Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ޕޮޒިޓިވްވުން

ކޮވިޑް-19ށް ޕޮޒިޓިވްވާ ސްކޫލު ކުދިން މިހާރު ނިސްބަތުން ގިނަ: ޑރ. އަފްޒަލް

ބައްޔަށް ޕޮޒިޓިވްވާ ވަޒީފާއެއް އަދާ ނުކުރާ މީހުން ވެސް ވަރަށް ގިނަ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ސެޕްޓެމްބަރު 2020 | އަންގާރަ 18:40
ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވާހަކަދައްކަވަނީ

ރާއްޖޭގައި ސްކޫލަށް ކުދިން ގޮސްގެން ބައްޔަށް ހުށަނޭޅުނު ނަމަވެސް ކޮވިޑް-19ށް ޕޮޒިޓިވްވާ ސްކޫލުގެ ކުދިންގެ އަދަދު މިހާރު އިތުރުވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެޕިޑޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ބަލި ޖެހޭ މީހުން އެންމެ ގިނައިން މި ފެންނަނީ ސްކޫލުތަކަށް ދާ އުމުރު ފުރާގެ ކުދިން ކަމަށެވެ. ދެން އެންމެ ގިނައީ ޕޮޒިޓިވް ވަނީ ވަޒީފާއެއް އަދާނުކުރާ މީހުންނާއި، އެސެންޝިއަލް ވޯރކާސްގެ ގޮތުގައި ހިމެނޭ މީހުންނާއި، ޕްރައިވެޓް ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުން އަދި ލޭބަރސް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސްކޫލަށް ދާ ކުދިން ބައްޔަށް ހުށަހެޅިގެން ދަނީ ސްކޫލަށް ގޮސްގެން ނޫންކަން ޑރ. އަފްޒަލް ފާހަގަކުރައްވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް-19ށް ފަރުވާ ދިނުމަށް ނުވަތަ ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާ މީހުން ބައްޔަށް ޕޮޒިޓިވްވާ ނިސްބަތް މަދު ކަމަށެވެ. ނަމަވެސް ކޮންމެހެން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި އުޅޭ މީހުން (އެސެންޝިއަލް ވޯރކަރުން) ބައްޔަށް ޕޮޒިޓިވް ވަނީ ގިނައިން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ ވަޒީފާއެއްގައި ނޫޅޭ މީހުން ގިނައިން ބައްޔަށް ޕޮޒިޓިވްވާން ފެށީ ތިން ވަނަ މަރުހަލާގައި ލުއިތައް ދިން ފަހުން ކަމަށެވެ. އެހެންކަމުން މިއީ ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު