Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުށިދިއްގަރު ފަޅު މައްސަލަ

ފުށިދިއްގަރު ފަޅު މައްސަލާގައި ކުރީގެ ނައިބްރައީސް ޖިހާދާ ސުވާލު ކުރަނީ

އެ މައްސަލައިގެ ތަހުޤީޤު ކޮމިޝަނުން ކުރިއަށްދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 07:01
ކުރީގެ ނައިބްރައީސް އަބްދުﷲ ޖިހާދު- ޖިހާދުގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ތުހުމަތުތަކެއް ވަނީ ކުރެވިފައި

ކުރީގެ ނައިބްރައީސް އަބްދުﷲ ޖިހާދު- ޖިހާދުގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ތުހުމަތުތަކެއް ވަނީ ކުރެވިފައި

ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމާ ގުޅޭގޮތުން ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ދިވެހި ސަރުކާރުގެ ފަރާތުން ޚިލާފުވެފައިވާ މައްސަލާގައި ކުރީގެ ނައިބްރައީސް އަބްދުﷲ ޖިހާދުއާ ސުވާލު ކުރަމުންދާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވިދާޅުވީ، ފުށިދިއްގަރު ފަޅުގެ މައްސަލައިގައި ޖިހާދާ ސުވާލު ކުރަމުންދާ ކަމަށާއި، އެ މައްސަލައިގެ ތަހުޤީޤު ކޮމިޝަނުން ކުރިއަށްދާ ކަމަށެވެ.

އައްސަދު ވިދާޅުވީ، ޖިހާދާ ސުވާލު ކުރަމުންދަނީ ސީދާ އޭނާއާ ގުޅިގެން ހުށައެޅިފައިވާ މައްސަލައެއްގައި ނޫން ކަމަށާއި، ފުށިދިއްގަރު މައްސަލައިގެ ތަހުޤީޤުގާ ގުޅިގެން ސުވާލު ކުރަމުންދާ ކަމަށެވެ.

ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމާ ގުޅޭގޮތުން ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ދިވެހި ސަރުކާރުގެ ފަރާތުން ޚިލާފުވެފައިވާކަަމަށް ބުނެ, އެ މައްސަލަ ސިންގަޕޯރ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އެކުންފުނީގެ ފަރާތުން ވަނީ ހުށައަޅާފައެވެ.

އެކަމާ ގުޅިގެން އެޓަރނީ ޖެނެރަލް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އާ ދެމެދު ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމާއި ދިވެހި ސަރުކާރު ޚިލާފުވެފައިވާކަމަށް ބުނެ އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާކަން އެކުންފުނިން ސަރުކާރަށް އަންގާފައިވާ ކަމަށެވެ. އެގޮތުން 18 ޑިސެމްބަރ ގައި އެކުންފުނިން މިމައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

ކ. ފުށިދިއްގަރު ފަޅު ތަރައްޤީ ކުރުމުގެ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 18 ޖެނުވަރީ 2013 ގައެވެ. ފުށިދިއްގަރު ފަޅު ތަރައްޤީ ކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެކުންފުންޏަށް ދިނުމަށް ސޮއިކޮށްފައިވަނީ ޑރ. ވަހީދުގެ ވެރިކަމުގައެވެ. އޭގެފަހުން މިކުންފުނި އުފައްދާ ރަޖިސްޓްރީ ކުރުމުގައި ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް އެކަން ކޮށްފައިވާ ކަމަށްބުނެ އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލިއެވެ. އެއަށްފަހު އޭރު އޭސީސީން ނިންމާފައިވަނީ އެކަން ކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށްކަމަށެވެ.

ފުށިދިއްގަރު މައްސަލައިގައި ނައިބްރައީސް ޖިހާދާ ސުވާލު ކުރަމުންދާއިރު، ދިވެހި ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކޮށްފައިވާ 7 އެއްބަސްވުމަކާ ގުޅޭ މައްސަލަތަކެއް ތަހުޤީޤުކޮށް އޭސީސީން ދާދި ފަހުން ވަނީ ޖިހާދުގެ މައްޗަށް 4 ދައުވާއެއް ކުރަން އެދި ޕީޖީ އޮފީހަށް ހުށައަޅާފައެވެ. އެގޮތުން އޭރު ހުށައަޅާފައިވަނީ ސަރުކާރުގެ ފަރާތުން އޭރުގެ ފިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު އޭގެ ތެރެއިން ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވާތީއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު