Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ސިނޯވެކުން އުފައްދަމުންދާ ވެކްސިން

ޗައިނާގެ ސިނޯވެކް ވެކްސިން ކުޑަކުދިންނަށް ޓެސްޓް ކުރަން ފަށަނީ

ޓެސްޓްކުރުމުގެ މަރުހަލާ އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 10:47
ކޮވިޑް-19 އަށް އުފެއްދުމަށް މަސައްކަތްކުރާ ވެކްސިނެއް

ކޮވިޑް-19 އަށް އުފެއްދުމަށް މަސައްކަތްކުރާ ވެކްސިނެއް

ޗައިނާގެ ސެނޯވެކް ބައޮޓެކުން ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ ކްލިނިކަލް ޓްރެއަލްގައި ކުޑަކުދިންނާއި ޓީނޭޖު ކުދިން މިމަހުގެ ފަހުކޮޅު ބޭނުންކުރަން ފަށާނެކަމަށް އެކުންފުނިން ބުނެފި އެވެ.

ވެކްސިންގެ ފައިނަލް ސްޓޭޖްގައި މިހާރު އުޅެމުންދާއިރު ޓެސްޓްކުރުމުގެ މަރުހަލާ އިތުރަށް ފުޅާ ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.

އެކުންފުނިން މައުލޫމާތުދޭ ގޮތުގައި މިޓްރެއަލްތަކުގައި އުމުރުން 3 އަހަރާއި 17 އަހަރާ ދެމެދުގެ 552 ކުދިން ބައިވެރިވާނެ އެވެ. ކޮންމެ ކުއްޖަކަށް ފޭސް 1 އަދި ފޭސް 2 ގެ ޓްރެއަލްތައް ކުރިއަށްގެންދާއިރު ވެކްސިންގެ ދެ ޑޯޒް ދީގެން މިމަހުގެ 28 ވަނަ ދުވަހު ޓްރެއަލްތައް ފަށާނެކަމަށް އެކުންފުނިން ބުނެއެވެ.

ސެނޯވެކްގެ ސްޕޯކްސްޕަރސަން ބުނެފައިވަނީ ޓްރެއަލް ކުރިއަށް ގެންދިޔުމުގެ ހުއްދަ ޗައިނާގެ ރެގިއުލޭޓަރ ދީފައިވާ ކަމަށެވެ.

މިހާތަނަށް އައިއިރު ކޮވިޑް-19 ޖެހޭ ކުޑަކުދިންގެ އަދަދު ބޮޑެތި މީހުންނަށްވުރެ ނިސްބަތުން މަދުވެފައި ބަލިޖެހޭލެއް ކުޑަނަމަވެސް ބައެއް ހިސާބުތަކުގައި ކުޑަކުދިންނަށް އައިސީޔޫގައިވެސް ވަނީ ފަރުވާދީފައެވެ.

ސިނޯވެކް ބައޮޓެކުން ކޮވިޑް-19 އަށް އުފައްދާ ވެކްސިން ދީގެން މިހާރު ޓެސްޓްތައް ކުރަމުންދާއިރު އެވެކްސިނަކީ އުމުރުން ދުވަސްވީ މީހުން ބޭނުންކުރަން ރައްކާތެރި ވެކްސިނެއް ކަމަށް ޕްރިލިމިނަރީ ނަތީޖާއިން ވަނީ ދައްކާފަ އެވެ.

ޓްރެއަލްގެ މެދުތެރޭގައި އަދި އުޅޭއިރު ނަތީޖާއިން ދައްކާ ގޮތުގައި ޒުވާނުންނަށްވުރެ އުމުރުން ދުވަސްވީ މީހުންގެ ދިފާއީ ނިޒާމު ވައިރަސް އާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ކުޑަކޮށް ދަށެވެ. ސިނޯވެކުން ކުރިޔަށް ގެންދާ ފޭސް 1 އަދި ފޭސް 2 ގެ ޓްރެއަލްތަކުގައި އަދި މިހާތަނަށް އެއްވެސް މީހެއްގެ ފުށުން ސައިޑް އިފެކްޓްސް ނުފެންނަކަމަށް ނަތީޖާއިން ދައްކަ އެވެ.

މީގެއިތުރުން ޗައިނާއިން ޖުލައި މަހުން ފެށިގެން ހައިރިސްކު މީހުންނަށް ވެކްސިން ދެމުން އަންނަކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ ސްޓޭޓް މީޑިޔާއިން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
29 އެޕްރީލު 2017

އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި

29 އެޕްރީލު 2017
އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި
07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު