Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައުދު ޕީޕީއެމުން ވަކިކުރުން

މައުމޫން ފެކްޝަނާ ގުޅުނު ސައުދު ޕީޕީއެމުން ވަކިކޮށްފި

17 އެޕްރީލު 2017 | ހޯމަ 16:48

ސައުދު ވަކިކުރީ ރައީސް ޔާމީން ފެކްޝަންގެ ސުލޫކީ ކޮމެޓީން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 17 އެޕްރީލު 2017 | ހޯމަ 16:48
ސައުދު: މިހާރު ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިފައި

ސައުދު: މިހާރު ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިފައި

ދެ ފެކްޝަނަކަށް ބެހިފައިވާ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނުން އެޕާޓީގެ ރައީސް، ރައީސް މައުމޫން ފެކްޝަނަށް ބަދަލުވި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ޕީޕީއެމުން ވަކިކޮށްފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ފެކްޝަންގެ ސުލޫކީ ކޮމެޓީން ސައުދު އެޕާޓީން ވަކިކުރައްވަން ނިންމީ ހޯމަ ދުވަހު ބޭއްވި އެކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި 5 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ޕާޓީން ވަކިކުރިކަން އަންގައި ސައުދުއަށް ޕީޕީއެމް އިން ފޮނުވި ސިޓީގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށާއި މި ސަރުކާރަށް ތާއީދު ނުކުރައްވާކަމަށް ފާޅުގައި ވިދާޅުވަމުން ގެންދަވާ ބޭބޭފުޅުންނާއެކު މަސައްކަތް ކުރައްވަމުން ގެންދާކަމީ ޕާޓީގެ އަސާސީ ޤަވާއިދާ ހިލާފު ކަމެއް ކަމަށާއި، ޕާޓީގެ ފިކުރާއި ހިލާފަށް ފާޓީއާއި އަދި ސަރުކާރާއި އިދިކޮޅު ހަރަކާތްތައް ހިންގަމުން ގެންދާ ފަރާތްތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ފާޅުކަން ބޮޑު ގޮތަކަށް ސޯޝަލް މީޑިއާގައި އާއި އަދި ތަފާތު ފޯރަމްތަކުގައި ޕާޓީގެ އަސާސްތަކާއި ހިލާފަށް އަމަލުކުރައްވާ، ޕާޓީގެ ވިސްނުމާއި ފިކުރާއި ދެކޮޅަށް ވަކާލާތުކުރައްވަމުން ގެންދަވާކަން ސައުދުގެ ފަރާތުން ފާހަގަ ކުރެވިފައި ވާކަމަށެވެ.

ސުލޫކީ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ބެލި ބެލުމުން، ހުށަހެޅިފައިވާ މައްސަލައަށާއި ޕާޓީގެ އަސާސީ ޤަވާއިދާއި ކުރިން ފާހަގަކޮށްފައިވާ މައްސަލަތަކަށް ރިއާޔަތްކޮށް ޕާޓީގެ ސުލޫކީ މައްސަލަތަކާއި ބެހޭ ޤަވާއިދުގެ 15 ވަނަ މާއްދާގެ (ހ)ގެ 7 ވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން، ސައުދު އެ ޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް ސުލޫކީ ކޮމެޓީން ނިންމާފައިވާ ކަމަށެވެ. ސައުދު ޕީޕީއެމްއިން ވަކިކުރިއިރު އިދިކޮޅުފަރާތްތަކާއި ސައުދުވަނީ މީގެ ކުރިން ގުޅިވަޑައިގަންނަވާފައެވެ. ސައުދު އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންނެވުމާއި އެކު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ވައިބަރ ގުރޫޕުންވެސް ސައުދުވަނީ ބޭރުކޮށްފައެވެ. ސައުދު ވަކިކޮށްފައި މިވަނީ ރައީސް މައުމޫނަކީ ޕީޕީއެމް ކަމަށާއި ޕީޕީއެމްއަކީ ރައީސްމައުމޫނު ކަމަށް ވިދާޅުވެ ރައީސް މައުމޫނާއެކު ކުރިއަށް ވަޑައިގަންނަވަން ނިންމާފައި ވަނިކޮށެވެ.

އިދިކޮޅު ފަރާތްތަކާ ގުޅުމާއެކު ސައުދާ އާއިލީގޮތުން ގާތް ބައެއް ފަރާތްތައް ވަނީ ސަރުކާރުގެ މަޤާމަތްކުންވެސް ވަކިކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް