Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިޔާސީ ދުނިޔެ

އިދިކޮޅަށް "އައުޓް"، ސަރުކާރަށް "ލަވް"، ސަޅި ކެމްޕޭނެއްދޯ؟

14 ސެޕްޓެމްބަރު 2020 | ހޯމަ 12:19

ސަރުކާރާއި ދެކޮޅު ވާދަވެރިންގެ ސްލޯގަންއަކީ އިންޑިއާ އައުޓު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 14 ސެޕްޓެމްބަރު 2020 | ހޯމަ 12:19
ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު އަދި އިންޑިއާގެ ބޮޑު ވަޒީރާއި ކުރީގެ ރައީސް ޔާމީން

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު އަދި އިންޑިއާގެ ބޮޑު ވަޒީރާއި ކުރީގެ ރައީސް ޔާމީން

ދައްކަން މިއުޅެނީ ސަރުކާރާއި އިދިކޮޅުގެ ސިޔާސީ ކެމްޕެއިނެއްގެ ވާހަކައެވެ. ދެކޮޅުން ކެމްޕޭނުގައި ބޭނުން ކުރާ ސްލޯގަންއަކީ މީގެ ކުރީން ދުވަހަކުވެސް ބަޔަކު ބޭނުން ނުކުރާ އަދި ވަކީން ސަޅި ސްލޯގަން އެކެވެ. ސަރުކާރާއި ދެކޮޅު ވާދަވެރިންގެ ސްލޯގަން އަކީ "އިންޑިއާ އައުޓު" އެވެ. ނަމަވެސް ސަރުކާރުގެ ސްލޯގަން އަކީ "އައި ލަވް އިންޑިއާ" އެވެ.

މި ކުޑަކުޑަ ދިވެހި ރާއްޖެ އިންޑިއާއެއްގެ ކިބައިން ސަލާމަތް ނުވެގެން، އިންޑިއާއަށް ވިއްކާލަނީއޭ ކިޔައި، ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބާރުތަކުން އަތްގަދަ ކުރާ ވާހަކަ ދައްކަމުން ދަނީ އިންޑިއާ އައުޓޭ ކިޔާ ގޮވާ އިދިކޮޅު ފަރާތްތަކުންނެވެ. ގައުމު ވިއްކާލަނީއޭ ކިޔައިގެން އެފަރާތުން ދައްކާ ވާހަކަ އަޑުއިވޭ ކޮންމެ މީހެއްގެ ގާތަށް އަންނަނީ އަމަށަކުން ހިންޏެއްވެސް ނޫނެވެ. ވާނީވެސް އެހެންތާއެވެ. ދާދި މިދާކަށް ދުވަހު މިވެރިން ވެރިކަމުގައި ތިބި އިރު، ގާނޫނޫ އަސާސީއަށް ބަދަލު ގެނައީ ވެސް މިބުނާ ގޮތަށް މިގައުމުގެ ތަންތަން ބޭރުގެ ފަރާތްތަކަށް ވިއްކަން ކަމަށް ބުނެއެވެ.

ތިމާވެށީގެ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ރާއްޖޭގެ އެއް އަތޮޅު ކަމަށްވާ "ފާފު އަތޮޅު ތަބަކައްލާފައި ސައުދީ ރަސްގެފާނަށް ވެދުންކުރަން މިވެރިން އެއިރު ތިބީ ކެތްމަދުވެފައެވެ. ދިރިތިބީންނާއި މަރުވެފައިވާ މީހުންގެ ގާތު އަހާލުމެއް ކަހާލުމެއްވެސް ނެތި އެވެ. ވާރުތަވެރީންނާއި ވާރިސުންގެ ވެސް ބަހެއް ނެތިއެވެ. ދެންމެ ދެންމެ ވިއްކާލާ ހިސާބަށް ވެސް ކަންތައް ދުއްވާލިއެވެ. މިވެރިންނަށް ލިބެން އޮތް ވަގުތީ މަންފާއެއްގެ ބޮޑުކަމާއި އަންބޮނޑިތައް ފުރާލުމަށް އޮތް ނިޔަތެއްގެ ބޮޑުކަމުންއެވެ. ފައިސާ ގޯނި ހިފައިގެން އެއް ދޮރާށިން އަނެއް ދޮރާއްޓަށް ބަހަމުންނާއި، ހަރާމެއް ހަލާލެއް ނުބަލާ އެ ފައިސާގެ ބޭނުން ކުރަމުންނެވެ.

ސީނު ކަރަޔާ މާ ގާތް ގުޅުމެއް ބާއްވަމުން، އަބަދު ވެސް އެކުވެރީންނަކީ އެމީހުން ކަމަށް ހަދައި ދޭދޭ ގައުމުތަކާއި ދެމެދު އޮތް ގުޅުންތައް ކަނޑަމުން، މުއާހަދާތައް ބާތިލުކުރަމުންދިޔައީ ހަމަ މިވެރީންނެވެ. އޭރު ހުރިހާ ކަމަކަށް "ބޮޑު އޯކޭ" ޖަހާލައިގެން ހިހޫތަނުން ކާލައިގެން ބެންޒު ކާރުތަކުގައި ދިޔައީ ދުއްވަމުންނެވެ. ބޮޑާކަމާއި ކިބުރުވެރިކަން އިންތިހާއަށް ދައްކަމުންނެވެ. އަދި މީގެން ކަމަކުން ރައްޔިތުންނަށް ވާނޭ ގެއްލުމަކާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާލުމެއް ނެތިއެވެ. ދަހިވެތިކަން އިންތިހާއަށް ބޮޑުވެ، އެކަމަށް ބަސް ބުނަމުންދިޔަ ބައިނަލްއަގްވާމީ ޖަމިއްޔާތަކާވެސް ދިޔައީ ގުޅުން ކަނޑަމުންނެވެ. ހަމަ ލިބޭ އެތިކޮޅު މަދުވެދާނެތީއެވެ.

މި ހިސާބުން ހަނދާނަށް އަންނަނީ ޅެންވެރިޔާ އީސަ ލިޔެފައިވާ ޅެމެއްގެ ބައިތެކެވެ. "އިންސާނާ ވޭ ބޮޑާ، ނަސަބުން މޮޅުވެއްޖޭ ހިތުއަޅާ، ފިކުރެއް ނެތި ނިކަމެތިން ފައިދަށުލާ ހަދާ އިސް އުފުއްލާ، ނާ ތެދޭ ހިނދު ތިބާ، ކޮންމެ ކަމަކަށްވެ މުޝްކިލް ހިތުން ބޮޑާ".

އެދުވަސްތައް މާޒީއާ އެކުވެގެން ދިޔައީއެވެ. ބޮޑު އިންތިހާބަކަށްފަހު ބޮޑު ބައްޔަކުން ބަލިވެ، މިބުނާ އެންމެން ބޮޑު ބަލީގެ ދާނަށް ވެއްޓުނީއެވެ.

އަނެއްކާވެސް މިކަމުގައި އޭރު ހަނދާން ނައްތާލި ރައްޔިތުންގެ ފައިބުޑަށް ފުންމާލީއެވެ. ރައީސް ޔާމީން މިނިވަންކުރާށޭ ކިޔައި އެވެރިން ގޮވައިގެން މަގުތަކަށް ނުކުތީއެވެ. ވީކަމެއް ހަރާމެވެ. ރައީސް ޔާމީން ޖަލަކުން އައުޓެއް ނުކުރެވުނެވެ. އަނެއްކާވެސް ޖެހީ އެހެން މަޅިއެކެވެ. ސަރުކާރުގެ ކޮރަޕްޝަނޭ ކިޔައި ސަރުކާރު އައުޓަށް ގޮވަން ފެށީއެވެ. ހަމަ މިބުނާ ރައްޔިތުންގެ ބޮލަށް ސަވާރުވެ، ވަސްވާހުގަ ޖައްސަމުންނެވެ. އެކަމަކު އެކަންވެސް ވާގޮތެއް ނުވިއެވެ. އެވެރިންނަށްވުރެން މާކުރިން ސަރުކާރުން އަންނަނީ ކަންކަމުގައި އިހުމާލުވާ ފަރާތްތަކާއި އެފަދަ ކޮރަޕްޝަން ހިމެނޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ. އެއާއެކު ސަރުކާރު އައުޓަށް ގޮވަން ފެށި ގޮވެލި ހުއްޓުމަކަށް އައީއެވެ. ސަރުކާރު އައުޓެއް ވެސް ނުވިއެވެ.

އެންމެ ފަހުން އެޅިހާ ބަތަކަށް ރިހަވެ، ދެންހަދާނެ ގޮތް ހުސްވުމުން އަވަށްޓެރި އިންޑިއާ އައުޓަށް ގޮވަން ފެށީއެވެ. އަސްތާ! އެޖެހުނީ ބޮޑުތާއެވެ. ބޮޑު ގައުމަކާ ދިމާއަށް އައުޓުވާން ގޮވާއިރު، މިވެރީންނަށް މިގޮވެނީ ކީކޭކަންވެސް ނޭނގެނީ ހެއްޔެވެ! ކާރިސާއެއް ދިމާވިޔަސް، ހާދިސާއެއް ދިމާވިޔަސް، ބަލި މަޑުކަމެއް ބޯމަތިވެ، އެނދުން ނުތެދުވޭ ހާލަތަށް ދިޔަސް އެންމެ ފުރަތަމަ އަތް ދިއްކޮށްލާ ގައުމާ ދިމާއަށް ހަމަ ހިތު ހުރި އެއްޗެއް ގޮވަން ފެށީއެވެ.

ކޮވިޑްގެ ބަލާ އާފާތް ކުރިމަތިވެ ގޭގައި ތާށިވެފައި ތިބި އެތައް ރައްޔިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އެންމެ ފުރަތަމަ ފޫގަޅާލައި ނުކުތީ އެބުނާ އިންޑިއާއެވެ. "އައި ލަވް އިންޑިއާ". ހިލޭ އެހީތަކާއި އެތައް މިލިއަން ރުފިޔާއެއްގެ މަޝްރޫއުތައްވެސް ދިއްކޮށްލީ މިބުނާ އަވަށްޓެރި އިންޑިއާއެވެ. "އައި ލަވް އިންޑިއާ". އެއާއެކު އެހީތަކުގެ ވާހަކަ މީޑިއާތަކުން ތިލަވާން ފެށުމުން މިވެރިންނަށް މިކަން ވެސް ނުވާނެކަން ޔަގީންވެއްޖެއެވެ. "އައި ލަވް އިންޑިއާ". އެހިސާބުން އިންޑިއާ އައުޓް ނިންމާލައި އަނެއްކާ ވެސް އާ މައުޟޫއެއް ނެގީއެވެ. މިފަހަރު އިންޑިއާ މިލިޓަރީ އައުޓެވެ.

އިންޑިއާގެ މިލިޓަރީން އައްޑޫގައި މިލިޓާރީ ބޭހެއް ހަދާ ވާހަކަ އާއި، ހެލިކޮޕްޓަރުތަކާއި ޑޯނިއާ ފްލައިޓުތައް އަދި މަނަވަރުތައް ގެނެސްގެން އިންޑިއާގެ ބާރު ގަދަ ކުރާ ވާހަކަ ދައްކަން ފެށީއެވެ. އޭރު ރައީސް ޔާމީނުގެ ވެރިކަމުގައި ރިކޯޑު އަދަދަކަށް ރާއްޖޭގެ އެކި ހިސާބުތަކުން ބަލި މީހުން ގެންނަން ބޭނުން ކުރި އިންޑިއާގެ ހެލިކޮޕްޓަރުތަކުގެ މަތިން ހަނދާން ނެތުނީތޯއެވެ. އޭރު މަޖިލީހުގައި އިންނަވާ މެންބަރުގެ އާއިލާ މީހަކު ކިނބިއްސެއް އަޅާލިޔަސް އެއްކަލަ ހެލިކޮޕްޓަރުގައި ގޮސް އެމީހަކު އަވަހަށް މާލެ ގެންނަ ހަނދާން ވެސް ނެތުނީތޯއެވެ.

ދެންވެސް ހަމަ އަޑުން އަޑު ނަގާފަ ގޮވަންވީ އިންޑިއާ މިލިޓަރީ އައުޓުތޯއެވެ. އެކަމަކުވާ ހަމަ ސާބަހެވެ. މިހުރިހާ ކަމެއް ދިވެހި ރައްޔިތުންނަށްޓަކައި އިންޑިއާ ސަރުކާރުން ހެޔޮ އެދިގެން ކޮށްދޭއިރު ވެސް ހަމަ ތިޔަ ނޫން އެއްޗެއް ގޮވެން ނެތީތޯއެވެ. އިންޑިއާ އައުޓު ވާނެ އިރެއް ބުނެދޭން ނޭނގޭނަމަ ޔާމީނު އައުޓު ވާނެ އިރެއް ބުނެދެއްވަންވީ ނޫންތޯއެވެ.

ބުނަން ހެއްޔެވެ. ތިޔަ ދައްކާ ވާހަކަ ރައްޔިތުންނަށް ވަރަށް ސާފުކޮށް ފަހުމް ވެއްޖެއެވެ. އެބުނާ ޖަމީލަކާ ވަހީދެއް ގޮވައިގެން ތިޔަ ޖަހާ ސަކަރާތް ރައްޔިތުންނަށް ފެނި ބާވެއްޖެއެވެ. ތިޔަ އުޅުއްވަނީ ކުރިން ކުޅުނު ފިލްމު އަނެއްކާވެސް ކުޅުއްވަން ދެއްތޯއެވެ. އެހެންވީމަ ރައްޔިތުން ތިޔަ ފިލްމަށް ދޭނެ ނަމަކަށްވާނީ "ބަގާވާތް 2" އެހެން ނޫންތޯއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ޖުލައި 2017

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!
14 ޖޫން 2017

ރައީސް މައުމޫން ހައްޔަރުކުރަން މި ސަރުކާރަށް ކެރިދާނެތަ؟

14 ޖޫން 2017
ރައީސް މައުމޫން ހައްޔަރުކުރަން މި ސަރުކާރަށް ކެރިދާނެތަ؟
10 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

10 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!
07 މެއި 2017

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

07 މެއި 2017
ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!
07 މެއި 2017

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!
01 މެއި 2017

މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

01 މެއި 2017
މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް
09 މާރިޗު 2017

އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!

09 މާރިޗު 2017
އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!
02 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް