Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ ހަށިކޮޅު ހުޅުޖަހަން ގޮވާލުން

ޗެނަލް 13 އިން މައާފަށް އެދެން ބުނެ، ބްރޮޑްކޮމްގެ އިންޒާރު

10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 18:27

އެއްވެސް ޝަރުތެއް ނެތި 14 ސެޕްޓެންބަރު ވާ ހޯމަ ދުވަހުގެ ކުރިން މައާފަށް އެދެން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 18:27
މީގެކުރިންވެސް ބްރޯޑްކޮމް އިން ވަނީ ޗެނަލް 13 އަށް އެތައް ފަހަރެއްގެ މަތިން ނަސޭހަތްތެރިވެފައި

މީގެކުރިންވެސް ބްރޯޑްކޮމް އިން ވަނީ ޗެނަލް 13 އަށް އެތައް ފަހަރެއްގެ މަތިން ނަސޭހަތްތެރިވެފައި

ޗެނަލް 13 އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލި ކޮންޓެންޓު ބްރޯޑްކާސްޓް ކުރި މައްސަލައިގައި ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޖަވާބުދާރީވާން އެންގި ފުރުސަތުތަކުގައި ޖަވާބުދާރީ ވެފައިނުވާތީ މައާފަށް އެދި ބަޔާނެއް އާއްމު ކުރުމުގެ އިންޒާރު ދީފިއެވެ.

ޗެނަލް13 އިން 3 ސެޕްޓެންބަރު ވީ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި މީހަކު ވަނީ ރައީސް ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖެހުމަށް ގޮވާލާފައެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރު ކޮށްފައިވާއިރު ފުލުހުން ދަނީ އިތުރަށް މައްސަލަ ތަހުގީގު ކުރަމުންނެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ބްރޯޑްކޮމް އިން ބުނީ ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރި ކޮންޓެންޓަކީ، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އެއް ވަނަ ހަމައިގެ ދެ ވަނަ ނަންބަރާއި، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އެއް ވަނަ ހަމައިގެ ތިން ނަންބަރާ ހިލާފު ކޮންޓެންޓެއް ކަމަށް ކޮމިޝަނުގެ ތަހުގީގަށް ސާބިތުވާ ކަމަށެވެ. އަދި މިއީ ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރުމުގެ ހަމަތަކާ ހިލާފުވާ ފުރަތަމަ ފަހަރު ނަމަވެސް އެ ޗެނަލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ތަކުރާރުކޮށް ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވަމުން އަންނަ ކަމަށް ވެސް ބްރޯޑްކޮމް އިން ބުނެއެވެ.

މީގެއިތުރުން ބްރޯޑްކޮމް އިން ވަނީ މައްސަލައިގެ ޒާތަށާއި، ހައްސާސް ކަމަށް ބަލައި ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

އެގޮތުން އެ މައްސަލާގައި ޗެނަލް 13 އިން މައާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި އެ ބަޔާން 14 ސެޕްޓެންބަރު ވާ ހޯމަ ދުވަހުގެ ކުރިން، ދެ ދުވަހު، "ރައްޔިތުންގެ އަޑު" ޕްރޮގްރާމް ފެށުމުގެ ކުރިންނާއި 14 ސެޕްޓެންބަރު ވާ ހޯމަ ދުވަހުގެ ކުރިން، ދެ ދުވަހު، 20:00 އިން 21:00 އާ ދެމެދުގެ ވަގުތެއްގައި ޗެނަލް 13 އިން އާންމު ކުރުމަށް ބްރޯޑްކޮމް އިން ވަނީ އަންގާފައެވެ.

ބްރޯޑްކޮމް އިން ބުނީ، ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި، ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއަރވުމުގެ ފުރުސަތު ނުދިނުމަށް، އޮން-އެއަރ ޕްރޮގްރާމްތަކުގައި ރައްޔިތުންނަށް ފޯނު ކުރާ ފަރާތުން، އެ ރައްޔިތު މީހާ އޮން-އެއަރގައި ސަމާލުވާންވީ ކަންތައްތައް ކިޔާދިނުމަށް ފަހުގައި މެނުވީ ފޯނު ކޯލުތައް އޮން-އެއަރ ކުރެވިގެން ނުވާނެ ކަމަށެވެ.

އެގޮތުން ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ލައިވް އިވެންޓްތައް ބްރޯޑްކާސްޓް ކުރުމުގައި ގާނޫނަކާއި ހިލާފު ކޮންޓެންޓެއްގެ ބްރޯޑްކާސްޓް އޮންއެއަރ ވުމުގެ ކުރިން އެފަދަ ކޮންޓެންޓެއް ސެންސަރު ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ޑިލޭއަށް ލައިގެން ބްރޯޑްކާސްޓް ކުރެވޭނެ ފަދަ ނިޒާމެއް ގާއިމު ކުރުމަށް ވެސް ބްރޯޑްކޮމް އިން އަންގާފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި

25 ފެބުރުއަރީ 2017
ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް