Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގެސްޓްހައުސް

ބިލްތައް ނުދެއްކިދާނެ ކަމުގެ ބިރު އަދިވެސް ގެސްޓްހައުސްތަކަށް އެބައޮތް

12 ސެޕްޓެމްބަރު 2020 | ހޮނިހިރު 17:00

އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވާލި ނަމަވެސް މާ ބޮޑު އާމްދަނީއެއް ނުލިބޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 17:00
ރާއްޖޭގެ ގެސްޓްހައުސްއެއް

ރާއްޖޭގެ ގެސްޓްހައުސްއެއް

ބިލްތައް ނުދެއްކިދާނެ ކަމުގެ ބިރު އަދިވެސް ގެސްޓްހައުސްތަކަށް އެބައޮތް ކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނެފިއެވެ.

ގެސްޓްހައުސްތަކަށް ދިމާވެފައިވާ ކަންކަމާ ގުޅޭ ގޮތުން ގޭމް އިން ކުރިއަށް ގެންދިޔަ ސަރވޭގައި ބައިވެރިވި ގެސްޓްހައުސްތަކުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ކަރަންޓް އަދި ފެން ބިލް ނުދެއްކިދާނެ ކަމުގެ ބިރެވެ. މި ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމަށް ޓޫރިޒަމް މިނިސްޓްރީ އިން ސްޓެލްކޯ، ފެނަކަ އަދި އެމްޑަބްލިޔުއެސް އަދި ގޭމް އާއެކު މަޝްވަރާތައް ކުރުމަށް ފަހު ނޮވެމްބަރު މަހުގެ ފަހުން ބިލްތައް ދެއްކުމަށް އެއްބަސްވުމަކަށް ވަނީ އާދެވިފައެވެ.

އެހެން ނަމަވެސް އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވާލި ނަމަވެސް މާ ބޮޑު އާމްދަނީއެއް ނުލިބޭނެ ކަމަށާއި މި އަހަރުގެ ނިޔަލަށް ބިލްތައް ދެއްކުމުގައި ލުޔެއް ބޭނުންވާ ކަމަށް ގޭމް އިން ވަނީ ފާހަގަކޮށްފައެވެ.

ގޭމް އިން ބުނީ އަންނަ މަހު ހާލަތު ތަންދޭ ގޮތަށް ބަލައި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފައި ވީނަމަވެސް އެ ތާރީހުގައި ގެސްޓްހައުސްތައް ހުޅުވޭނެ ކަމުގެ ޔަގީންކަން އަދިވެސް ނެތް ކަމަށެވެ. އަދި މި ސިނާއަތުގެ ގޮތުން ގެސްޓްހައުސްތައް ހުޅުވާލާއިރު، މާކެންޓިންގ އަދި ބުކިންގެ ކަންކަމަށް ވެސް ވަގުތު ބޭނުންވާނެކަން ފާހަގަކޮށް ގޭމް އިން ވަނީ މިގޮތަށް ހުޅުވޭނެ ކަމުގެ އުންމީދު ނެތް އިރު، ހެއްދޭ ބުކިންތައް އަލުން ކެންސަލް ކުރަން ޖެހުމުން އެޖެންޓުގެ މެދުގައި އަދި ފަތުރުވެރިންގެ މެދުގައި ވެސް ގެސްޓްހައުސްތަކާއި މެދު އޮންނަ އިތުބާރު ގެއްލޭކަމަށް ބުނެފައެވެ.

އެހެން ކަމުން އިންޑަސްޓްރީ އަލުން ފަށައި ގަންނަން މަސައްކަތް ކުރާ އިރު، އެ ޔަގީންކަން ބޭނުންވާ ކަމަށާއި، ކޮންމެ ފަހަރަކު ވެސް ހުޅުވެން ހަފްތާ އަކަށް ވުމުން، ގެސްޓްހައުސްތައް ހުޅުވުން ލަސްކުރި ކަމަށް ބުނުމުން ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

މީގެ އިތުރުން، މިހާރު ހަމަޖެހިފައިވާ ގޮތުން، ކައުންސިލްތަކުން ގިނަ ކަންތައްތަކެއް ފުރިހަމަ ކުރުމަށް ފަހު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ރަށްރަށުގެ ގެސްޓްހައުސްތަކަށް ދޭ އިރު، ބައެއް ކައުންސިލް ތަކަށް އެހާބޮޑު އެހީ ނުދެވޭނެ ކަމަ ށްވެސް ގޭމް އިން ވަނީ ފާހަގަކޮށްފައެވެ. މިގޮތަށް ބައެއް ކައުންސިލްތަކު ންވެސް ބުނެފައިވާ ކަމަށް ގޭމް އިން ބުނެއެވެ.

ގޭމް އިން އިތުރަށް ބުނީ މިހާލަތުގައި ގެސްޓްހައުސްތައް ހުޅުވާލާއިރު، ރަށްރަށުގެ ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތައް އެބަ ހުރި ކަމަށާއި ހާއްސަކޮށް ކުދި އާބާދީ އޮންނަ ރަށްރަށުގައި މި ކަންބޮޑުވުންތައް އިތުރު ކަމަށެވެ. އެގޮތުން، ރަށްރަށުގައި އެކަށީގެންވާ ސިއްހީ ނިޒާމު ނެތުމުން ވެސް މި ކަންބޮޑުވުންތައް އިތުރުވެގެންދާ ކަމަށެވެ.

ގެސްޓްހައުސްތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ކުޑަ ކުރުމަށް ގޭމް އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގެސްޓްހައުސްތަކުން ނަގާފައިވާ ލޯނުތަކަށް އިތުރު ލުއިތައް ހޯދުމުގެ މަސައްކަތް ވެސް އެ އެސޯސިއޭޝަނުން އަންނަނީ ކުރަމުންނެވެ.

އަދި ދިމާވެފައިވާ މައްސަލަތަކަށް މިނިސްޓްރީ އާއި އެކު ހައްލު ހޯދުމުގެ ގޮތުން އާދިއްތަ ދުވަހު ޓޫރިޒަމް މިނިސްޓަރި ޑރ. އަބްދުﷲ މައުސޫމާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ގޭމް އިން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރަތަށް!

19 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރަތަށް!
29 ޖެނުއަރީ 2018

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

29 ޖެނުއަރީ 2018
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި
08 ޖެނުއަރީ 2018

މި އަހަރު އެކި ފެއަރތަކުގައި ބައިވެރިވާ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެމްއެމްޕީއާރްސީ އިން ބައްދަލުކޮށްފި

08 ޖެނުއަރީ 2018
މި އަހަރު އެކި ފެއަރތަކުގައި ބައިވެރިވާ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެމްއެމްޕީއާރްސީ އިން ބައްދަލުކޮށްފި
25 ނޮވެމްބަރު 2017

ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!

25 ނޮވެމްބަރު 2017
ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!
12 އޯގަސްޓު 2017

އާރުއޯއެލް ގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

12 އޯގަސްޓު 2017
އާރުއޯއެލް ގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި
12 ޖުލައި 2017

ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިތަށް އިޝްތިހާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް: ވިޔަފާރިވެރިން

12 ޖުލައި 2017
ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިތަށް އިޝްތިހާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް: ވިޔަފާރިވެރިން
29 މެއި 2017

ލަންކާގެ އިތުރު ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ހިނގައިދާނެކަމުގެ އިންޒާރުދީފި

29 މެއި 2017
ލަންކާގެ އިތުރު ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ހިނގައިދާނެކަމުގެ އިންޒާރުދީފި
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް