Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް ކޭސްތައް

ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 9000ށް

12 ސެޕްޓެމްބަރު 2020 | ހޮނިހިރު 17:43

ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 62 މީހުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 17:43
ކޮވިޑް-19ށް ޕޮޒިޓިްވާ މީހުން އުފުލުމުގައި އާރުއާރުޓީން ހަރަކާތްތެރިވަނީ

ކޮވިޑް-19ށް ޕޮޒިޓިްވާ މީހުން އުފުލުމުގައި އާރުއާރުޓީން ހަރަކާތްތެރިވަނީ

ކޮވިޑް-19 ފެތުރެން ފެށި ފަހުން ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9000ށް ވުރެ އިތުރު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތު ދައްކާ ގޮތުން އަދީއްތަ ދުވަހުގެ އިރުއޮއްސި 6:00ން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ޕޮޒިޓިވްވީ 62 މީހުންނެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 51 އެވެ. އަތޮޅު ތެރެއިން 11 މީހަކު ވަނީ މި މުއްދަތުގައި ޕޮޒިޓިވްވެފައެވެ. ހޮނިހިރު ދުވަހު ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 44އެވެ. އަދި ބިދޭސީންގެ އަދަަދަކީ 18 އެވެ.

Advertisement - newsAdvertisement

އެޗްޕީއޭ އިން ބުނީ ހޮނިހިރު ދުވަހު ޕޮޒިޓިވްވި 62 މީހުންނާއެކު ރާއްޖޭގައި ޕޮޒިޓިވްވި ޖުމަލް އަދަދު 9052ށް އަރާފައިވާ ކަމަށެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވެސް ވަނީ އިތުރުވެ 7055ށް އަރާފައެވެ. ހޮނިހިރު ދުވަހު މި ބަލިން 209 މީހަކު ވަނީ ރަނގަޅުވެފައެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 1960އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވެސް ދަށްވެފައެވެ. އެގޮތުން ހޮނިހިރު ދުވަހާ ހަމައަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 116 މީހުންނަށެވެ.

އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ޑީއެޗް 11 ގައި ވެންޓިލޭޓަރުގައި 2 މީހަކަށް ފަރުވާ ދެމުން އަންނަ އިރު 66 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ. އަތޮޅު ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން 2 ފެސިލިޓީއެއްގައި 5 މީހަކަށް ފަރުވާ ދެމުން އަންނަ އިރު ބާކީ ތިބި މީހުންނަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ.

31 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އައޮސޮލޭޝަން ފެސިލިޓީގައި ތިބި މީހުންގެ އަދަދު 908ށް ދަށްވެފައިވާ އިރު، ރާއްޖޭގައި ޓެސްޓް ކުރެވުނު މިންވަރު ވަނީ 129،055ށް އަރާފައެވެ.

މިހާތަނަށް ރާއްޖޭގެ 30 ރަށަކުން 113 ކޭސް ފެނިފައިވާ އިރު، މިވަގުތު އެކްޓިވް ކޭސް ފެނިފައިވަނީ 28 ރަށަކުންނެވެ. އެގޮތުން 28 ރަށުގައި 109 އެކްޓިވް ކޭސް އުޅޭ އިރު، މީގެ ތެރޭގައި ހިމެނެނީ 90 ދިވެހިންނާއި 18 ބިދޭސީންނެވެ. މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ ގދ. މަޑަވެލި އަދި ހޯނޑެއްދޫއެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް