Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅުން ބާއްވާ ސައިކަލު ބުރު

ކޮވިޑްގެ ކޭސްތައް މަދުވަން ފެށިތާ ހަފްތާއެއް، އިދިކޮޅުން މާދަމާ މާލެތެރެ ހަލަބޮލި ކުރުމަށް ގްރޫޕްތައް ނެރެނީ

11 ސެޕްޓެމްބަރު 2020 | ހުކުރު 13:01

ފާއިތުވި ހަފްތާގައި ކޭސްތަކުގެ އަދަދު ވަނީ މަޑުމަޑުން ދަށަށް ދާން ފަށާފަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ސެޕްޓެމްބަރު 2020 | ހުކުރު 13:01
ޕްރޮގްރެސިވް ކޯލިޝަނުން އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް މާލޭގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން

ޕްރޮގްރެސިވް ކޯލިޝަނުން އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް މާލޭގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން

ސަރުކާރަށް ޕްރެޝަރ ކުރުމަށްޓަކައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހޮނިހިރު ދުވަހުގެ ހަވީރު މާލެތެރެ ހަލަބޮލި ކުރުމަށް ސައިކަލު ބުރެއް ބޭއްވުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު "ރާއްޖެއެމްވީ"އަށް ލިބިއްޖެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މާލެ ތެރެ ހަލަބޮލި ކުރުމަށް ސައިކަލު ބުރެއް ބޭއްވުމަށް ތައްޔާރު ވަމުންދާއިރު، އެކަން ރޭވުމުގެ އަޑީގައި ހުންނެވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ކުރީގެ މަޖިލިސް މެމްބަރެކެވެ. އަދި ސައިކަލު ބުރުގައި ބައިވެރިވުމަށް މާލޭގެ އެކި ސަރަޙައްދުތަކުގެ ގްރޫޕުތަކަށް ގިނަ އަދަދެއްގެ ފައިސާ ބަހަމުންދާކަމުގެ މައުލޫމާތު ވެސް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިދިކޮޅުން އަޑީގައި ތިބެގެން ރާވަމުންދާ މި އެއްވުމުގައި ސްލޯގަންއެއްގެ ގޮތުން "އިންޑިއާ އައުޓް" ބޭނުން ކުރުމަށް ބައިވެރިންނަށް އިރުޝާދު ދެމުން ގެންދަނީ ވެސް ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕްގެ އިސް ފަރާތްތަކުންނެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީގެ އިސްފަރާތްތަކުން އެފަދަ އިރުޝާދުތަކެއް ލިބުނުކަން ނަން ނުޖެހުމަށް ޝަރުތުކޮށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު ރާއްޖެއެމްވީއަށް ކިޔާދީފައި ވެއެވެ.

އަދި މިއީ ޕީޕީއެމް/ޕީއެންސީ އިން ރާވަމުންދާ ކަމެއް ނޫންކަން ދެއްކުމަށް މަސައްކަތް ކުރަނީ އިންޑިއާ އާއެކު އެ ޕާޓީތަކުން އޮންނަ ގުޅުން ރަނގަޅުކަން ދެއްކުމަށްކަން ރާއްޖެއެމްވީއަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރި، އެކަމުގެ އަސަރު ރައްޔިތުންނަށް އިންތިހާއަށް ކުރަމުންދާއިރު، މިއީ ޕެންޑެމިކް ތެރޭގައި އިދިކޮޅުން މިގޮތަށް ބާއްވާ 3 ވަނަ އެއްވުމެވެ. އެގޮތުން މީގެ ކުރިން ވެސް އިދިކޮޅުން ވަނީ މާލޭގައި ސައިކަލު ބުރު ބާއްވާފައެވެ. އެފަހަރު ވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ނާޅައި، އެޗްޕީއޭގެ ޤަވާއިދުތަކާ ޚިލާފަށް އެއްވުން ބާއްވާފައިވާތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

އޭގެ އިތުރުން، ކޮވިޑް-19 ގެ ކޭސްތައް ފެންނަމުންދާ މިންވަރު މަދު ކުރުމަށް، ފަރުދީ ޒިންމާ އަދާ ކުރުމަށް ސިއްޙީ މާހިރުން ގޮވާލަމުންދާ މި ދަނޑިވަޅުގައި ޤައުމު ހަލަބޮލި ކުރުމަށް އެއްވުންތައް ބޭއްވުމާއި، އާންމު ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް ހުށައެޅުމަށް އިދިކޮޅުން ކުރަމުންދާ މަސައްކަތް ގިނަ ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް ޕީކް އަދަދަކަށް އިތުރުވުމަށްފަހު، ފާއިތުވި ހަފްތާގައި ކޭސްތަކުގެ އަދަދު ވަނީ މަޑުމަޑުން ދަށަށް ދާން ފަށާފައެވެ. އެއާއެކު، މި ދަނޑިވަޅުގައި ޚާއްސަ ސަމާލުކަމެއްދީ އަތޮޅު ތެރެއަށް ވެސް ވައިރަސް ފެތުރިގެން ނުދާނެ ގޮތަކަށް އަމަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ވެރިކަމުގެ ދުވަސްވަރު ޕީޕީއެމް އަކީ އޭރުގެ އިދިކޮޅުން އެއްވުންތައް ބޭއްވުމަށް އިންތިހާއަށް ހުރަސް އެޅި ޕާޓީއެއްކަން ފާހަގަ ކުރެވެއެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ދިވެހިންނަށް އެއްވުމުގެ މިނިވަންކަމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ވަނީ ވަރަށް ބޮޑަށް ފުރުސަތު ހުޅުވާލެވިފައެވެ. އަދި އެކަމުގެ ނާޖާއިޒް ފައިދާ މިހާރުގެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ނަގަމުންކަން ވެސް ފާހަގަ ކުރެވެއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

10 މާރިޗު 2018

ކެންޑީ މަގުތައް އަމާންވެ، ހަފްތާއެއް ފަހުން ދިވެހިން ގޭ ބަންދުން ސަލާމަތް ވެއްޖެ

10 މާރިޗު 2018
ކެންޑީ މަގުތައް އަމާންވެ، ހަފްތާއެއް ފަހުން ދިވެހިން ގޭ ބަންދުން ސަލާމަތް ވެއްޖެ
03 ފެބުރުއަރީ 2018

ބަރާބަރު ހަފްތާއެއްގެ ތެރޭގައި ބަދަލުވެ، އިތުރުވީ ކޮން އިޖުރާޢަތެއް: ލޯޔަރު ޝަމީލް

03 ފެބުރުއަރީ 2018
ބަރާބަރު ހަފްތާއެއްގެ ތެރޭގައި ބަދަލުވެ، އިތުރުވީ ކޮން އިޖުރާޢަތެއް: ލޯޔަރު ޝަމީލް
13 ޖެނުއަރީ 2018

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

13 ޖެނުއަރީ 2018
ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
28 ޑިސެމްބަރު 2017

އެއް ދޯންޏަކުން ހަފްތާއެއްގެ ތެރޭގައި ދެ މަސްވެރިޔަކު މަރުވެއްޖެ

28 ޑިސެމްބަރު 2017
އެއް ދޯންޏަކުން ހަފްތާއެއްގެ ތެރޭގައި ދެ މަސްވެރިޔަކު މަރުވެއްޖެ
12 ޑިސެމްބަރު 2017

ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރި މައްސަލައަށް ތައްޔާރުވާން ދައުލަތަށް ހަފްތާއެއް ދީފި

12 ޑިސެމްބަރު 2017
ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރި މައްސަލައަށް ތައްޔާރުވާން ދައުލަތަށް ހަފްތާއެއް ދީފި
20 ނޮވެމްބަރު 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު 10 އަހަރަށް ޖަލަށްލާން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކުރިތާ ހަފްތާއެއް ނުވަނީސް މިނިވަންކޮށްފި

20 ނޮވެމްބަރު 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު 10 އަހަރަށް ޖަލަށްލާން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކުރިތާ ހަފްތާއެއް ނުވަނީސް މިނިވަންކޮށްފި
23 އޯގަސްޓު 2017

ވައްޑެ ބަންދުން ދޫކޮށްލިތާ ހަފްތާއެއް ފަހުން، ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފް ފަށަނީ!

23 އޯގަސްޓު 2017
ވައްޑެ ބަންދުން ދޫކޮށްލިތާ ހަފްތާއެއް ފަހުން، ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފް ފަށަނީ!
06 ޖޫން 2017

ފިތުރު ޢީދު ބަންދަށް ހަފްތާއެއް

06 ޖޫން 2017
ފިތުރު ޢީދު ބަންދަށް ހަފްތާއެއް
14 މެއި 2017

އެޗްއާރްސީއެމް އިން އިސްތިއުފާ ދެއްވިތާ ހަފްތާއެއް ނުވަނީސް ޝިފާގަށް ސްޓޭޓް މިނިސްޓަރުކަން!

14 މެއި 2017
އެޗްއާރްސީއެމް އިން އިސްތިއުފާ ދެއްވިތާ ހަފްތާއެއް ނުވަނީސް ޝިފާގަށް ސްޓޭޓް މިނިސްޓަރުކަން!
01 އެޕްރީލު 2017

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް