Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިލިކް ހޯދަން މަސައްކަތް ކުރުން

މިލިކް ހޯދުމަށް ޓޮޓެންހަމުން މަސައްކަތް ކުރަނީ

މިލިކް ހޯދުމަށް ޓޮޓެންހަމުން މަސައްކަތް ފަށާފައިވަނީ މޮރީނިއޯގެ އެދުމުގެ މަތިން

އަތޫފް އާތިފް
އަތޫފް އާތިފް | 15 ސެޕްޓެމްބަރު 2020 | އަންގާރަ 17:35
ނާޕޮލީއަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް އަރްކަޑިއުސް މިލިކް

ނާޕޮލީއަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް އަރްކަޑިއުސް މިލިކް

ނާޕޮލީއަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް އަރްކަޑިއުސް މިލިކް ހޯދުމަށް ޓޮޓެންހަމް ހޮޓްސްޕާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޓޮޓެންހަމުން އުމުރުން 26 އަހަރުގެ މިލިކް ހޯދުމަށް މަސައްކަތް ފަށާފައިވަނީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯގެ އެދުމުގެ މަތިންނެވެ. އަދި މޮރީނިއޯ ބޭނުންވަނީ ބޮޑު ހޭދައެއް ކޮށްގެން ނަމަވެސް މިލިކްގެ ސޮއި ހޯދުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޓޮޓެންހަމުން މިލިކް ހޯދުމަށް 28 މިލިޔަން ޕައުންޑް ޚަރަދުކުރުމަށް އޮތީ ތައްޔާރަށެވެ. އެކަމަކު ނާޕޮލީން މިލިކްގެ އެއްބަސްވުން އާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ޓީމުން މިލިކްގެ މުސާރަ ދެ ގުނައަށް ބޮޑު ކުރުމަށް މިހާރު ހުށަހަޅާފައިވާ ކަމަށް އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މޮރީނިއޯގެ އެދުމުގެ މަތިން މިލިކް ހޯދުމުގެ މަސައްކަތް ޓޮޓެންހަމުން ކުރަމުން އަންނައިރު، ދާދި ފަހުން ދިން އިންޓަވިއުއެއްގައި މޮރީނިއޯ ވަނީ އެޓީމަށް އިތުރު ފޯވާޑެއް މި ޓްރާންސްފާ ބާޒާރުގައި ބޭނުންވާ ކަމަށް ބުނެފައެވެ.

މީގެ ކުރިން ބަޔާ ލެވަކޫސެން އާއި އޯގްސްބާގްގެ އިތުރުން އަޔަކްސްއަށްވެސް ކުޅުނު މިލިކް ނާޕޮލީއާ ގުޅުނީ 2016 ވަނަ އަހަރު 32 މިލިޔަން ޕައުންޑްގެ އަގަކަށެވެ. ނާޕޮލީގައި މިލިކް މިހާތަނަށް ހަތަރު ސީޒަން ހޭދަކޮށްފައިވާއިރު، އޭނާ ވަނީ ނާޕޮލީއަށް ކުޅެދިން 122 މެޗުގައި 48 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ނާޕޮލީއާއެކު މިދިޔަ ސީޒަނުގެ އިޓާލިއަން ކަޕް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު