Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް އެކައުންޓުތަކުން ލާރި ކެނޑުން

އެކައުންޓުތަކުން ކެނޑެނީ ކެނޑެން ޖެހޭ ފައިސާ: ބީއެމްއެލް

6 ސެޕްޓެމްބަރު 2020 | އާދީއްތަ 13:42

އެއީ ބޭންކުން ފައިސާ ނުކަނޑައި "ހޯލްޑް" ކުރެވިފައިވާ މުއާމަލާތްތަކުގެ ފައިސާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ސެޕްޓެމްބަރު 2020 | އާދީއްތަ 13:42
ބީއެމްއެލްގެ އޭޓީއެމް- ބޭންކުން ބުނެފައިވަނީ ކަނޑަމުން ދަނީ ކުރީގެ ޓްރާންސެކްޝަން ތަކުގެ ފައިސާކަމަށް

ބީއެމްއެލްގެ އޭޓީއެމް- ބޭންކުން ބުނެފައިވަނީ ކަނޑަމުން ދަނީ ކުރީގެ ޓްރާންސެކްޝަން ތަކުގެ ފައިސާކަމަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓުތަކުން ކެނޑެމުންދަނީ ކެނޑެން ޖެހޭ ފައިސާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ކެނޑެމުންދާ މައްސަލަ ފެންމަތިވެފައި ވަނިކޮށް ބޭން ކުރި ކުރި ޓްވީޓެއްގައި ބުނީ، ފާއިތުވި ދުވަސްތަކުގައި ބީއެމްއެލް ކަސްޓަމަރުންގެ އެކައުންޓުތަކުން އެފަދައިން ކެނޑިފައިވަނީ ކެނޑެން ޖެހޭ ފައިސާ ކަމަށެވެ. އެގޮތުން އެއީ ކުރީގެ މުއާމަލާތްތަކަށް ބޭންކުން ފައިސާ ނުކަނޑައި "ހޯލްޑް" ކުރެވިފައި ތިބި މުއާމަލާތްތަކުގެ ފައިސާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، އިންޓަރނެޓު ބޭންކިންގ މެދުވެރިކޮށް އެކަމާ ގުޅޭ ތަފްސީލުތަކާއި، ޓްރާންސެކްޝަން ތަކުގެ ތާރީޚުތައް ބަލާލެވޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. އަދި އެކަމާ ގުޅިގެން ކުރިމަތިވަމުންދާ ދަތިތަކަށް ބީއެމްއެލްއިން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ، އޮޅުވާލައިގެން ފައިސާ ހޯދުމަށް ބޭނުން ކުރާ "ސްކޭމް" އީމެއިލްތައް އިތުރުވަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން އެކައުންޓް ވެރިފައި ކުރުމަށް ކަމަށް ބުނެ ކަސްޓަމަރުންނަށް ބީއެމްއެލްގެ ނަމުގައި މެއިލްތައް ފޮނުވަމުންދާ ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް، އެފަދަ މެއިލްތަކަށް ޖަވާބުދާރީ ނުވުމަށް ބޭންކުން ވަނީ އިލްތިމާސް ކޮށްފައެޗެ.

އޭގެ އިތުރުން، ޓްރާންސެކްޝަންތަކާ ގުޅިގެން އެއްވެސް މައްސަލައެއް އުޅޭނަމަ، "ކާރޑް ޓްރާންސެކްޝަން ޑިސްޕިއުޓް ފޯމް" ފުރުމަށްފަހު ހުށައެޅުމަށް ބީއެމްްއެލްއިން ވަނީ އެދިފައެވެ.

ފާއިތުވި ދުވަސްތަކުގައި މިފަދަ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ބީއެމްއެލްއިން އެއް ޓްރާންސެކްޝަނަކަށް ދެފަހަރަށް ފައިސާ ކަނޑަމުންދާ ކަމަށް ގިނަ އަދަދެއްގެ އާންމުން ދަނީ ތުހުމަތު ކުރަމުންނެވެ. އެހެން ނަމަވެސް ބީއެމްއެލް އިން ބުނެފައިވަނީ އެއީ ކުރިން ކާޑުން ކަނޑާފައިވާ ފައިސާގެ މުއާމަލާތްތަކަށް ބޭންކުގައި "ސެޓެލް" ނުކުރެވި ހޯލްޑް ކުރެވިފައިވާ މުއާމަލާތްތައް ކަމަށެވެ. އަދި އޭރު ހޯލްޑް ކުރެވިފައިވާއިރު، އެކައުންޓުން އެ ފައިސާ ކަނޑާފައި ނުވާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

އެހެން ނަމަވެސް ބައެއް ކަސްޓަމަރުންނަށް އޯގަސްޓް މަހުގެ ކުރީކޮޅުގެ ޓްރާންސެކްޝަންތަކަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ފައިސާ ކަނޑާފައިވެއެވެ. އެއާއެކު، އެހާ ގިނަ ދުވަސްތަކަށްފަހު ކުރިން ކޮށްފައި ހުރި މުއާމަލާތްތަކަކަށް ފައިސާ ކަނޑަމުންދާތީ ކަސްޓަމަރުން ދަނީ އެކަމުގެ ނުރުހުން ފާޅު ކުރަމުންނެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް