Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މީރާ

އޮގަސްޓު މަހު މީރާއިން 1.70 ބިލިއަން ރުފިޔާ ބަލައިގަނެފި

މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 97.6 އިންސައްތަ އިތުރު އަދަދެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2020 | ހޯމަ 12:28
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މިއަހަރުގެ އޮގަސްޓު މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 1.70 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެ އިދާރާ އިން ބުނެފިއެވެ.

މީރާ އިން ބުނީ މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީއަށްވުރެ 97.6 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

Advertisement - businessAdvertisement

މީރާ އިން މައުލޫމާތު ދޭ ގޮތުގައި، ފާއިތުވި އަހަރުގެ އޮގަސްޓު މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 އާއި ގުޅިގެން މި އަހަރުގެ ދެވަނަ ކުއާޓަރުގެ ގިނަ ސުންގަޑިތައް އޮގަސްޓު މަހަށް ލަސް ކޮށްފައިވުމެވެ.

އެގޮތުން މީރާ އިން ވަނީ ބޭންކް ޕްރޮފިޓް ޓެކްސް، 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީއެސްޓީ، 2019 ވަނަ އަހަރުގެ ބީޕީޓީ ފައިނަލް ޕޭމަންޓް އަދި 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ފުރަތަމަ ޕޭމަންޓް އޮގަސްޓު މަހަށް ލަސް ކޮށްފައެވެ.

މީގެ އިތުރުން މި ސުންގަޑިތަކަކީ 2019 ވަނަ އަހަރު ކުރި މަސްތަކުގައި އައިސްފައިވާ ސުންގަޑިތަކަށް ވުމުން، މިދިޔަ އަހަރުގެ އޮގަސްޓު މަހު މި ސުންގަޑިތަކުގެ ފައިސާ ބަލައިގަނެފައިނުވުމުން، އޮގަސްޓް 2019 އާ އަޅައި ބަލައި އޮގޯސްޓު 2020 ގެ އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް މީރާ އިން ފާހަގަ ކުރެއެވެ.

މީރާ އިން ބުނީ މި މުއްދަތުގެ ތެރޭގައި ލީސް ޕީރިއަޑް 99 އަހަރަށް އިތުރު ކުރުމަށްޓަކައި ދައްކަންޖެހޭ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ވެސް މި މުއްދަތުގައި ލިބިފައިވުމުން އާމްދަނީ އިތުރު ވެފައިވާ ކަމަށެވެ.

އޮގަސްޓު 2020 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެއީ 46 އިންސައްތަ ނުވަތަ 783.76 މިލިއަން ރުފިޔާއެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ބީޕީޓީ އިން ލިބިފައިވާ އިރު، އެއީ 474.57 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ޖީއެސްޓީގެ ގޮތުގައި 293.91 މިލިއަން ރުފިޔާ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.93 މިލިއަން ރުފިޔާ، ރެސިޑެންޝަލް ޕާރމިޓްގެ ގޮތުގައި 21.49 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 54.96 މިލިއަން ރުފިޔާ މީރާ އަށް ވަނީ ލިބިފައެވެ.

މި އަހަރުގެ އޮގަސްޓް މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 21.67 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު