Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭއޭ މަނަފަރު ރިސޯޓުގެ މައްސަލަ

މަނަފަރު ރިސޯޓުން މުވައްޒަފުން ވަކި ކުރާ މައްސަލައިގެ ކަންބޮޑުވުންތަކާއެކު މެންބަރުން މިނިސްޓަރުގެ އަރިހަށް

6 ސެޕްޓެމްބަރު 2020 | އާދީއްތަ 17:47

ފަސް މެމްބަރުން ވަނީ މިނިސްޓަރާއި ބައްދަލު ކުރައްވާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 6 ސެޕްޓެމްބަރު 2020 | އާދީއްތަ 17:47
ހއ އަތޮޅުގައި މަޖިލީސް ތަމްސީލު ކުރައްވާ މެމްބަރުން ޓޫރިޒަމް މިނިސްޓަރު މައުސޫމްއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ހއ އަތޮޅުގައި މަޖިލީސް ތަމްސީލު ކުރައްވާ މެމްބަރުން ޓޫރިޒަމް މިނިސްޓަރު މައުސޫމްއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގައި ހއ. އަތޮޅު ތަމްސީލު ކުރައްވާ މެމްބަރުން އެ އަތޮޅުގެ ރިސޯޓަކުން ދިވެހިން ވަޒީފާއިން ވަކި ކުރަމުންދާތީވެ އެ ކަމުގެ ކަންބޮޑުވުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމްްއާ ހިއްސާ ކުރައްވައިފިއެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) އާއި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އިބްރޭ) ގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވަނީ އާދިއްތަ މިނިސްޓަރު އަރިހަށް ވަޑައިގެންފައެވެ.

Advertisement - newsAdvertisement

އާދީއްތަ ދުވަހު ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާއި ގުޅޭ ގޮތުން ރާއްޖެ.އެމްވީ އަށް މައުލޫމާތު ހިއްސާ ކުރައްވަމުން މެންބަރު ސަލީމް ވިދާޅުވީ، އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި މިނިސްޓަރާ ހިއްސާ ކުރެއްވީ، މަނަފަރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަމުންދާ މައްސަލަ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުން އެ އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުތަކާއި މައުލޫމާތު ސާފު ކުރައްވާފައިވާ ކަމަށެވެ. ސަލީމް ވިދާޅުވި ގޮތުގައި މިނިސްޓްރީން އެކަންތައްތައް ހައްލު ކުރަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ހިއްސާ ކުރެއްވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވި ފަހުން ޓޫރިޒަމް ސިނާއަތް ވަރަށް ބޮޑަށް ހުއްޓި، ގިނަ ރިސޯޓްތަކުން މުވައްޒަފުން ވަކި ކުރަމުންދާ ކަމުގެ މައްސަލަ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވެއެވެ.

މި ހާލަތުގައި ވަޒީފާ އިން ވަކިކުރަމުންދާ މުވައްޒަފުންނާއި ލިބޭ އާމްދަނީ އަށް އަސަރު ކޮށްފައިވާ މަސައްކަތްތެރިންނަށް ސަރުކާރުގެ ފަރާތުން ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދޭން ފަށާފައެވެ.

ހއ. އަތޮޅުގައި ޓޫރިޒަމް ސިނާއަތް އިތުރަށް ތަރައްގީ ކުރުމާ ގުޅޭ ގޮތުން އެ އަތޮޅު މެންބަރުން ޓޫރިޒަމް މިނިސްޓަރާ މަޝްވަރާ ކުރެއްވިއިރު، ހއ. އަތޮޅާއި ހދ. އަތޮޅަކީ ޓޫރިޒަމް ވިޔަފާާރި އެންމެ ކުޑަކޮށް އޮތް ދެ އަތޮޅެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ވެސް ޓޫރިޒަމްގެ ވިޔަފާރި އެންމެ ކުޑަކޮށް ހިނގަމުންދާ ސަރަހައްދުތަކަށް އިސްކަން ދީގެން ޓޫރިޒަމް ރިސޯޓާއި ވިޔަފާރިތައް ތަރައްގީ ކުރުމެވެ. އެގޮތުން މިދިޔަ އަހަރު ޓޫރިޒަމް ރިސޯޓްތައް ތަރައްގީ ކުރަން ބައެއް ރަށްތައް ކަނޑައަޅައި، ހުޅުވާލާފައި ވެސް ވެއެވެ.

މަނަފަރާއި ގުޅޭ ކަންބޮޑުވުންތަކެއް މެމްބަރުން މިނިސްޓަރާއި ހިއްސާ ކުރެއްވިއިރު، އެ ރިސޯޓުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރާ މައްސަލަ މީގެ ކުރިން ވެސް ވަނީ މުޒާހަރާތަކެއް ކޮށްފައެވެ. ރާއްޖޭގެ އަތޮޅުތަކަށް ބަލާއިރު ހއ އަދި ހދ. އަތޮޅަކީ އެންމެ ބޮޑަށް ޓޫރިޒަމް ތަރައްގީ ކުރަން ޖެހިފައިވާ އަތޮޅެވެ. އެހެން އަތޮޅުތަކާއި ބަލާއިރު އެ އަތޮޅުގައި ރިސޯޓުގެ ތަކުގެ އަދަދު މަދެވެ. ދާދި ފަހަކާއި ޖެހެންދެން ހދ. އަތޮޅުގެ ޒުވާނުންތަކެއް އިސްނަގައިގެން ޓޫރިޒަމް ޕްރޮމޯޓް ކުރަން ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް