Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ރާއްޖޭގެ 7 ރަށަކުން ހުކުރު ދުވަހު ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވެއްޖެ

ކޭސްތައް ފެނިފައިވަނީ ހއ ދިއްދޫ އާއި އެއަތޮޅު ކެލާގެ އިތުރުން ތ ވޭމަންޑޫ އާއި، ނ މަނަދު އާއި، ޅ ނައިފަރާއި ރ ދުވާފަރުގެ އިތުރުން ގދ ހޯޑެއްދޫއިން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ސެޕްޓެމްބަރު 2020 | ހުކުރު 17:27
މާލެއިން ސާމްޕަލް ނެގުމުގެ މަސައްކަތްކުރަނީ

މާލެއިން ސާމްޕަލް ނެގުމުގެ މަސައްކަތްކުރަނީ

ހަތް ރަށަކުން ކޮވިޑް-19ގެ ކޭސްތައް ހުކުރު ދުވަހު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ، ހއ ދިއްދޫ އާއި އެއަތޮޅު ކެލާގެ އިތުރުން ތ ވޭމަންޑޫ އާއި، ނ މަނަދު އާއި، ޅ ނައިފަރާއި ރ ދުވާފަރުގެ އިތުރުން ގދ ހޯޑެއްދޫއިންނެވެ.

Advertisement - newsAdvertisement

ހއ ދިއްދޫއިން ޕޮޒިޓިވްވީ ޢުމުރުން 22 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި ކެލާއިން ޕޮޒިޓިވްވީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހުން ކޮވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލް ޕޮޒިޓިވްވުމުންނެވެ.

މީގެއިތުރުން ތ ވޭމަންޑޫއިން ވަނީ 54 އަހަރުގެ ދިވެހި އަންހެނަކު ވައިރަސް އަށް ޕޮޒިޓިވެފައެވެ. ނ މަނަދޫއިން ދިވެހި ފިރިހެނަކު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ.

ޅ. ނައިފަރުން ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނަކު ޕޮޒިޓިވްވެފައިވާއިރު ރ ދުވާފަރުން ޕޮޒިޓިވްވެފައިވަނީ 23 އަހަރުގެ އަންހެނެކެވެ. އަދި ގދ ހޯނޑެއްދޫއިން ވަނީ 18 އަހަރުގެ ފިރިހެނަކާއި އޭނާ އާ ދިމާވި ދެ މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 8990ށް ވަނީ އަރާފައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު