Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑަބްލިއުއެސްސީ ފުލެޓް

މުވައްޒަފުންނަށް ފުލެޓް ދީފައިވަނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު: ޝާހު

72 މުވައްޒަފަކަށް ވަނީ ފުލެޓް ދީފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ސެޕްޓެމްބަރު 2020 | ހުކުރު 04:54
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީން އަޅާ ފްލެޓްތަކުގެ ތެރެއިން 72 މުވައްޒަފަކަށް ފުލެޓް ކަށަވަރު ކުރެވިފައިވަނީ ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށްފަހުގައި ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވި ފުލެޓަށް ކުރިމަތިލި 72 މުވައްޒަފުންނަށް ފެލްޓް ލިބޭނެކަން މިހާރު އަންގާފައިވާނެ ކަމަށާއި، ފުލެޓް ދިނުމުގައި ބަލަންޖެހޭ ހުރިހާ ކަމަކަށް ބަލާފައިވާނެ ކަމަށެވެ. ޝާހު ވިދާޅުވީ ކޮންމެ ކަމަކީ ވެސް ޝަކުވާ ހުށަހެޅުމުގެ މަރުހަލާއެއް އޮންނަ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ގިނަ ކަންކަން އިންސާފުން ކުރިއަށްދާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ފުލެޓް ލިބިފައި ތިބި 72 މުވައްޒަފުންގެ ތެރޭގައި ކޮރަޕްޝަންގެ ތުހުމަތެއް ހުރި އަދި ދައުވާކުރަން ފޮނުވާފައިވާ ފަރާތެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މި މަހުގެ 3 ވަނަ ދުވަހު އެމްޑަބްލިއުއެސްސީ އިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހް ވިދާޅުވީ، ފްލެޓަށް ކުރިމަތިލާފައިވާ 72 ފަރާތައްވެސް ފްލެޓް ލިބިފައިވާ ކަމަށެވެ. އަދި ފްލެޓަށްއެދި ހުށައެޅި ހުރިހާ ފަރާތަކަށް ފްލެޓް ލިބިފައިވާ އިރު، އެހުރިހާ ފަރާތްތަކަކީވެސް ޝަރުތުހަމަވާ ފަރާތްތައް ކަމަށާއި، ބާކީ ހުރި ފްލެޓްތަކަށް ކުރިމަތި ލުމުގެ ފުރުސަތުވެސް ލިބިގެންދާނީ ހަމަ އެމްޑަބްލިއެސްސީގެ މުވައްޒަފުންނަށް ކަމަށް ޝާހް ފާހަގަކުރެއްވިއެވެ. ޝާހް ވަނީ އެކުންފުނިން ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކުން ކުރިމަތިލާފައި ވަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް ކަމަށް ފާހަގަ، ކުރައްވާފައެވެ.

އެގޮތުން، 15 ބުރީގެ ދެ ޓަވަރުގެ މަސައްކަތް އެމްޑަބްލިއުއެސްސީ އިން ކުރިއަށް ގެންގޮސްފައިވާ އިރު، އެކުންފުނިން ތަރައްގީކޮށްފައިވާ އެއް ކޮޓަރީގެ އެޕާޓްމަންޓް ތަކަކީ 393.95 އަކަފޫޓާއި 405.18 އަކަފޫޓާ ދެމެދުގެ އެޕާޓްމަންޓުތަކެކެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގައި 692.63 އަކަފޫޓާއި 701.28 އަކަފޫޓު ހުންނަ އިރު، މި އެޕާޓްމަންޓް ތަކުގައި މެއިޑްރޫމެއް ވެސް ހުރެއެވެ. އެމްޑަބްލިއުއެސްސީ އިން ތަރައްގީކުރި ތިން ކޮޓަރީގެ އެޕާޓްމެންޓް ތަކަކީ 734 އަކަ ފޫޓާއި 720.08 އަކަފޫޓާ ދެމެދުގެ އެޕާޓްމަންޓުތަކެކެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު