Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބިއެލްސާ ލީޑްސްގައި މަޑުކުރުން

ލީޑްސްގެ އެއްބަސްވުން ބިއެލްސާ އާކޮށްފި

ބިއެލްސާގެ އިރުޝާދުގެ ދަށުން ލީޑްސް ވަނީ މިދިޔަ ސީޒަނުގެ އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2020 | ހުކުރު 11:25
ލީޑްސް ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާ

ލީޑްސް ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާ

ލީޑްސް ޔުނައިޓެޑްގެ އެއްބަސްވުން އެ ޓީމުގެ އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާ އާކޮށްފިއެވެ.

16 އަހަރަށްފަހު ލީޑްސް ޔުނައިޓެޑް އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދިއިރު، މިދިޔަ ސީޒަނުގައިވެސް އެޓީމަށް އިރުޝާދު ދީފައިވަނީ ބިއެލްސާއެވެ. ހައި ޕްރެސް އެޓޭކިންގ ފުޓްބޯޅަ ކުޅުވުމުގައި މަޝްހޫރު ބިއެލްސާ ވަނީ މިދިޔަ ސީޒަނުގައި ލީޑްސްގައި ރަނގަޅު މަސައްކަތެއް ކޮށްފައެވެ.

އެހެންކަމުން ކުރިއަށް އޮތް ސީޒަނުގެ ނިޔަލަށް ލީޑްސް ޔުނައިޓެޑުން ވަނީ އުމުރުން 65 އަހަރުގެ ބިއެލްސާ އެޓީމުގައި ބެހެއްޓުމަށް ނިންމާ އެއްބަސްވުން އާކޮށްފައެވެ. ގިނަ ދުވަސްތަކަކަށްފަހު ޕްރިމިއާ ލީގުގެ ޖާގައެއް ލީޑްސް ހޯދީ މިދިޔަ ސީޒަނުގެ އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

މީގެ 30 އަހަރު ކުރިން އުފަން ގައުމު އާޖެންޓީނާގައި ކޯޗިންގ ކެރިއަރު ފެށި ބިއެލްސާ ވަނީ އާޖެންޓީނާ ގައުމީ ޓީމާއި، ޗިލީ އާއި، އެތުލެޓިކް ބިލްބާއޯ އަދި އޮލިމްޕިކް މާސޭއަށްވެސް ކޯޗުކޮށްދީފައެވެ. އަދި އާޖެންޓީނާއަށް 2004 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ރަން މެޑަލް ހޯދައިދިނީ ބިއެލްސާގެ އިރުޝާދުގެ ދަށުންނެވެ.

ލީޑްސް ޔުނައިޓެޑުން އައު ސީޒަނަށް އެޓީމުގެ ސްކޮޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެޓީމުން މިހާތަނަށް ވަނީ ވެލެންސިއާއަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް ރޮޑްރިގޯ މޮރޭނޯގެ ސޮއި ހޯދާފައެވެ.

މީގެ ކުރިން އިނގިރޭސި ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ލީޑްސް ޔުނައިޓެޑް ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ 2004 ވަނަ އަހަރުއެވެ. މީގެ ކުރިން ލީޑްސް ޔުނައިޓެޑުން ވަނީ ތިން ފަހަރެއްގެ މަތިން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ވަނީ 2001 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައިވެސް ކުޅެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

07 އެޕްރީލު 2017
އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

25 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު