Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކަންގަނާ

ކަންގަނާ މުމްބާއީ ދޫކޮށް ދާނެ ކަމަށް ބުނެފި

ކަންގަނާ ވަނީ ބޮލީވުޑްގެ އޭ ލިސްޓުގައި ހިމެނޭ ގިނަ ތަރިން މަސްތުވާތަކެތި ބޭނުންކުރާކަމަށް ބުނެފައި

އަމަތު އާދަމް
އަމަތު އާދަމް | 10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 12:58
ކަންގަނާ ރަނާއުތް

ކަންގަނާ ރަނާއުތް

ކަންގަނާ ރަނާވަތް މުމްބާއީ ދޫކޮށް ދާނެ ކަމަށް ބުނެފިއެވެ.

ކަންގަނާ މިހެން ބުނެފައިވަނީ މީގެ ދެމަހެއްހާ ދުވަސް ކުރިން ދަންޖެހި މަރުވެފައި ހުއްޓާ ފެނުނު ސުޝާންތުގެ މަރުގެ މައްސަލައިގައި ކުރިފަޅައިގެން އައި މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލާގައި ރިއާ ޗަކްރަބަތީ ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައިގައި ރިއާ އަންނަނީ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ބޮލީވުޑްގެ އޭ ލިސްޓުގެ ތަރިންގެ ނަންތައް ހާމަކުރަމުންނެވެ. އަދި ރިއާގެ މައްޗަށް ވަނީ ސުޝާންތު އަށް އޮޅުވާލައިގެން މަސްތުވާތަކެތި ދީފައިވާކަމުގެ ތުހުމަތު ވެސް ކޮށްފައެވެ.

މި މަސްސަލަ އާއި ގުޅިގެން ކަންގަނާ އިންސްޓާގުރާމް މެދުވެރިކޮށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ ބޮލީވުޑްގެ އޭ ލިސްޓުގެ ތަރިންނަކީ މަސްތުވާތަކެތި ބޭނުންކުރާ ބައެއް ކަމަށާއި، މި ތަރިންގެ މެދުގައި އެންމެ މަޝްހޫރު އެއް ބާވަތަކީ ކޮކެއިން ކަމަށެވެ. އަދި އިންޑިއާގެ ނާކޮޓިކް ބިއުރޯއިން ބޭނުންވާނަމަ އިތުރު މައުލޫމާތު ދޭން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.

ކަންގަނާގެ މި ވާހަކަތަކާއި ގުޅިގެން މަހާރާސްތުރާގެ ހޯމް މިނިސްޓަރ ވަނީ ކަންގަނާ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރައްވާ ޓުވީޓެއް ކުރައްވާފައެވެ. މި ޓުވީޓްގައި އިތުރަށް ވިދާޅުވީ ކަންގަނާ ވަނީ އޭނާގެ ކުރީގެ ލޯބެރިޔާއަށް ވެސް ގަދަކަމުން މަސްތުވާތަކެތި ދީފައި ކަމަށާއި ކަންގަނާ އާއި ދެކޮޅަށް މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

މި ޓުވީޓަށް ރައްދު ދީ ކަންގަނާ ވަނީ އޭނާގެ ޓެސްޓް ހެދުމަށާއި، އޭނާގެ ކޯލް ރެކޯޑްތައް އަޑުއެހުމަށް މުމްބާއި ޕޮލިހުންގެ ފަރާތުން އެދިފައެވެ. އަދި އެފަދަ އެއްވެސް މުއާމަލާތެއް އޭނާ ކޮށްފައިވާނަމަ މުމްބާއި ދޫކޮށް ދާނެކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

ކަންގަނާ އަކީ އަބަދުވެސް ތެދު ހާމަ ކުރުމަށް ފަސް ޖެހޭ ތަރިއެއް ނޫން ކަމަށް އޭނާގެ ގިނަ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ވައިޓް ހެލްމެޓްސް ޖަމާޢަތް އޮސްކާއަކަށް ނުދާނެ

26 ފެބުރުއަރީ 2017
ވައިޓް ހެލްމެޓްސް ޖަމާޢަތް އޮސްކާއަކަށް ނުދާނެ
25 ފެބުރުއަރީ 2017

"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ

25 ފެބުރުއަރީ 2017
"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ
18 ފެބުރުއަރީ 2017

ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި

18 ފެބުރުއަރީ 2017
ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި
08 ފެބުރުއަރީ 2017

"ރައީސް" އަށް ހުއްދަ ދެވެން ނެތް ކަމަށް ޕާކިސްތާނުން ބުނެފި

08 ފެބުރުއަރީ 2017
"ރައީސް" އަށް ހުއްދަ ދެވެން ނެތް ކަމަށް ޕާކިސްތާނުން ބުނެފި
30 ޖެނުއަރީ 2017

ޖަޔަޕޫރަށް ދެން ނުދާނެ ކަމަށް ބަންސާލީ ބުނެފި

30 ޖެނުއަރީ 2017
ޖަޔަޕޫރަށް ދެން ނުދާނެ ކަމަށް ބަންސާލީ ބުނެފި
29 ޖެނުއަރީ 2017

ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި

29 ޖެނުއަރީ 2017
ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި
24 ޖެނުއަރީ 2017

ޖެކީ ޗެން މުމްބާއީ އަށް

24 ޖެނުއަރީ 2017
ޖެކީ ޗެން މުމްބާއީ އަށް
12 ޖެނުއަރީ 2017

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް

12 ޖެނުއަރީ 2017
ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް
08 ޖެނުއަރީ 2017

ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"

08 ޖެނުއަރީ 2017
ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"
07 ޖެނުއަރީ 2017

ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!

07 ޖެނުއަރީ 2017
ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު