Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްލޮރެންޒީ ޕީއެސްޖީއާ ގުޅުން

ރޯމާގެ ފްލޮރެންޒީ ލޯނު އުސޫލުން ޕީއެސްޖީއަށް

11 ސެޕްޓެމްބަރު 2020 | ހުކުރު 17:44

ފްލޮރެންޒީ ޕީއެސްޖީއާ ގުޅުނީ ލޯނު އުސޫލުން މި ސީޒަނުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 ސެޕްޓެމްބަރު 2020 | ހުކުރު 17:44
ރޯމާއަށް ކުޅެމުން އަންނަ އިޓަލީގެ ޑިފެންޑަރު އަލެސަންދްރޯ ފްލޮރެންޒީ

ރޯމާއަށް ކުޅެމުން އަންނަ އިޓަލީގެ ޑިފެންޑަރު އަލެސަންދްރޯ ފްލޮރެންޒީ

ރޯމާއަށް ކުޅެމުން އަންނަ އިޓަލީގެ ޑިފެންޑަރު އަލެސަންދްރޯ ފްލޮރެންޒީ ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއާ ގުޅިއްޖެއެވެ.

އުމުރުން 29 އަހަރުގެ ފްލޮރެންޒީ ޕީއެސްޖީއާ ގުޅުނީ ލޯނު އުސޫލުން މި ސީޒަނުގެ ނިޔަލަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޕީއެސްޖީން ބޭނުންވެއްޖެ ނަމަ، ލޯނު އެއްބަސްވުން ހަމަވުމާއެކު ފްލޮރެންޒީގެ އެއްބަސްވުން ދާއިމީ ކުރެވޭނެއެވެ.

ޕީއެސްޖީއަށް ބަދަލުވުމަށްފަހު އެޓީމުގެ އޮފިޝަލް ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ފްލޮރެންޒީ ބުނީ ޕީއެސްޖީގެ ކުޅުންތެރިއަކަށް ވެވުމުން ފަޚުރުވެރިވާ ކަމަށާއި، ޕީއެސްޖީއަކީ ޔޫރަޕްގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ކުލަބު ކަމަށެވެ. އަދި ޕީއެސްޖީގައި އޭނާގެ އެންމެ ފުރިހަމަ ކުޅުން ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށާއި، ބޭނުމަކީ ޕީއެސްޖީއާއެކު ގިނަ ކާމިޔާބީތަކެއް މި ސީޒަނުގައި ހޯދުން ކަމަށްވެސް ބުންޏެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ފްލޮރެންޒީ ޕީއެސްޖީއާ ގުޅުނުއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގެ ފަހު ހާފުގައި ލޯނު އުސޫލުން ވެލެންސިއާއަށްވެސް ކުޅެފައެވެ. އެގޮތުން ޖެނުއަރީ މަހު ވެލެންސިއާއާ ގުޅުނު ފްލޮރެންޒީ ވަނީ އެޓީމަށް 14 މެޗު ކުޅެދީފައެވެ.

ރޯމާގެ ޔޫތު ޓީމަށްވެސް ކުޅުނު ފްލޮރެންޒީ އޭނާގެ ސީނިއާ ކެރިއަރު ރޯމާއިން ފެށީ 2011 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މިހާތަނަށް ރޯމާގައި ހޭދަކުރި ނުވަ ސީޒަނުގައި ފްލޮރެންޒީ ވަނީ އެޓީމަށް ކުޅެދިން 280 މެޗުގައި 28 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުންވެސް ޖާގަ ހޯދާފައިވާ ފްލޮރެންޒީ ވަނީ ގައުމީ ޓީމުގެ ޖާޒީގައި މިހާތަނަށް 36 މެޗު ކުޅެދީފައެވެ.

ލޯނު އުސޫލުން ފްލޮރެންޒީ ފްރެންޗް ލީގުގެ ޗެމްޕިއަނުންނާ ގުޅުނުއިރު، މި ސީޒަނުގެ ފްރެންޗް ލީގު ވަނީ މިދިޔަ މަހު ފަށާފައެވެ. އަދި ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ޕީއެސްޖީ ވަނީ އަލަށް ޕްރޮމޯޓްވި ލެންސް އަތުން 1-0 ން ބަލިވެފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2017

ޕީއެސްޖީއަށް ބަދަލުވީ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދާން: އެމްބާޕޭ

04 ސެޕްޓެމްބަރު 2017
ޕީއެސްޖީއަށް ބަދަލުވީ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދާން: އެމްބާޕޭ
04 ސެޕްޓެމްބަރު 2017

ނޭމާ ޕީއެސްޖީއަށް ބަދަލުވުމަކީ ރަނގަޅު ނިންމުމެއް: ޕެލޭ

04 ސެޕްޓެމްބަރު 2017
ނޭމާ ޕީއެސްޖީއަށް ބަދަލުވުމަކީ ރަނގަޅު ނިންމުމެއް: ޕެލޭ
03 އޯގަސްޓު 2017

ވޯލްޑް ޓްރާންސްފާ ރެކޯޑް ފީ މުގުރާލުމަށްފަހު ނޭމާ ޕީއެސްޖީއަށް ސޮއިކޮށްފި

03 އޯގަސްޓު 2017
ވޯލްޑް ޓްރާންސްފާ ރެކޯޑް ފީ މުގުރާލުމަށްފަހު ނޭމާ ޕީއެސްޖީއަށް ސޮއިކޮށްފި
02 އޯގަސްޓު 2017

ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި

02 އޯގަސްޓު 2017
ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި
12 ޖުލައި 2017

ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ

12 ޖުލައި 2017
ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ
27 ޖޫން 2017

ރޯމާގެ ލެޖެންޑް ޓޮޓީ ހޯދުމަށް ޖަޕާންގެ ޓޯކިޔޯ ވާޑީން މަސައްކަތް ފަށައިފި

27 ޖޫން 2017
ރޯމާގެ ލެޖެންޑް ޓޮޓީ ހޯދުމަށް ޖަޕާންގެ ޓޯކިޔޯ ވާޑީން މަސައްކަތް ފަށައިފި
19 ޖޫން 2017

ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ

19 ޖޫން 2017
ޕީއެސްޖީއަށް އޭނާއާއެކު ބަދަލުވުމަށް ރޮނާލްޑޯ ގާތު ޕެޕޭ އެދިއްޖެ
10 ޖޫން 2017

ރޯމާގެ ކުރީގެ ކޯޗު އިންޓަ މިލާނާ ހަވާލުވެއްޖެ

10 ޖޫން 2017
ރޯމާގެ ކުރީގެ ކޯޗު އިންޓަ މިލާނާ ހަވާލުވެއްޖެ
05 ޖޫން 2017

ސަލާހް ހޯދުމަށް ލިވަޕޫލް އިން ރޯމާއާ މަޝްވަރާ ނުކުރޭ: ރޯމާގެ ރައީސް

05 ޖޫން 2017
ސަލާހް ހޯދުމަށް ލިވަޕޫލް އިން ރޯމާއާ މަޝްވަރާ ނުކުރޭ: ރޯމާގެ ރައީސް
30 މެއި 2017

ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި

30 މެއި 2017
ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް