Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަން ކުރިއެރުވުން

އިންޑިއާގެ ފަތުރުވެރިން ރާއްޖެ އައުން އިތުރުކުރަންޖެހޭ: ޓޫރިޒަމް މިނިސްޓަރ

10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 04:14

ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ރާއްޖެއާއި އިންޑިއާ ދެމެދު މަޝްވަރާކުރެވުނު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 04:14
ޓޫރިޒަމް މިނިސްޓަރާއި އިންޑިއާގެ ހައި ކޮމިޝަނަރ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

ޓޫރިޒަމް މިނިސްޓަރާއި އިންޑިއާގެ ހައި ކޮމިޝަނަރ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

ފަތުރުވެރިކަމާއެކު ގިނަ ދާއިރާތަކެއް ތަރައްގީކުރުމަށް ރާއްޖެއާއި އިންޑިއާ ދެމެދު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ.

ރާއްޖެއަށް އިންޑިއާގެ ފަތުރުވެރިން ގެނައުން އިތުރުކުރުމާއި ގުޅޭގޮތުން ބުދަ ދުވަހު ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް ބޭއްވެވި ބައްދަލުވުމުގައި, އިންޑިއާގެ އިންވެސްޓަރުންގެ އެހީތެރިކަމާއެކަމާއެކު، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އިންސާނީ ވަސީލަތް ތަރައްގީކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވީ، އިންޑިއަކީ ކޮވިޑްގެ ކުރިން ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށެވެ. އަދި އިންޑިއާއަކީ ރާއްޖެއާ އެންމެ ކައިރި ގައުމުކަމަށްވާއިރު، އެ ގައުމުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ގެނައުމަކީ ޓޫރިޒަމް އިންޑަސްޓްރީ ފުޅާވެގެންދާނެ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އިންޑިއާ އާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނުކުރުމަށް ފުރުސަތުތައް ހޯދާ ދިނުމާއި މަތީ ވަޒީފާތަކަށް އަހުލުވެރިކުރުވުމަށް ބޭނުންވާ ތަމްރީނުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އިންޑިއާއަކީ މި ވަގުތު ކޮވިޑްގެ ބަލިމަޑުކަން ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ގައުމު ނަމަވެސް، އެގައުމުގެ ފަތުރުވެރިންނަށް ވެސް ރާއްޖޭގެ ބޯޑަރުން އެތެރެވެވޭނީ ހަދަންޖެހޭ ޓެސްޓްތައް ހަދައިގެން ކަމަށެވެ.

ރާއްޖެއަކީ މިވަގުތު ބޯޑަރ ޕީސީއާރު ތައާރަފްކޮށްފައިވާ ގައުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެކި ގައުމުތަކުގެ ފަތުރުވެރިން ރާއްޖެ އެތެރެވާއިރު ކުރިއަށްވުރެން ބޮޑަށް އެފަރާތްތައް މޮނިޓަކޮށް، ބަލިހުރި ފަރާތްތައް ދެނެގަނެވޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި އާންމު ރައްޔިތުންނަށްވެސް ވަރަށް ބޮޑު އިތުބާރެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާގެ ފަތުރުވެރިން ގެނައުން އިތުރުކުރަން ޓޫރިޒަމް މިނިސްޓަރާއި އިންޑިއާގެ ސަފީރު މަޝްވަރާކުރެއްވި އިރު، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެކެވެ. އެގޮތުން މިދިޔަ އަހަރު އަހަރު ރާއްޖޭގެ ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް