Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަނޑަށް ދަރިފުޅު މަރުވުން

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ދަރިފުޅު މަރުވި ކަމަށް ބެލެވޭނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2018 | ހޮނިހިރު 08:43
ޒައީމާ އައިޖީއެމްއެޗްގައި ފަރުވާ ހޯދަނީ

ޒައީމާ އައިޖީއެމްއެޗްގައި ފަރުވާ ހޯދަނީ

ނައިފަރު ހޮސްޕިޓަލްގެ އިހުމާލުން ބަނޑަށް މަރުވި ކަމަށް ބުނާ ދަރިފުޅު މާބަނޑު މީހާގެ ބަނޑުން ނުނަގާ، ހަފްތާއެއްހާ ދުވަސްވާ ވަމުންދާތީ، އެ އަންހެން މީހާގެ ހާލު ދެރަވަމުންދާތީ އޭނާގެ އާއިލާއިން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދި ނ. ހެނބަދޫ ޒައީމާ އިސްމާއިލުގެ ބަނޑަށް ދަރިފުޅު މަރުވިކަން އެނގުނީ ކުއްލި ގޮތަކަށް ބުރާސްފަތި ދުވަހު އެ އަންހެން މީހާ މާލެ ގެނެސް އައިޖީއެމްއެޗަށް ދެއްކުމުންނެވެ.

Advertisement - newsAdvertisement

އަންހެން މީހާގެ ހާލަތު ބެލުމަށް ރާއްޖެއެމްވީގެ ނޫސްވެރިން މިއަދު އައިޖީއެމްއެޗަށް ދިޔަ ވަގުތު ޒައީމާ އިނީ އެ ހޮސްޕިޓަލުގެ ސްކޭނިން ރޫމް ކުރިމަތީގައި އިން ގޮނޑިއެއްގައެވެ. އައިޖީއެމްއެޗްގެ މަސައްކަތު މީހަކާއެކު ނަރުހަކު ވެސް ޒައީމާގެ ކައިރީގައި ތިބި މަންޒަރު ރާއްޖެޓީވީގެ ނޫސްވެރިންނަށް ފެނުނެވެ. އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮއްވާ ކުއްލި ގޮތަކަށް ޒައީމާ ސްކޭޓް ކުރަން ގެންދިއުމަށް ފަހު، ސްކޭން ރޫމަށް އޭނާ ވެއްދީ ބައި ގަޑިއެއްހާއިރު ފަހުންނެވެ. އަދި ސްކޭނިން ރޫމުން ޒައީމާ ނެރެގެން ގެންދިޔަ ވަގުތު ރޮމުން ދިޔަ މަންޒަރު ވެސް ރާއްޖެއެމްވީގެ ނޫސްވެރިންނަށް ފެނުނެވެ. އަދި ވަރުބަލިކަން އިހްސާސް ކުރެވޭތީ، ވަކި ހިސާބަކަށް ހިނގާފައި ދިއުމަށް ފަހު ޒައީމާ ގޮނޑިބަރިއެއްގައި އިށީން މަންޒަރު ވެސް ފެނުނެވެ.

ޒައީމާގެ ބަނޑަށް ދަރިފުޅު މަރުވެފައިވާއިރު، އޭނާގެ ބަނޑުން ދަރިފުޅު ނުނަގައި ގިނަ ދުވަސްވަމުންދާތީ، އޭނާގެ ފިރިމީހާ ވަނީ އެތަނުގައި ހުރެ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އައިޖީއެމްޗްގެ ސްކޭނިން ރޫމް ކުރިމަތީގައި ހުރެ، ރާއްޖެޓީވީގެ ނޫސްވެރިންނާ ވާހަކަ ދައްކައި އޭނާގެ އަންހެނުންނަށް ކުރިމަތިވެފައިވާ ހާލަތު ކިޔައިދިނެވެ.

ޅ. ނައިފަރު، އަޒުމް، މުހައްމަދު އަހުމަދު "ރާއްޖެއެމްވީ"އަށް މިއަދު ބުނީ އޭނާގެ އަންހެނުންގެ ބަނޑަށް ދަރިފުޅު މަރުވެފައިވާ ކަމަށް ބެލެވެނީ މިދިޔަ އާދީއްތަ ދުވަހު ކަމަށާއި ހަފްތާއެއްހާ ދުވަސްވަމުންދާއިރު ވެސް މަރުވެފައިވާ ދަރިފުޅު ބަނޑުން ނުނަގާތީ އަންހެނުންގެ ބަނޑު ފުފި، ހާލު ދަށްވަމުންދާ ކަމަށެވެ. ދަރިފުޅު ބަނޑުން ނަގަން ހޮނިހިރު ދުވަހު ނިންމާފައި ވިޔަސް، މިހާރު އެ ހޮސްޕިޓަލުން ބުނަމުން ދަނީ އާދިއްތަ ދުވަހު އެކަން ކުރުމަށް ކަމަށް މުހައްމަދު ބުންޏެވެ.

"ބަންދު ދުވަހަކާ ދިމާވުމުން، ޑޮކްޓަރުން އެޓެންޑު ނުވެވޭ މަންޒަރު މި ފެންނަނީ. މި ދެންނެވީ މިއަދު [ހޮނިހިރު ދުވަހު] ދަރިފުޅު ނަގަން [ސިޒޭރިއަން ހަދަން] ނިންމާފައި ވިޔަސް، އެކަން މާދަމާއަށް ފަސްވެގެން މިދިޔައީ އެ ސަބަބާހުރެ،" ހަތަރު ދަރިންގެ ބައްޕަ މުހައްމަދު ބުންޏެވެ.

ދަރިފުޅު ބަނޑަށް މަރުވުމުގެ ކުރިން ޒައީމާ މިދިޔަ ހަފްތާގައި ގެންދިޔައީ ނައިފަރު ހޮސްޕިޓަލަށް ދައްކަމުންނެވެ. ދަރިފުޅުގެ އެއްވެސް މައްސަލައެއް އުޅޭ ކަމަކަށް ނައިފަރު ހޮސްޕިޓަލުން ނުބުނާ ކަމަށް ޒައީމާގެ އާއިލާއިން "ރާއްޖެއެމްވީ"އަށް ބުންޏެވެ. ޒައީމާއަކީ ހަކުރު ބަލީގެ މީހަކަށްވުމުން، ދަރިފުޅާއި މައިމީހާގެ ރައްކަލަކަށް އޭޑީކޭއިން އިންޖެކްޝަނެއް ދިން ކަމަށާއި ނައިފަރު ހޮސްޕިޓަލް މެދުވެރިކޮށް އެއިންޖެކްޝަން ޖެހުމަށް އޭޑީކޭއިން ލަފާދިން ކަމަށް މުހައްމަދު ބުންޏެވެ. ނަމަވެސް އެ ހޮސްޕިޓަލުން އެ އިންޖެކްޝަން ޖެހުމަށް ދެކޮޅު ހަދާފައިވާ ކަމަށް އޭނާ ބުންޏެވެ.

ދަރިފުޅުގެ ހަރަކާތް ހުއްޓި، ވިންދު ނުޖަހާތީ ޒައީމާ ޑޮކްޓަރަކަށް ދެއްކުމުން ވެސް ނައިފަރު ހޮސްޕިޓަލުން މިދިޔަ އާދީއްތަ ދުވަހު ވެސް ބުނެފައި ވަނީ ތުއްުތު ދަރިފުޅާއި މައިމީހާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އެމެޖެންސީގައި މާލެ ދާން އެ ހޮސްޕިޓަލުން އެންގުމާ ގުޅިގެން، ޒައީމާގެ އާއިލާގެ ހަރަދުގައި މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމުން އެނގުނީ ބަނޑަށް ދަރިފުޅު މަރުވެފައިވާކަމެވެ.

އެކަމާ ގުޅޭ ގޮތުން ނައިފަރު ހޮސްޕިޓަލްގެ އިސްވެރިންނަށް "ރާއްޖެއެމްވީ" ގުޅުމުން ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުން ބަހެއް ބުނާނީ ހެލްތު މިނިސްޓްރީގެ ލަފާގެ މަތިން ކަމަށެވެ.

އެ ހޮސްޕިޓަލްގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު އުމަރު އިބްރާހިމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ކުއްޖާ މަރުވި މައްސަލާގައި އެ ހޮސްޕިޓަލުގައި ބައްދަލުވުމެއް ބޭއްވި ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު ހެލްތު މިނިސްޓްރީން ދޭނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީއަށް ގުޅާލުމުން އެ ހޮސްޕިޓަލުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި ސީދާ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމަށް ގުޅައި، މެސެޖު ކުރުމުން ވެސް އެމަނިކުފާނު ޖަވާބެއް ނުދެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!

ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!

27 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު