Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19ގެ ހާލަތު

ގުރޫޕް ހަދައިގެން ކަސްރަތު ކުރުން މިހާރު ވެސް ހުއްދައެއް ނުވާނެ: ޑރ.ނަޒްލާ

14 ސެޕްޓެމްބަރު 2020 | ހޯމަ 21:57

ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ނޫޅެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ސެޕްޓެމްބަރު 2020 | ހޯމަ 21:57
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު،

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު،

ކޮވިޑް-19ގެ މިހާލަތުގައި ގުރޫޕް ހަދައިގެން ކަސްރަތު ކުރުން މިހާރު ވެސް ހުއްދައެއް ނުވާނެ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

އަންގާރަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެގެން ކަސްރަތު ޕްރޮގްރާމްތައް ނުވަތަ މޫދުގައި ވެސް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ޑރ. ނަޒްލާ ވިދާޅުވީ ބޭރަށް ނުކުމެ ކަސްރަތު ކުރުމުގެ ފުރުސަތު ދީފައި އޮތީ ވަކި އުސޫލެއްގެ ތެރެއިން ކަމަށާއި، ހުއްދަ ދީފައިވަނީ ވެސް ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށްފަހު މިފަދަ ސްޓްރެސް ދަނޑިވަޅެއްގައި ކަސްރަތު ކުރުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި މިކަންކަން ކުރަނީ ހަމައެކަނި އާންމު ރައްޔިތުންގެ ވިޔަފާރިތަކަށް ބެލުމަށް ފަހު ނޫން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިގޭ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ޖިމްތައް ހުޅުމުގެ ހުއްދަ ދީފައިވަނީ ވެސް އުސޫލެއްގެ ތެރެއިން ކަމަށާއި، އެތަންތަން ހިންގަމުންދަނީ އެ އުސޫލުގެ ތެރެއިންތޯ ބެލުމުގެ މަސައްކަތްތައް ދުވަސް ދުވަހުން ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ވަކި އަދަދަކަށް ޖިމްއަށް މީހުންނަށް ވަދެވޭއިރު، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ގަވާއިދާ ހިލާފަށް ހިންގާފައިވާ ބައެއް ޖިމްތައް ބަންދު ކުރިކަން ވެސް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ދަނޑުތަކުގައި ކުޅިވަރުތައް ކުޅުމުގެ ހުއްދަ ނުދޭ ސަބަބުތަކަށް އަލިއަޅުއްވާލައްވާ ޑރ. ނަޒްލާ ވިދާޅުވީ ޖިމްތަކުގައި ކަސްރަތު ކުރުމާއި، ދަނޑުތަކުގައި ކުޅިވަރު ކުޅުން ވަރަށް ތަފާތު ކަމަށެވެ. ކުޅިވަރު ކުޅޭއިރު ޕިޒިކަލް ކޮންޓެކްޓްވާނެ ކަމަށާއި، އެއީ ވަރަށް ބޮޑަށް ބަލި ފެތުރޭނެ ސަބަބެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ދަނޑުތަކުގައި ކުޅިވަރު ކުޅުމަކީ ޑިސްޓެންސް ވެސް ބެހެއްޓޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާލަތުގައި ދަނޑުތަކުގައި ކުޅިވަރު ކުޅުމަށް ފުރުސަތު ދިނުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފިޔަވަޅުތައް އަޅާއިރު އެންމެ ފުރަތަމަ ބަލަނީ އާއްމު ސިއްހަތަށް މި ބަލި ފެތުރުމަށް ހުރި ފުރުސަތަކީ ކޮބައިތޯ ކަމަށާއި، މިވަގުތު ބަލީގެ ހާލަތަށް ކަމަށެވެ. އަދި ރައްކާތެރިވުމަށް އަޅާ ފިޔަވަޅަކުން ނުކުންނަ ނަތީޖާއަށް ބަލާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް