Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކިމް ކަޑާޝިއަން

24 ގަޑީއިރަށް ކިމްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ފުރީޒް ކުރަނީ

އިންސްޓަގުރާމް އެކައުންޓު އަދި ފޭސްބުކް އެކައުންޓް 24 ގަޑި އިރަށް ފްރީޒް ކޮށްލުމަށް ކިމް ނިންމައިފި

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 16 ސެޕްޓެމްބަރު 2020 | ބުދަ 18:38
ކިމް ކަޑާޝިއަން

ކިމް ކަޑާޝިއަން

24 ގަޑީއިރަށް ކިމް ކަޑާޝިއަންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ފުރީޒް ކުރުމަށް ނިންމައިފިއެވެ.

ކިމް މިހެން ނިންމާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމު ކަމުގައިވާ އިންސްޓަގުރާމު އަދި ފޭސްބުކް މެދުވެރިކޮށް ނަފްރަތު އުފައްދާ ދޮގު ހަބަރުތައް ފެތުރުމާއި ދެކޮޅަށް ދުނިޔޭގެ މަޝްހޫރު ތަރިން ކުރާ ކެމްޕެއިންގައި ބައިވެރިވުމަށެވެ.

ކިމް ބުނެފައިވަނީ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އޭނާގެ ފޭނުންނާއި ގުޅިފައިވާތީ އެކަމާ އުފާ ކުރާ ކަމަށެވެ. ނަމަވެސް ބަޔަކު އިންސާފު ހޯދުމުގެ ނަމުގަ ދޮގު ހަބަރުތައް ފެތުރުމުގެ ޒަރިއްޔާއަކަށް ސޯޝަލް މީޑިއާ ހަދާއިރު އެކަމާ ދެކޮޅަށް ބަހެއް ނުބުނެ އޭނާ އަށް ނުހުރެވޭނެ ކަަމަށެވެ. އަދި އެމެރިކާ ދެބައިކޮށްލުމުގެ ނިޔަތުގައި ދެކެވޭ ވާހަކަ ތަކުގެ ސަބަބުން އޭގެ ނާޖާއިޒް އަސަރު ކުރާނީ އަންނަން އޮތް އިންތިހާބަށާއި ޑިމޮކްރަސީއަށް ކަމަށް ވެސް އޭނާގެ ބުނެފައިވެއެވެ. އަދި މިކަމާ ދެކޮޅަށް ބުދަ ދުވަހު އޭނާގެ އެކައުންޓު ފްރީޒް ކުރަން ނިންމާފަވާއިރު މި ކެމްޕެއިންގައި އެހެންމީހުން ވެސް ބައިވެރިވުމަށް ކިމް ވަނީ ގޮވާލާފައެވެ.

މި ކެމްޕެއިން ލޯންޗް ކޮށްފައިވަނީ އިންސާނީ ހައްގުތަކަށް ދިފާއުކޮށް އުޅޭ ގުރޫޕަކުންނެވެ. އަދި ބޮޑެތި ސޯޝަލް މީޑިއާ އެކައުންޓުތައް ބޮއިކޮޓް ކުރުމަށް އެދި އެތައް ކުންފުންޏަކުން މި ކެމްޕެއިން އިޝްތިހާރު ކޮށްފައިވެއެވެ. ނަމަވެސް މިކަމުގެ އަސަރު ފޭސްބުކް އަށް ކުރީ ވަރަށް ކުޑަކޮށެވެ.

އެހެންކަމުން އެ ގްރޫޕުން ނިންމީ މަޝްހޫރު މީހުންގެ އެކައުންޓުތަށް 24 ގަޑިއިރަށް ފްރީޒް ކުރާ ކެންޕެއިން އެއް ފެށުމަށެވެ.

ކިމް އަކީ އަމިއްލަ ޓީވީ ޝޯއެއް ގެނެސް އަމިއްލަ ވިޔަފާރީއެއް ހިންގާ މަޝްހޫރު މީހެކެވެ. އަދި ކިމް ކަހަލަ މީހުން މި ކެންޕެއިންގައި ބައިވެރިވުމުން ފޭސްބުކް އަދި އިންސްޓަގުރާމްއަށް އެކަމުގެ އަސަރެއް ކުރާނެ ކަމަށް ކެންޕެއިން ހިންގާ ފަރާތްތަކުން ދެކެއެވެ.

އިތުރަށް ކިޔާލަން

29 ޖޫން 2019

'ހާއުފާ'' އީދު ޝޯގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޓީވީ، އޮންލައިން ޕާޓްނަރަކަށް ރާއްޖެ.އެމްވީ

29 ޖޫން 2019
'ހާއުފާ'' އީދު ޝޯގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޓީވީ، އޮންލައިން ޕާޓްނަރަކަށް ރާއްޖެ.އެމްވީ
03 ފެބުރުއަރީ 2019

އޭކްތާގެ ދަރިފުޅުގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާކޮށްފި

03 ފެބުރުއަރީ 2019
އޭކްތާގެ ދަރިފުޅުގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާކޮށްފި
07 އޮކްޓޯބަރު 2018

ކާންޔޭ ވެސްޓް ސޯޝަލް މީޑިއާއިން އަނެއްކާވެސް ގެއްލިއްޖެ

07 އޮކްޓޯބަރު 2018
ކާންޔޭ ވެސްޓް ސޯޝަލް މީޑިއާއިން އަނެއްކާވެސް ގެއްލިއްޖެ
29 ޖޫން 2018

އެންމެ ފަހުން ޖޫލިއާ ރޮބަޓްސް ވެސް ސޯޝަލް މީޑިއާގައި އެކްޓިވް ވެއްޖެ

29 ޖޫން 2018
އެންމެ ފަހުން ޖޫލިއާ ރޮބަޓްސް ވެސް ސޯޝަލް މީޑިއާގައި އެކްޓިވް ވެއްޖެ
08 މެއި 2018

އީޝާ ޑިއޯލް އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި އާންމުކޮށްފި

08 މެއި 2018
އީޝާ ޑިއޯލް އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު