Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރީޓޮޕް ހޮސްޕިޓަލް

ގިނަ ޙިދުމަތްތަކަކާއެކު ވިހެއުމުގެ ހާއްސަ ޕެކޭޖްތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ތަޢާރަފުކޮށްފި

ޕެކޭޖުތައް ނެގުމުގެ ފުރުސަތު މިއަހަރުގެ ނިޔަލަށް ވަނީ ހުޅުވާފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2020 | އަންގާރަ 06:50
ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕް ހޮސްޕިޓަލް

ވިހެއުމާއި ސިޒޭރިއަން އަދި ތުއްތު ކުއްޖާގެ ސިއްޙީ ޗެކަޕް ހިމެނޭހެން ޙާއްސަ ޕެކޭޖްތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފިއެވެ.

މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކޮށް ޓްރީޓޮޕް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، އަލަށް ތައާރަފުކުރި ޕެކޭޖުތަކުގައި ހިމެނެނީ ނޯމަލް ޑެލިވަރީ ޕެކޭޖަކާއި އިލެކްޓިވް ސިޒޭރިއަން ސެކްޝަން ޑެލިވަރީ ޕެކޭޖް ކަމަށެވެ. އެގޮތުން، މި ދެ ޕެކޭޖްގައި ތުއްތު ކުއްޖާއަށް ޙާއްސަކޮށްގެން ސިއްޙީ ސްކްރީނިންގްއާއި ކޮންސަލްޓަންޓް އަދި މިޑްވައިފް ކެއާގެ ޙިދުމަތް ވެސް ފޯރުކޮށްދޭނެކަމަށެވެ.

ޕެކޭޖުތައް ނެގުމުގެ ފުރުސަތު މިއަހަރުގެ ނިޔަލަށް ޓްރީ ޓޮޕުން ހުޅުވާފައިވާއިރު، ނޯމަލް ޑެލިވަރީ ޕެކޭޖުގެ އަގަކީ 16،000ރ. އެވެ. އަދި އިލެކްޓިވް ސީ-ސެކްޝަން ޑެލިވަރީ ޕެކޭޖުގެ އަގަކީ 27،500ރ. އެވެ. މި ޕެކޭޖްތަކުގެ ދަށުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޓްވިން ޝެއާރިން ރޫމެއްގައި ހުރުމާއި ކެއުމާއި ނާސިން ކެއާ އަދި އޮބްސްޓެޓްރިކްސް، ޕީޑިއަޓްރިކްސް، ނިއޯނެޓޮލޮޖީ އަދި ގައިނައިކޮލޮޖީގެ އެންމެ ފެންވަރު ރަނގަޅު ކޮންސަލްޓެންޓުންގެ ރޫޓިން ވިޒިޓްސްގެ ކަންކަން ހަމަޖެހިގެންދާއިރު ނޯމަލް ޑެލިވަރީ ޕެކޭޖުން ހޮސްޕިޓަލުގައި ދެ ދުވަހުގެ ހުރުން ލިބޭނެއެވެ. އަދި ސީ-ސެކްޝަން ޕެކޭޖުން ތިން ދުވަހާ ހަމައަށް ހުރުން ހަމަޖައްސައިދެވޭނެކަމަށް ޓްރީޓޮޕުން ބުނެއެވެ.

މީގެ އިތުރުން ވިހެއުމަށްފަހު ޖަހަން ޖެހޭ ވެކްސިންތައް ހިމެނޭ ނިއުބޯން ހެލްތުކެއާ ޕްރޮގްރާމުގެ ހިދުމަތް ވެސް މި ދެ ޕެކޭޖާއެކު ލިބޭނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި ތުއްތު ކުއްޖާ ހިތުގެ ބަލިތަކަށް ސްކްރީން ކުރުމާއި (ކްރިޓިކަލް ކޮންޖެނިޓަލް ހާޓް ޑިޒީސް (ސީސީއެޗްޑީ) ސްކްރީނިން، ލޭގެ ގްރޫޕް އަދި މިނޫން ވެސް ބޭސިކް ލޭގެ ސްކްރީނިން، އަޑުއެހުމުގެ ސްކްރީން، ކެޓަރެކްޓް ސްކްރީނިންއަކީ ވެސް މި ޕެކޭޖުތަކާއެކު ލިބޭ އިތުރު ޙިދުމަތްތަކެވެ.

ބަޔާނުގައި އިތުރަށް ބުނީ ހޮސްޕިޓަލުން އަމަލުކުރަމުންދަނީ ތުއްތުކުދިންނަށް ގާތުން ކިރުދިނުމާއި ގުޅޭގޮތުން ޔުނިސެފްއާއި ޑަބްލިއު އެޗް އޯ އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ގައިޑްލައިން (ބޭބީ ފްރެންޑްލީ ހޮސްޕިޓަލް އިނީޝިއޭޓިވް) އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި، ވިހެއުމަށްފަހު ގާތުން ކިރުދިނުމަށް ބާރު އެޅުމާއި، ދަރިފުޅާއި މައިމީހާ އާއި ދެމެދު ހަމާއި ހަމުގެ ގުޅުން ދެމެހެއްޓުމަށް ހޭލުންތެރިކުރުން ހިމެނެއެވެ. ހަމައެއާއެކު ގާތުން ކިރު ދިނުމުގައި އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައިކަން ހެލްތުކެއާގެ ތަޖުރިބާކާރުންގެ ފަރާތުން ވެސް ފޯރުކޮށްދޭނެކަމަށެވެ،

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފުރިހަމަ ހެލްތުކެއާގެ ހިދުމަތްތައް ފޯރުކޮށްދެނީ ހުނަރުވެރި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ހާއްސަ ކްލިނިކަލް ޓީމަކާއެކު، ޒަމާނީ ހެލްތުކެއާ ފެސިލިޓީއެއްގައެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ، ތުއްތު ކުއްޖަކު ދުނިޔެއަށް އުފަންވުމަކީ އެކުއްޖާގެ މައިންބަފައިންނާއި އާއިލާތަކަށް އެހާ މުހިންމު ތަޖުރިބާއަކަށްވުމާއެކު، ޕެންޑެމިކަކާއި ކުރިމަތިލާންޖެހިފައިވާ މިފަދަ ދުވަސްވަރެއްގައި މިކަމާ ގުޅޭގޮތުން އިތުރަށް ކަންބޮޑުވިޔަ ނުދިނުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުން ދާކަމަށެވެ. އެގޮތުން އިންފެކްޝަން ކޮންޓްރޯލްކުރަން ހެދިފައިވާ ބައިނަލްއަގްވާމީ ގައިޑްލައިންތަކަށް އަމަލުކުރަމުންދާއިރު، ތުއްތުކުއްޖާއާއި މައިމީހާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ދަނީ އަޅަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު