Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނަސްރު 58 މެރެތަން ޖެހުން

ނަސްރުގެ 58 ވަނަ މެރެތަން ވާޗުއަލްކޮށް

13 ސެޕްޓެމްބަރު 2020 | އާދީއްތަ 10:49

ނަސްރުގެ 58 ވަނަ މެރެތަން ފުރިހަމަކުރީ ހުޅުމާލޭގައި ހުކުރު ދުވަހު ބޭއްވި މިޒުނޯ އެކިޑެން ސިންގަޕޯ ވާޗުއަލް ދުވުމުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 10:49
އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާގެ ޝަރަފު އޮތް ނަސްރުﷲ އަޙްމަދު

އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާގެ ޝަރަފު އޮތް ނަސްރުﷲ އަޙްމަދު

އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާގެ ޝަރަފު އޮތް އެމްއެންޑީއެފްގެ ނަސްރުﷲ އަޙްމަދު އޭނާގެ 58 ވަނަ މެރެތަން ފުރިހަމަކޮށްފިއެވެ.

ނަސްރު އޭނާގެ 58 ވަނަ މެރެތަން ފުރިހަމަކުރީ ހުޅުމާލޭގައި ހުކުރު ދުވަހު ބޭއްވި މިޒުނޯ އެކިޑެން ސިންގަޕޯ ވާޗުއަލް ދުވުމުގައެވެ. މި ދުވުން ވާޗުއަލްކޮށް ބޭއްވީ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ދަތުރުކުރެވެން ނެތުމުންނެވެ. މެރެތަން ރަނާސް ކުލަބުން ރާއްޖޭގައި ބޭއްވި މި އިވެންޓް އިންތިޒާމުކޮށްފައިވަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެހީއާއެކުއެވެ. ރޫޓް އެޕްރޫވްކޮށް ޓެކްނިކަލް ކަންކަން ބެލެހެއްޓީ އެސޯސިއޭޝަނުންނެވެ.

ނަސްރު މި މެރެތަން ފުރިހަމަކުރީ 3 ގަޑި 39 މިނެޓުންނެވެ. މިއީ މި އަހަރުގެ ފެބްރުއަރީ މަހު ނިއު ދިއްލީ މެރެތަންގައި ދުވި ފަހުން ނަސްރު ޖެހި ފުރަތަމަ މެރެތަނެވެ.

މިދިޔަ ހުކުރު ދުވަހު ނަސްރު އޭނާގެ 58 ވަނަ މެރަތަން ފުރިހަމަކުރިއިރު، އޭނާ 50 މެރެތަން ހަމަކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެއީ ބެންގަލޫރު އިންޓަނޭޝަނަލް މެރެތަންގައި ދުވެގެންނެވެ.

މިއަހަރުގެ ތެރޭގައި އިތުރު 18 މެރެތަން ޖެހުމަށް ނަސްރު މީގެ ކުރިން އަމާޒުހިފި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އެކަން ދެން ކާމިޔާބެއް ނުވާނެއެވެ. ނަސްރު ވަނީ މިދިޔަ އަހަރު އެކަނިވެސް 13 މެރެތަން ދުވެފައެވެ.

ސިފައިންގެ ސްޓާފް ސާޖަންޓް، ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅުއެވެ. އަދި އޭގެ ފަހުން 2008 ގައި އޮތް އެމްޓީސީސީ މެރަތަން ރޭސް 4 ގަޑިއިރަށް ވުރެ އަވަހަށް ނިންމުމުން، ދިގު ރާސްތާ ދުވުންތަކުގައި އޭނާ ފާހަގަކޮށްލެވުނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2024

ރޮނާލްޑޯ އަށް އަނިޔާވެ، އަލް ނަސްރުގެ ދެ މެޗު ފަސްކޮށްފި

24 ޖެނުއަރީ 2024
ރޮނާލްޑޯ އަށް އަނިޔާވެ، އަލް ނަސްރުގެ ދެ މެޗު ފަސްކޮށްފި
01 ޖުލައި 2023

ކާސްޓްރޯ ބޮޓަފޯގޯ ދޫކޮށް އަލް ނަސްރުގެ ކޯޗަކަށް

01 ޖުލައި 2023
ކާސްޓްރޯ ބޮޓަފޯގޯ ދޫކޮށް އަލް ނަސްރުގެ ކޯޗަކަށް
17 ޖޫން 2023

ނަޕޯލީގެ ކޯޗަކަށް އަލް ނަސްރުގެ ގާސިއާ ހަމަޖައްސައިފި

17 ޖޫން 2023
ނަޕޯލީގެ ކޯޗަކަށް އަލް ނަސްރުގެ ގާސިއާ ހަމަޖައްސައިފި
02 ޖެނުއަރީ 2023

އަލް ނަސްރުގެ ކޯޗު ގާސިއާ އެންމެ ފުރަތަމަ ގެންނަން ބޭނުންވީ މެސީ

02 ޖެނުއަރީ 2023
އަލް ނަސްރުގެ ކޯޗު ގާސިއާ އެންމެ ފުރަތަމަ ގެންނަން ބޭނުންވީ މެސީ
17 ޑިސެމްބަރު 2020

ނަޞްރުގެ 60 ވަނަ މެރެތަންގެ މެޑެއްޔާއި ޖާޒީ ރައީސް ޞާލިޙަށް

17 ޑިސެމްބަރު 2020
ނަޞްރުގެ 60 ވަނަ މެރެތަންގެ މެޑެއްޔާއި ޖާޒީ ރައީސް ޞާލިޙަށް
25 އޮކްޓޯބަރު 2020

ނަސްރު 60 މެރެތަން ހަމަކޮށްފި

25 އޮކްޓޯބަރު 2020
ނަސްރު 60 މެރެތަން ހަމަކޮށްފި
27 ޖޫން 2019

މޯލްޑިވްސް ފުވައްމުލަށް މެރެތަން 2019: ބައިވެރިވާން ފުރުސަތު ހުޅުވާލައިފި

27 ޖޫން 2019
މޯލްޑިވްސް ފުވައްމުލަށް މެރެތަން 2019: ބައިވެރިވާން ފުރުސަތު ހުޅުވާލައިފި
17 ޖެނުއަރީ 2019

މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަން އަންނަ މަހު، ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

17 ޖެނުއަރީ 2019
މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަން އަންނަ މަހު، ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
06 މާރިޗު 2017

ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި

06 މާރިޗު 2017
ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް