Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކޯޝެއާޑް ކިޗަން ފެސިލިޓީ

ކޯޝެއާޑް ކިޗެން އަށް ޝައުގުވެރިކަން ފާޅުކޮށް 60 ފަރާތެއް

މިހާރު ކުރިޔަށް ދަނީ އިންޓީރިއާގެ މަސައްކަތްތައް

އަލީ ސަމާޚް
އަލީ ސަމާޚް | 16 ސެޕްޓެމްބަރު 2020 | ބުދަ 13:08
ބީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ލީނާ އަބްދުލް ޖަލީލް ރާއްޖެ.އެމްވީ އަށް އިންޓަވިއު ދެއްވަނީ

ބީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ލީނާ އަބްދުލް ޖަލީލް ރާއްޖެ.އެމްވީ އަށް އިންޓަވިއު ދެއްވަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ހާއްސަ ކޮށްގެން ހުޅުމާލޭ ގައި ގާއިމްކުރަ ކޯޝެއާޑް ކިޗެން ފެސިލިޓީ ގައި މަސައްކަތް ކުރަން 60 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފިއެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް ކޯޝެއާޑް ކިޗަން ތައާރަފް ކުރަން ނިންމާފައިވާ ކަމަށް ބީސީސީ އިން އިއުލާން ކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުއެވެ. ކޯޝެއާޑް ކިޗެން އަކީ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް އެއްތަނަކުން ލިބިދޭ ގޮތަށް، އެއްފަހަރާ ގިނަ ބަޔަކަށް ބޭނުން ކުރެވޭ ގޮތަށް، ހުންނަން ޖެހޭ ވަކި ސްޓޭންޑަޑަކަށް ފެތޭ ގޮތަށް ފަރުމާ ކުރެވިފައި ހުންނަ ތަންތަނެވެ.

އެކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ''ރާއްޖެ.އެމްވީ'' އާ ހިއްސާ ކުރައްވަމުން ބީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ލީނާ އަބްދުލް ޖަލީލް ވިދާޅުވީ، ކުރިއެކޭ އެއްގޮތަށް މިހާ ރުވެސް މަސައްކަތް ކުރަމުންދަނީ މި އަހަރުގެ ފަހުކޮޅަށް ހުޅުމާލޭގައި ގާއިމް ކުރާ ކޯޝޭއާޑް ކިޗެން ނިންމާލުމުގެ މަސައްކަތް ކަމަށެވެ. ބީސީސީން ވަނީ ކިޗަން ސްޕެޝަލިސްޓެއް ހޯދަން އިއުލާން ކޮށްފައެވެ. އޭނާ ވިދާޅުވީ، ފެސިލީޓީ އަށް ބޭނުންވާ ސާމާނުތަކާއި އެތަނުގެ އިންޓީިރިއާގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށެވެ.

ލީނާ ވިދާޅުވި ގޮތުގައި، ކޯޝެއާޑް ކިޗެން އަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވާލާފައެވެ. އެކަމަށް އެދޭ ފަރާތްތަކުން ބީސީސީއާ ގުޅައިގެން ކުރިޔަށް ގެންދިޔުމަށް އޭނާ ވަނީ އެދިފައެވެ. ބީސީސީން ބުނީ، ކޯޝެއާޑް ކިޗަން ބޭނުން ކުރާ ފަރާތްތަކުގެ އަތުން ނަގާނެ ފީއެއް އަދި މިހާތަނަށް ކަނޑައަޅާފައިނުވާ ކަމަށެވެ. ނަމަވެސް މަސައްކަތް ކުރަމުންދަނީ އާއްމުންގެ އަތް ފޯރާ ފަށެއްގައި ބެހެއްޓުމަށް ކަމަށެވެ.

ހުޅުމާލޭގައި ގާއިމް ކުރާ ކޯޝެއާޑް ކިޗަން އަކީ 2000 އަކަފޫޓުގެ ޖަގައިގެ ތަނެކެވެ. އެ ތަނުގައި އެއް ފަހަރާއި 10 މޭޒެއްގައި މަސައްކަތް ކުރެވޭނެއެވެ. އެއިން ކޮންމެ މޭޒެއްގައި ދެ މީހުން ނުވަތަ ތިން މީހުންނަށް ކާބޯތަކެތި ތައްޔާރު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ. ކޯޝެއާޑް ކިޗެން ގައި މަސައްކަތް ކުރާއިރު އަމަލު ކުރަން ޖެހޭ ގޮތާއި، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ބަޔާންކޮށް ގައިޑްލައިން އެއް އެކުލަވާލުމުގެ މަސައްކަތް ބީސީސީން ދަނީ މިހާރު ކުރަމުންނެވެ. މިފަދަ ފެސިލިޓީ އެއް ގާއިމްކުރުމުގެ ސަބަބުން ކާތަކެތީގެ ބާވަތްތައް ތައްޔާރު ކުރާ ފަރާތްތަކަށް ފަސޭހަ ވެގެން ދާނެއެވެ. ކޯޝެއާޑް ކިޗަން އަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް ކާމިޔާބު މޮޑެލްއެކެވެ. ހުޅުމާލޭގައި މި މޮޑެލް ކާމިޔާބުވެގެން ގޮސްފިނަމަ ކުރިޔަށް އޮތްތަނުގައި ރަށްރަށުގައި އެ ހިދުމަތް ފުޅާކުރުމުގެ މަަސައްކަތް ކުރާނެ ކަމަށް ބީސީސީން ވަނީ މީގެ ކުރިން މައުލޫމާތު ދީފައެވެ.

ކޯޝެއާޑް ކިޗަން ޔޫއެންޑީޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެންޕަވަރމެންޓް އެންޑް ޑިވެލޮޕްމަންޓް ފޯ އެސްއެމްއީޒް (ސީޑްސް) ޕްރޮޖްކްޓްގެ މާލީ އެހީގެ ދަށުން، އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ބީސީސީން ހިންގާ ޕްރޮޖެކްޓެކެވެ.

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2019

އައިޓީބީ ފެއަރގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

22 ނޮވެމްބަރު 2019
އައިޓީބީ ފެއަރގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި
24 އޮކްޓޯބަރު 2019

އެސްޓީއޯގެ ފިހާރައިގެ ފްރީޒަރުތަކަށް މުދާ ފޯރުކޮށްދީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

24 އޮކްޓޯބަރު 2019
އެސްޓީއޯގެ ފިހާރައިގެ ފްރީޒަރުތަކަށް މުދާ ފޯރުކޮށްދީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި
20 މެއި 2019

ރާއްޖެ އިޝްތިހާރު ކުރާ ކޮތަޅު ޑިޒައިން ކުރާނެ ފަރާތެއް ހޯދަނީ

20 މެއި 2019
ރާއްޖެ އިޝްތިހާރު ކުރާ ކޮތަޅު ޑިޒައިން ކުރާނެ ފަރާތެއް ހޯދަނީ
28 ޑިސެމްބަރު 2018

އެސްޓީއޯގެ ހުޅުމާލެ ހޮޓެލް ގަންނާނެ ފަރާތެއް ހޯދަނީ

28 ޑިސެމްބަރު 2018
އެސްޓީއޯގެ ހުޅުމާލެ ހޮޓެލް ގަންނާނެ ފަރާތެއް ހޯދަނީ
15 މާރިޗު 2018

ފުޑް ކޯޓުތައް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

15 މާރިޗު 2018
ފުޑް ކޯޓުތައް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި
14 ޑިސެމްބަރު 2017

އައިޓީބީ ފެއާގައި އަތްތެރި މަސައްކަތްތެރިކަން ދައްކުވާދޭނެ ފަރާތެއް ހޯދަނީ

14 ޑިސެމްބަރު 2017
އައިޓީބީ ފެއާގައި އަތްތެރި މަސައްކަތްތެރިކަން ދައްކުވާދޭނެ ފަރާތެއް ހޯދަނީ
19 އޮކްޓޯބަރު 2017

ޓެކްސްގެ މަސައްކަތް ކުރަނީ ރަޖިސްޓަރވެފައިވާ ފަރާތެއްތޯ ކަށަވަރުކުރޭ: މީރާ

19 އޮކްޓޯބަރު 2017
ޓެކްސްގެ މަސައްކަތް ކުރަނީ ރަޖިސްޓަރވެފައިވާ ފަރާތެއްތޯ ކަށަވަރުކުރޭ: މީރާ
21 އޯގަސްޓު 2017

ޓެކްސް ނުދައްކާ 113 ފަރާތެއްގެ މަޢުލޫމާތު މީރާއިން ޢާއްމުކޮށްފި

21 އޯގަސްޓު 2017
ޓެކްސް ނުދައްކާ 113 ފަރާތެއްގެ މަޢުލޫމާތު މީރާއިން ޢާއްމުކޮށްފި
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު