ؛ "އިސްލާމުންގެ މުޤައްދަސް ތަންތަން މުޅި އުއްމަތަށް،" މިއެވެ.

މާލިކް ވަނީ އެ ބައްދަލުވުމަށްވެސް ސަޢޫދީއިން ނުފޫޒު ފޯރުވާފައިވާކަމަށް ތުހުމަތުކޮށްފައެވެ. މި ކޮންފަރެންސް އެންމެ ފުރަތަމަ ބާއްވަން ނިންމީ ޖަކާޓާގައި ހުންނަ ސްޓޭޓް އިސްލާމިކް ޔުނިވަރސިޓީގައެވެ. އެހެންނަމަވެސް އިންޑޮނީޝީއާގައި ހުންނަ ސަޢޫދީ އެމްބަސީގެ އެދުމުގެ މަތިން އެތަނުގައި ބައްދަލުވުން ބޭއްވުމަށް ހުއްދަ ދީފައެއް ނުވެއެވެ.

"އަހަރެމެންނަކީ ދަރިވަރުން. ދަރިވަރުން ކަންކަން މަޝްވަރާކުރާނެ. އެކަން ސަޢޫދީއަށް މައްސަލައަކަށްވާންވީ ކީއްވެ؟،" މާލިކް ބުންޏެވެ.

މި ބައްދަލުވުމުގައި ވާހަކަ ދެއްކި ގިނަ ބަޔަކު ވަނީ ސަޢޫދީއިން ޔަމަން، އީރާން، ސޫރިޔާ އަދި ޤަތަރުގެ މައްސަލައިގައި އުފެދިފައިވާ ސިޔާސީ މައްސަލަތަކުގެ ތެރެއަށް ޙައްޖުގެ އަޅުކަން ވައްދައި، އެޤައުމުތަކުގެ ރައްޔިތުންގެ މައްޗަށް ހައްޖާއި ގުޅޭ ވަކި ޤަވާޢިދުތަކެއް ހިންގާކަމަށް ތުހުމަތުކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދެއްކި އެހެން ބައެއް ފަރާތްތަކުން ވަނީ ސަޢޫދީއިން ދެ ޙަރަމްގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުގެ ބޭރުން ކަންކަންކުރާކަމަށްވެސް ތުހުމަތުކޮށްފައެވެ. އަދި ޙައްޖަށް ނުދެވޭނެ މީހުން ސަޢޫދީއަށް ކަނޑަނޭޅޭ ކަމަށާއި، އެކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ގޮތްތަކެއް މުސްލިމުންނަށް އަންގަވާފައިވާ ކަމަށެވެ.

ދާޚިލީ ހަނގުރާމަތައް ހިނގަމުންދާ ޔަމަނާއި ސޫރިޔާއިން ޙައްޖަށް އަންނަ މީހުންނަށް ވިސާ ދެވެނީ ހަމައެކަނި ސަޢޫދީއިން މަދަދުވެރިވާ ޖަމާޢަތްތަކަށެވެ. އެހެންކަމުން އެޖަމާޢަތްތަކާއި ވާދަވެރި ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެޖަމާޢަތްތަކާއި ގުޅުން ނެތް ބަޔަކަށް ވިސާ ނުދީ ހިފަހައްޓަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑޮނީޝިއާގެ ދަރިވަރުންގެ ޖަމާޢަތްތަކުން ސަޢޫދީއަށް ފާޑުކިޔަމުންދާއިރު، އިންޑިއާގެ މިފަދަ ޖަމާޢަތްތަކުންވެސް ސަޢޫދީއަށް އަންނަނީ ފާޑުކިޔަމުންނެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2018

އަޅުކަންކުރާ ތަންތަން ކެމްޕޭނުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނަން: އިލެކްޝަންސް ކޮމިޝަން

07 ޖެނުއަރީ 2018
އަޅުކަންކުރާ ތަންތަން ކެމްޕޭނުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނަން: އިލެކްޝަންސް ކޮމިޝަން
03 ޖެނުއަރީ 2018

އިތިއޯޕިއާގެ ސިޔާސީ ކުށްވެރިންނަށް މައާފްދީ އެ ކުށްވެރިން ތިބި ޖަލު ބަންދުކުރަނީ

03 ޖެނުއަރީ 2018
އިތިއޯޕިއާގެ ސިޔާސީ ކުށްވެރިންނަށް މައާފްދީ އެ ކުށްވެރިން ތިބި ޖަލު ބަންދުކުރަނީ
13 ޑިސެމްބަރު 2017

ހޫސީންގެ ސިޔާސީ ލީޑަރު، ކުރީގެ ރައީސް ސާލިހްގެ ޕާޓީއާ ބައްދަލުކޮށްފި

13 ޑިސެމްބަރު 2017
 ހޫސީންގެ ސިޔާސީ ލީޑަރު، ކުރީގެ ރައީސް ސާލިހްގެ ޕާޓީއާ ބައްދަލުކޮށްފި
20 ނޮވެމްބަރު 2017

ބަހްރައިނާއި ސަޢޫދީއިން ފާރިސީންނަށް ފާޑުކިޔައިފި

20 ނޮވެމްބަރު 2017
ބަހްރައިނާއި ސަޢޫދީއިން ފާރިސީންނަށް ފާޑުކިޔައިފި
16 ނޮވެމްބަރު 2017

ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!

16 ނޮވެމްބަރު 2017
ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!
26 އޮކްޓޯބަރު 2017

އެމިނެމްގެ ލަވައެއް ބޭނުންކޮށްގެން ނިއުޒިލެންޑްގެ ސިޔާސީޕާޓީއަކުން ބައިމިލިއަނެއްހާ ޑޮލަރު ދޭންޖެހިއްޖެ

26 އޮކްޓޯބަރު 2017
އެމިނެމްގެ ލަވައެއް ބޭނުންކޮށްގެން ނިއުޒިލެންޑްގެ ސިޔާސީޕާޓީއަކުން ބައިމިލިއަނެއްހާ ޑޮލަރު ދޭންޖެހިއްޖެ
23 އޮކްޓޯބަރު 2017

ކެންޔާގެ ސިޔާސީ ލީޑަރުންނާއި ފުލުހުން ސުލްހަ އިސްކުރުމަށް އދ. އާއި އެފްރިކަން ޔޫނިއަން އިން ގޮވާލައިފި

23 އޮކްޓޯބަރު 2017
ކެންޔާގެ ސިޔާސީ ލީޑަރުންނާއި ފުލުހުން ސުލްހަ އިސްކުރުމަށް އދ. އާއި އެފްރިކަން ޔޫނިއަން އިން ގޮވާލައިފި
07 އޯގަސްޓު 2017

ސައުދީއަށް ދޭ ހަމަލާތަކާއި، ޙައްޖު ސިޔާސީކުރަން ޤަތަރުން ކުރާ މަސައްކަތް ކުށްވެރިކުރަން: ބަޚްރެއިން

07 އޯގަސްޓު 2017
ސައުދީއަށް ދޭ ހަމަލާތަކާއި، ޙައްޖު ސިޔާސީކުރަން ޤަތަރުން ކުރާ މަސައްކަތް ކުށްވެރިކުރަން: ބަޚްރެއިން
06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް