Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ޝިފާނަށް ހަމަލާދީ މަރާލި މައްސަލަ

އަލީ ޝިފާންގެ މަރުގެ މައްސަލަ: ޝައިފަންގެ މައްޗަށް އިއްވި މަރު ހުކުމުގެ ފަހު މަރުހަލާގެ އަޑުއެހުންތައް ނިންމާލައިފި

17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 08:59

ފަނޑިޔާރުން އިތުރުކަމެއް ސާފުކުރަން ނެތްނަމަ، ދެން އޮންނާނީ މިމައްސަލާގައި ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް. ނަމަވެސް އެޝަރީއަތް ބޭއްވޭނެ ވަކި ތާރީހެއް އިއުލާން ކުރައްވާފައެއް ނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 08:59
އަލީ ޝިފާންގެ މަރުގެ މައްސަލައިގައި މެރުމަށް ހުކުމްކޮށްފައިވާ ޝައިފަން

އަލީ ޝިފާންގެ މަރުގެ މައްސަލައިގައި މެރުމަށް ހުކުމްކޮށްފައިވާ ޝައިފަން

މ. ފެއަރީކޯނަރ އަލީ ޝިފާން (ތޮޅި ޕެލޭ) މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވާ މާލެ ދަފްތަރު 2193 މުހައްމަދު ޝައިފަންގެ މައްސަލައިގެ ފަހު މަރުހަލާގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

މި މައްސަލައަކީ، ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެން، ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ މި މައްސަލާގައި ދައުލަތުން އިސްތިއުނާފްކުރި މީހުންގެ ތެރެއިން ޝައިފަންގެ މައްޗަށް ކްރިމިނަލް ކޯޓުންކުރި ހުކުމް ބާތިލްކޮށް، ޝައިފަންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކޮށްފައެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް މި މައްސަލައަކީ ޝައިފަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިލްތިމާސްގެ މައްސަލަ އެކެވެ. މި މައްސަލަ ޝައިފަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހަށަހަޅާފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

Advertisement - newsAdvertisement

ޝައިފަންގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލުން ވަނީ، މިމައްސަލައަކީ އެއްވެސް ޝައްކެއް، ޝުބުހައެއް ނެތް މިންވަރަށް ޝަރީއަތަކަށް ސާބިތުވާންޖެހޭ ކަމަށެވެ. ނަމަވެސް ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަހުގައި ވަރަށް ބޮޑެތި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އަދި އޭގެ ތެރޭގައި ފާސިގު ހެކިވެރިއެއް ހުރިކަމަށްވެސް ޝައިފަންގެ ވަކީލުން ވިދާޅުވިއެވެ. މީގެ އިތުރުން ޑީއެންއޭ ރިޕޯޓަކީ މިފަދަ މައްސަލަތައް ސާބިތު ކުރުމަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫންކަމަށް ވެސް ދިފާއީ ވަކީލުން ވިދާޅުވިއެވެ.

ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވީ، ޝައިފަންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ސިއްރު ހެކި، ނ، ރ، އަދ ބ ގެ ހެކިބަހުން، އަލީ ޝިފާނަށް ތޫނު އެއްޗަކުން ހަމަލާދިނުމުގައި ޝައިފަން ބައިވެރިވެފައިވާކަން އެނގޭއިރު، އަދި އެތިން ހެކިވެރިންގެ ހެކިބަހަށް ފޮރެންސިކް ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހެޅި ޑީއެންއޭ ރިޕޯޓުން އިތުރަށް ކަށަވަރުވެފައިވަތީ، އަދި އަލީ ޝިފާން މަރުވި ސަބަބަކީ އޭނާއަށް ލިބުނު އަނިޔާތުގައި ގިނަ އަދަދެއްގެ ލޭ އޭނާގެ ހަށިގަނޑުން ބޭރުވުމުގެ ސަބަބުން ކަމަށް އޭނޭ މެޑިކަލް ރިޕޯޓުން އެނގެން އޮތް ކަމަށެވެ. އެހެންކަމުން މިއަމަލާއި އަލީ ޝިފާން މަރުވި ސަބަބާ ގުޅިފައިވާތީ އަލީ ޝިފާން މަރާލުމުގައި ޝައިފަން ބައިވެރި ވެފައިވާކަމާމެދު އެއްވެސް ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން، ހައިކޯޓުން ޝައިފަންގެ މައްޗަށް ކުރި، ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އުގޫބާތެއްގެ ގޮތުން ޝައިފަން މެރުމަށް ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުގެ މަތިން ހައިކޯޓުން ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅުއްވާ ދެއްވުމަށް ސުޕްރީމް ކޯޓުގައި ދައުލަތުން ވަނީ އެދިފައެވެ.

ޝައިފަންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނިކޮށް ހައި ކޯޓުން އެ މައްސަލަ ބެލުމަށް ފަހު އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މަރަން ހުކުމް ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުއެވެ.

ޝައިފަން މެރުމަށް ހައިކޯޓުން އިއްވި ހުކުމަކީ ހައިކޯޓުގެ ތާރީހުގައި ވެސް މީހަކު މަރަން އިއްވި ފުރަތަމަ ހުކުމެވެ. އޭގެ ކުރިން ކްރިމިނަލް ކޯޓުން އިއްވާ މަރުގެ ހުކުމްތަކަށް ހައިކޯޓުން ތާއީދު ކުރަމުން ގޮސްފައިވީ ނަމަވެސް، ދަށު ކޯޓުން ކުށް ސާބިތުނުވެގެން ދޫކޮށްލި މީހަކު މެރުމަށް ހުކުމް ކޮށްފައި ނުވެއެވެ.

ބުރާސްފަތި ދުވަހުގެ ސުޕްރީމް ކޯޓުގެ އަޑުހުމުގައި ދެފަރާތަށް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވިއިރު، ފަނޑިޔާރުން ގިނަ ސުވާލުތަކެއް ދައުލަތާއި އަދި ޝައިފަންގެ ގަނޫނީ ވަކީލުންނާވެސް ކުރިމަތި ކުރުވާފައި ވެއެވެ.

ޝައިފަންގެ މަރުގެ މި މައްސަލައަކީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެއް ކަމަށްވާތީ، މި މައްސަލަ ބައްލަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ.

އަލީ ޝިފާން މަރުވެފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ހަވީރު 4:40 ހާއިރު ވެސްޓުޕާކް ރެސްޓޯރަންޓު ކުރިމަތީގައި ހުއްޓައި ހަތަރު ސައިކަލެއްގައި ދިޔަ ބަޔަކު އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމާ ގުޅިގެންނެވެ. ޝިފާން މަރާލި މައްސަލާގައި ދައުލަތުން 6 މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އެއީ، މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ އިތުރުން، ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފް އާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއްރަހްމާންގެ އިތުރުން މ. ނަލަހިޔާ މަންޒިން އަލީ ނަބީހުއެވެ.

ކްރިމިނަލް ކޯޓުން އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމުމުން، ލިބިފައިވާ ހެއްކާ ގަރީނާތަކަށް ބެލުމަށްފަހު، ދައުލަތުން ވަނީ ތިން މީހެއްގެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ.

ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްޗަށެވެ. ޝިފާން މަރާލުުގެ ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ނިންމާފައިވަނީ ހަމައެކަނި ޝައިފަންގެ މައްޗަށެވެ.

ފަނޑިޔާރުން އިތުރުކަމެއް ސާފުކުރަން ނެތްނަމަ، ދެން އޮންނާނީ މިމައްސަލާގައި ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތެވެ. ނަމަވެސް އެ ޝަރީއަތް ބޭއްވޭނެ ވަކި ތާރީހެއް އިއުލާން ކުރައްވާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް