Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެޗްއީއޯސީގައި އެމްއެންޔޫއެސްޔޫގެ ބައިވެރިވުން

ގައުމީ ހިދުމަތުގައި އެމްއެންޔޫއެސްޔޫ އިން ތަފާތު ދައްކަނީ

އެމްއެންޔޫއެސްޔޫގެ މެމްބަރުން އަންނަނީ އެޗްއީއޯސީގެ މަސައްކަތްތަކުގައި ވަރުބަލިކަމެއްނެތި ހަރަކާތްތެރިވަމުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2020 | ހޯމަ 07:10
އެޗްއީއޯސީ ލީގަލް ޓީމުގައި އެމްއެންޔޫއެސްޔޫގެ މެމްބަރަކު ހަރަކާތްތެރިވަނީ

އެޗްއީއޯސީ ލީގަލް ޓީމުގައި އެމްއެންޔޫއެސްޔޫގެ މެމްބަރަކު ހަރަކާތްތެރިވަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އަކީ އަބަދުވެސް ގައުމީ ހިދުމަތުގައި ތަފާތު ދައްކަމުން އަންނަ މަދަނީ ޖަމިއްޔާއެކެވެ. 2012 ވަނަ އަހަރު އެމްއެންޔޫއެސްޔޫ އުފެދުނީއްސުރެ މިއަދާއި ހަމައަށް އެމްއެންޔޫއެސްޔޫއިން އަންނަނީ ގައުމީ ތަފާތު އެކިއެކި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

ކޮވިޑް-19ގެ ޕެންޑަމިކާއިއެކު އެމްއެންޔޫއެސްޔޫގެ ހަރަކާތްތައް މިވަގުތު ހުއްޓުމަކަށް އައިސްފައިވީ ނަމަވެސް އެމްއެންޔޫއެސްޔޫގެ މެމްބަރުން އަންނަނީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ މަސައްކަތްތަކުގައި ވަރުބަލިކަމެއްނެތި ހަރަކާތްތެރިވަމުންނެވެ.

ފުރާނަ އަތްމައްޗަށް ލައިގެން ޖެހިލުމެއްނެތި ފްރޮންޓް ލައިނުން އެމްއެންޔޫއެސްޔޫގެ މެމްބަރުން ފެންނައިރު އެޗްއީއޯސީގެ މައި މަރުކަޒުގެ ސެކިއުރިޓީއިން ފެށިގެން އެޑްމިންގެ މަސައްކަތްތަކުގައި ވެސް އެމްއެންޔޫއެސްޔޫގެ ދަރިވަރުން (މެންބަރުން) އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޔޫއެސްޔޫގެ ރައީސް އަލީ ޝަމްޢޫން ވިދާޅުވީ ކޮވިޑްގެ ކަންކަން އެންމެ ފުރަތަމަ ފެށުނީއްސުރެވެސް ޔޫނިއަންގެ ފަރާތުން ކުދިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އަދި މީގެ ތެރެއިން ފްރޮންޓްލައިންގައި ހަރަކާތްތެރިވަމުން އަންނަ ކުދިންނަކީ އާއިލާ އާއި ދުރުގައި ގައުމީ މަސައްކަތުގައި ގައުމީ ވާޖިބު އަދާ ކުރަމުން އަންނަ ކުދިން ކަމަށެވެ.

ޝަމްޢޫން އިތުރަށް ވިދާޅުވީ އުންމީދަކީ މި ހަރަކާތްތަކުން ޔޫނިއަންގެ މެމްބަރުން ލީޑަރޝިޕްގެ އިތުރު ކަންކަން ދަސްކުރުން ކަމަށާއި، އަދި ގައުމީ ހަރަކާތްތަކުގައި އެމްއެންޔޫއެސްޔޫގެ އިސްވާރުން އަބަދުވެސް ފެނުން ކަމަށެވެ. އަދޮ ފެންނާނެ ކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށެވެ. މީގެ އިތުރުން ޝަމްއޫން ވަނީ މި ފުރުސަތު އެމްއެންޔޫއެސްޔޫ އަށް ހޯއްދަވައިދެއްވީތީ އެމްއެންޔޫއެސްޔޫގެ އެޑަވައިޒަރީ ބޯޑު މެމްބަރު އަދި ހޯމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަރުޝަދު އަޝްރަފަށް ޝުކުރު އަދާކޮށްފަ އެވެ.

ރާއްޖެ އެމްވީއަށް ދިން އިންޓަރވިއުއެއްގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ މުހައްމަދު ޝަރީފް ވިދާޅުވީ އެމްއެންޔޫގެ ދަރިވަރުން ޓާސްކް ފޯސްގައި ކުރަމުން ގެންދާ މަސައްކަތާއި މެދު އެމްއެންޔޫގެ މެނޭޖްމަންޓުން ފަހުރުވެރިވާ ކަމަށާއި، އެ ދަރިވަރުން ކުރަމުން ގެންދާ މަސައްކަތަކީ ގައުމީ ހިދުމަތެއް ކަމަށެވެ. ޝަރީފް އިތުރަށް ވިދާޅުވީ އެ ދަރިވަރުން ގައުމީ ހިދުމަތުގައި އުޅޭތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު މި ހުރިހާ ދަރިވަރުންނަކީ ވެސް ކިޔަވަމުން ޓާސްކް ފޯސްއަށް ދޭން ޖެހޭ ވަގުތުދޭ ދަރިވަރުން ކަމަށެވެ.

ހެލްތް އެމަރޖެންސީ އޮޕަރޭޓިންގް ސެންޓަރގެ ހެޑް އޮފް އޮޕަރޭޝަން އިބްރާހީމް އަޝްރަފް ވިދާޅުވީ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް އެޗްއީއޯސީއަށް ލިބެމުންދާ ކަމަށާއި، ޔުނިވަރސިޓީގައި ކިޔަވާ ކުދިންގެ ތެރޭގައި އެބޭފުޅުން ބޭނުންވާ ޓެކްނީޝަން ދާއިރާގެ ގިނަ އަދަދެއްގެ ކުދިން ހިމެނޭ ކަމަށާއި، އެގޮތުން ނާސިންގގެ ދަރިވަރުންނާއި، ލެބް ޓެކްނީޝަން ކިޔަވަމުން އަންނަ ދަރިވަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަ ކޮށްލެވޭ ކަމަށެވެ.

ގައުމީ ހަރަކާތްތަކުގައި އެމްއެންޔޫއެސްޔޫގެ އިސްވާރުން ތަފާތު ދައްކަމުން އަންނައިރު، މީގެ ކުރިން އެމްއެންޔޫގެ ދަރިވަރުން ވަނީ 2015 ން ފެށިގެން ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ ޙަރަކާތްތައް އިންތިޒާމު ކުރުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒާ ގުޅިގެން މަސައްކަތްކޮށްފައެވެ. މީގެ އިތުރުން، 2019 ވަނަ އަހަރު ހޯމް މިނިސްޓްރީ އާއި ގުޅިގެން ބައިނަލްއަޤްވާމީ އަހިންސާ ދުވަސް (ނޮން ވަޔަލަންސް ޑޭ) ފާހަގަކުރުމަށް ކޮލެޖް/ޔުނިވަރސިޓީތަކަށް ހުޅުވާލައިގެން ބޭއްވުނު ވާހަކަދެއްކުމުގެ މުބާރާތާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޔޫތު ލީޑަރސް ނެޓްވޯކުގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިލްސިލާގޮތެއްގައި ބާއްވަމުން އަންނަ ފޯރަމްތައް އިންތިޒާމުކުރުމުގައި ބައިވެރިވުމާއި، ރަފީ އެންޖީއޯ، ޔޫއެންޑީޕީ މޯލްޑިވްސް ފަދަ ޖަމިއްޔާތަކާއެކު ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. ހަމަ މިއާއެކު މިއަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ޔޫތު ކައުންސިލް (އެމްވައިސީ)އާއި ގުޅިގެން ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޕެނަލް ޑިސްކަޝަން އިންތިޒާމު ކުރުމުގައިވެސް އެމްއެންޔޫއެސްޔޫ ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް

19 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017
އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017
 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު