Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިދިކޮޅު މުޒާހަރާ

މުޒާހަރާ ކުރި ސަބަބު އޮޅުން ބޮޅުންވެ، ރައީސް ވަހީދުގެ ބަސްމަގު ގައުމު ބަދުނާމުކުރުމާ ދިމާލަށް

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ވެސް އިދިކޮޅުން މުޒާހަރާ ކުރަނީ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2020 | އާދީއްތަ 05:12
ހޮނިހިރު ދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން

ހޮނިހިރު ދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން، ނުވަތަ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ މި އަހަރުގެ މި ހިސާބަށް އައި އިރު، ގިނަ މުޒާހަރާތަކެއް އެކި ސިފަ ސިފައިގައި ކޮށްފައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ވެސް މިވެރިން މުޒާހަރާތައް ކުރާ މިންވަރު އިތުރު ވެގެން ދިޔައެވެ.

ފުރަތަމަ ފެށީ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައެވެ. ރައީސް ޔާމީން މިނިވަން ކުރުމުން ކޮވިޑް-19 އަށް ފަރުވާ ލިބިގެންދާނެއޭ ހީވި ކަހަލައެވެ. މާލޭގެ މަގުތަކުގައި މުޒާހަރާ ކުރެވުނު މިންވަރާ މެދު ހިތްހަމަނުޖެހިގެން ކަނޑުމަތީ ވެސް އެ މުޒާހަރާތައް ކުރިއެވެ.

ދެން މާގިނަ ދުވަސްތަކެއް ނުވެ ފެނުނީ މުޒާހަރާތައް ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މުޒާހަރާތަކަކަށް ބަދަލުވެގެން ދިޔަ ތަނެވެ. ކިތަންމެ ވަރަކަށް މާލެ ތެރޭގައި ބަލި ފެތުރުނަސް، އަދި ކިތަންމެ ބަޔަކަށް މި ބަލި ޖެހި ފަރުވާދޭން ޖެހުނަސް، ބައްޔާ ބައްޔޭ ކިޔައި ތިމަންނަމެންނަށް މުހިންމީ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލާ އެކަންތައް ހުއްޓުވުން ކަމަށް އިދިކޮޅުން ގޮވަމުން ދިޔައެވެ.

މި މުޒާހަރާތަކަށް އިދިކޮޅުން ހިތްހަމަ ޖެހޭ ކަހަލަ ނަތީޖާއެއް ނުނެރެވުނީ ތޯއެއްޗެކެވެ. ސަރުކާރުގެ ކޮރަޕްޝަނާއި ދެކޮޅަށް ކުރަން ފެށި މުޒާހަރާތައް ބަދަލުވެގެން ދިޔައީ 'އައުޓް އައުޓް' ގެ މުޒާހަރާތަކަށެވެ. ފުރަތަމަ ގޮވަން ފެށީ އިންޑިއާ އައުޓްއެވެ. ދެން ގޮވަން ފެށީ އިންޑިއާ މިލިޓަރީ އައުޓް އެވެ.

މިގޮތަށް މި މުޒާހަރާތައް މާގިނަ ދުވަހަކު ގެންދެވުނު ތަނެއް ނުފެނުނެވެ. ނަމުގަ ގައުމުގެ ޒުވާނުން ނުކުމެ ފެށި އެއްވުމެކެވެ. އިދިކޮޅު ކޯލިޝަނަކަށް މިފަދަ އެއްވުމެއް ހިނގާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވެއޭ ބުނާތީ އަޑު އެހީމެއެވެ. ރޭކާ ލީވެސް ފުލުސް އޮފީހަށް ހާޒިރު ކުރުމުން ކަމަށް ބުނެއެވެ.

އެހެން ނަމަވެސް މިއީ ދިވެހި ޒުވާނުން މިނިވަންކަމާ ދެކޮޅަށް ކުރާ މުޒާހަރާއެކޭ، މި މުޒާހަރާގައި ހައްޔަރު ކުރާ ހުރިހާ ފަރާތްތަކަށް ވެސް ޕްރޮގްރެސިވް ކޯލިޝަންގެ ލޯޔަރުންގެ ޓީމުން ރައްކާތެރިކަން ދޭނަމޭ އިދިކޮޅުން ބުންޏެވެ. ބައި ގަޑި އިރު ތެރޭގައި އަނެއްކާ ވެސް މުޒާހަރާ ކުރާ ސަބަބު ބަދަލުވިއެވެ.

މިފަހަރު ނަސީބަކުން މުޒާހަރާ ބަދަލުވެގެން ދިޔައީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ކުރާ މުޒާހަރާއަކަށެވެ.

މުޒާހަރާ ނިމި، 41ށް ޒުވާނުން ހައްޔަރު ކުރެވިގެން ދިޔައިރު، ބޮޑު ބަލިމަޑު ކަމެއްގެ ތެރެއަށް މާލޭގެ އެތައް ޒުވާންނެއް ނެރުމަށްފަހު، އިސްވެރިން ތިބީ ފްރޮންޓްލައިނުން ނެއްޓި ޕޭމަންޓު މަތީގައި ކަން ހިނގަމުންދާ ގޮތް ބަލާށެވެ.

އެންމެ ފަހުން އެކަމުން ދިފާއުވާން ތިބެގެން ޓްވީޓުތައް ކުރަނީއެވެ. ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަނީއޭ، އެކަން ކުއްވެރި ކުރަމޭ، މިއީ ބަލައިގަނެވޭނެ ކަމެއް ނޫނޭ ކިޔަމުންނެވެ.

މި ހާލަތުގައި ވެސް ކުރީގެ ރައީސް ވަހީދަށް ކުށްވެރި ކުރެވުނީ ސަރުކާރެވެ. ޒުވާނުން މަގުތަކަށް ނުކުތީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވައްކަން ކުރާތީ އެކަމާ ދެކޮޅު ވެގެން ޒުވާނުން ކުރި މުޒާހާރާއެއް ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި އެކަން ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް ގެނައުމަށް ވެސް ވަހީދު ޓްވީޓުގައި ވިދާޅުވިއެވެ.

ރައީސް ވަހީދުގެ ޓްވީޓަށް މީހަކު ކުރި ކޮމެންޓެއްގައިވެއެވެ. "ރައީސް ވަހީދު އެވެ. ތިޔަ ކުރެއްވީ މުޑުދާރު އަމަލެކެވެ. ގައުމުގެ އަގު ވައްޓާލާ ގައުމަށް ނިކަމެތިކަން ލެބޭނެ އަމަލެކެވެ. ގައުމަށް ޖެއްސި ހާލު ކުޑައީ އެއްވެސް ނޫނެވެ."

މުޒާހަރާ ކުރެވުނީ، އިންޑިއާ އައުޓް ކުރަންތޯ، ރާއްޖޭގެ މިނިވަންކަމާއި ދެކޮޅަށްތޯ، މިނިވަންކަމާ އިދިކޮޅަށްތޯ ނޫނީ މިނިވަންކަން ދިފާއު ކުރުމަށްތޯ، މިއީ ހަމަ އެއްގޮތަކަށް ވެސް ނޭނގުނު ކަމެކެވެ. ހުދު އިދިކޮޅު ކޯލިޝަނަށް ވެސް މިކަން ނޭނގި މިހާރު މިއޮތީ އޮޅުން ސުވާއްޔަކަށްވެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު