Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓްރާންސްފާ ބާޒާރުގައި ލިވަޕޫލުން ޚަރަދުކުރުން

ޗެލްސީން ޚަރަދުކުރާ ގޮތަށް ލިވަޕޫލުން ޚަރަދެއް ނުކުރާނެ: ކްލޮޕް

ޗެލްސީން ވަނީ މިހާތަނަށް 200 މިލިޔަން ޕައުންޑް ޚަރަދުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 16:19
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް: ޗެލްސީން ޚަރަދުކުރާ ގޮތަށް ޚަރަދު ނުކުރާނެ ކަމަށް ވަނީ ބުނެފައި

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް: ޗެލްސީން ޚަރަދުކުރާ ގޮތަށް ޚަރަދު ނުކުރާނެ ކަމަށް ވަނީ ބުނެފައި

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގެންނަން ޗެލްސީން ޚަރަދުކުރާ ގޮތަށް ލިވަޕޫލުން ޚަރަދު ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޗެލްސީން އަންނަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންނެވެ. އެގޮތުން މިހާތަނަށް އެ ކުލަބުން ވަނީ ހަތް ކުޅުންތެރިއެއްގެ ސޮއި ހޯދާފައެވެ. އެއީ ބަޔާ ލެވަކޫސެނަށް ކުޅެމުން އައި ޖަރުމަންގެ ޒުވާން ތަރި ކައި ހަވާޓްޒް އާއި، ޒުވާން ޑިފެންޑަރު މަލަންގް ސާ އާއި، ލެސްޓާ ސިޓީގެ ޑިފެންޑަރު ބެން ޗިލްވެލް އާއި، އާރްބީ ލެއިޕްޒީގްގެ ފޯވާޑް ޓިމޯ ވާނާ އާއި، އަޔަކްސްގެ ހަކީމް ޒިޔެކް އާއި ޕީއެސްޖީއަށް ކުޅުނު ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާގެ އިތުރުން ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު ވިއޭ އެމްބުޔަމްބާއެވެ.

މި ހަތް ކުޅުންތެރިންނަށް ޗެލްސީން 200 މިލިޔަން ޕައުންޑް ޚަރަދުކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ބަދަލުގައި ޗެމްޕިއަންކަން ލިވަޕޫލުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ގެނައި ހަމައެކަނި ކުޅުންތެރިޔަކީ އޮލިމްޕިއާކޯސްއަށް ކުޅެމުން އައި ގްރީސްގެ ޒުވާން ޑިފެންޑަރު ކޮސްޓަސް ސިމިކާސްއެވެ. އުމުރުން 24 އަހަރުގެ ޑިފެންޑަރު ލިވަޕޫލަށް ބަދަލުވީ 11.75 މިލިއަން ޕައުންޑަށެވެ.

ދާދި ފަހުން ބީބީސީއަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ ލިވަޕޫލްގެ ވިސްނުން އެންމެ ރެޔަކުން ބަދަލުކުރުމަށްފަހު، ޗެލްސީން ކުރާ ގޮތަށް ކަންތައްތައް ކުރާށޭ ނުބުނެވޭނެ ކަމަށެވެ. އަދި ޗެލްސީން ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދިއިރު، އެކަމުގެ ފައިދާ ޗެލްސީއަށް ކޮށްފާނެ ކަމަށާއި، އެކަމަކު ދުނިޔޭގެ އެންމެ މޮޅަށް ކުޅޭ 11 ކުޅުންތެރިން ގަނެގެން، ޖެހިގެން އަންނަ ހަފުތާގައި އެ މީހުން އެންމެ މޮޅު ފުޓްބޯޅަ ކުޅޭނެ ކަމަށް އުއްމީދު ނުކުރެވޭނެ ކަމަށްވެސް ކްލޮޕް ބުންޏެވެ.

ކްލޮޕް އިތުރަށް ބުނީ ޗެލްސީން ކުރާ ގޮތަށް ލިވަޕޫލުން ޚަރަދު ނުކުރާނެ ކަމަށާއި، ލިވަޕޫލަށް އޮތް ފައިދާއަކީ އެކުގައި ގިނަ ތަމްރީނުތަކެއް ކުރި ގްރޫޕެއް އޮތުން ކަމަށެވެ. އަދި އޭނާ ބޭނުންވާ މަގާމަކަށް ކުޅުންތެރިން ހޯދައިގެން ކުރިއަށް ދިއުމުގެ އުސޫލު މާ ކަމުދާ ކަމަށްވެސް ކްލޮޕް ބުންޏެވެ.

އައު ސީޒަނަށް ލިވަޕޫލުން މިހާތަނަށް އެންމެ ކުޅުންތެރިއެއް އެޓީމަށް ގެނައިރު، މިހާރު އަންނަނީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސްޕެއިން މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި ޓްރާންސްފާ ބާޒާރުގައި ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް ބާސެލޯނާއަށް ވިއްކާލާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

03 ޖޫން 2017
ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި

ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި

24 މެއި 2017
ވެރާޓީ ހޯދުމަށް އެންމެފަހުން ޗެލްސީން 55 މިލިއަން ޕައުންޑު ހުށަހަޅައިފި

ވެރާޓީ ހޯދުމަށް އެންމެފަހުން ޗެލްސީން 55 މިލިއަން ޕައުންޑު ހުށަހަޅައިފި

18 މެއި 2017
ޗެލްސީން ލީގު ކަށަވަރު ކޮށްފި

ޗެލްސީން ލީގު ކަށަވަރު ކޮށްފި

13 މެއި 2017
ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި

ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި

11 މެއި 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު