Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ވެކްސިން

ރަޝިޔާގެ ކޮވިޑް-19 ވެކްސިންގެ 100 މިލިއަން ޑޯޒް އިންޑިޔާއަށް

16 ސެޕްޓެމްބަރު 2020 | ބުދަ 19:58

މިވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ސެޕްޓެމްބަރު 2020 | ބުދަ 19:58
ވެކްސިން އުފެއްދުމަށް މަސައްކަތްކުރަނީ

ވެކްސިން އުފެއްދުމަށް މަސައްކަތްކުރަނީ

ކޮވިޑް-19 އަށް ރަޝިޔާއިން އުފެއްދި ވެކްސިން "ސްޕޮޓްނިކް ވީ"ގެ 100 މިލިއަން ޑޯޒް އިންޑިޔާގެ ޑރ ރެޑީ ލެބޯރޓްރީއަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރަޝިޔާގެ ސޮވެރިން ވެލްތު ފަންޑުން ބުނެފި އެވެ.

ސްޕޮޓްނިކް ވީ ވެކްސިން ގެ 100 މިލިއަން ޑޯޒް އިންޑިޔާއަށް ދިނުމަށް ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑް(އާރުޑީއައިއެފް) އާއެކު އެއްބަސްވުމަކާ ހަމައަށް މިއައީ މިވެކްސިންގެ 300 މިލިއަން ޑޯޒް އިންޑިޔާއިން އުފައްދާ ގޮތަށެވެ.

މިއާއެކު ރަޝިޔާގެ މި ވެކްސިންގެ 200 މިލިއަން ޑޯޒް އެހެން ގައުމުތަކަށް ދިނުމަށް ރަޝިޔާއިން މިވަނީ އެއްބަސްވެފައެވެ. މީގެން 100 މިލިއަން ޑޯޒް ލެޓިން އެމެރިކާ އަށް ދިނުމަށް ހަމަޖެހިފައިވާއިރު އަނެއް 100 މިލިއަން ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ އިންޑިޔާއަށެވެ. އާރުޑީއައިއެފް އިން މީގެ ކުރިން ބުނެފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުން 1 ބިލިއަން ޑޯޒް ބޭނުންވެގެން މިހާތަނަށް އައިއިރު އެގައުމުގައި އެދިފައިވާ ކަމަށެވެ.

އިންޑިޔާގެ 1.3 ބިލިއަން މީހުންގެ އާބާދީއަށް މިވެކްސިންގެ ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު އެވެ. އަދި މިއީ މިވެކްސިން އިންޑިޔާގެ ކަމާބެހޭ ތަންތަނުގައި ރަޖިސްޓްރީ ކުރުމާއި މިވެކްސިންގެ ޓްރެއަލް ފުރިހަމަ ކުރުމާއެކު ކުރިޔަށްދާ ޕްރޮގްރާމެކެވެ.

ރަޝިޔާގެ މިވެކްސިންގެ ފޭސް ތިނެއްގެ ޓްރެއަލްގެ ދަށުން މިހާރުވެސް ރަޝިޔާގައި އަންނަނީ 40،000 މީހުންނަށް ވެކްސިން ދީގެން ޓެސްޓް ކުރަމުންނެވެ. ޓެސްޓުގެ ފުރަތަމަ ނަތީޖާ އޮކްޓޯބަރ ނޫނީ ނޮވެމްބަރ މަހު ލިބޭނެ ކަމަށް އާރުޑީއައިއެފްގެ ހެޑް ކްރިލް ޑިމިޓްރީވް ވިދާޅުވި އެވެ.

ޑރ ރެޑީއަކީ އިންޑިޔާގެ އެންމެ ފުންނާބު އުސް ފަރމަޝޫޓިކަލް ކުންފުނިތަކުގެ ތެރެއިން ކުންފުންޏަކަށް ވާއިރު ރަޝިޔާ ވެކްސިންގެ ކްލިނިކަލް ޓްރެއަލްތައް އިންޑިޔާގައި ކުރިޔަށް ގެންދާނީ މި ކުންފުނިންނެވެ. މި ޚަބަރާއެކު އެކުންފުނީގެ ޝެއަރ އިންޑިޔާގައި 4.18 އިންސައްތައަށް ވަނީ މަތިވެފައެވެ.

ޑިމިޓްރީވް ރޮއިޓަރސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންޑިޔާގައި ޓްރެއަލްތައް އަންނަ މަހު ފެށޭވަރު ވާނެކަމަށެވެ.

އިންޑިޔާއިން މިދިޔަ ހަފްތާގައި ވަނީ އެގައުމުގައި އެމަރޖެންސީކޮށް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ވިސްނަމުންދާ ކަމަށް ބުނެފައެވެ. ވަކިން ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށް ވެކްސިން ދިނުމަށް ވިސްނަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ސްޕޮޓްނިކް ވީ އަކީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އުފައްދަމުންދާ ވެކްސިންތަކުގެ ތެރެއިން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ވެކްސިނެވެ. އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެ ގައުމުގެ ރައީސް ލަޑިމިއަރ ޕުޓިން ވަނީ މިވެކްސިން ރަޖިސްޓްރީކޮށް ބޭނުންކުރަން ފަށާފައިވާކަން އިއުލާން ކުރައްވާފައެވެ.

މިވެކްސިން އިންސާނުންނަށް ޓެސްޓް ކުރުމަށް ކުރިޔަށް ގެންދިޔަ ފުރަތަމަ މަރުހަލާގެ ނަތީޖާތައް ރަނގަޅު ކަމަށް އެކަން ދިރާސާ ކުރި މެޑިކަލް ގްރޫޕެއް ކަމުގައި ލެންސެޓުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
09 މާރިޗު 2017

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް