Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު

ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް ހާއްސަ ޗުއްޓީއެއް ދިނުމަށް ކަނޑައަޅާ ގާނޫނު ފާސްކޮށްފި

މެޑިކަލް ސެޓްފިކެޓެއް ހުށައަޅާކަށް ނުޖެހޭނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2020 | އާދީއްތަ 07:23
ވެލާނާގެ: ސަރުކާރުގެ ވަކި އޮފީސްތަކެއް ހުންނަ އިމާރާތެއް

ވެލާނާގެ: ސަރުކާރުގެ ވަކި އޮފީސްތަކެއް ހުންނަ އިމާރާތެއް

ކަރަންޓީނުގައި ހުންނަން ޖެހޭ ހާލަތުގައި ހާއްސަ ޗުއްޓީއެއް ދޭންޖެހޭ ގޮތަށް ކަނޑައަޅާ 'އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020' ފާސްކޮށްފިއެވެ.

މި ބިލަށް އިޖްތިމާއީ ކޮމިޓީން ގެނައި އިސްލާހުތަކާއި އެކު މަޖިލީހުން ބިލު ފާސްކުރީ 57 މެމްބަރުންގެ ވޯޓާއި އެކުއެވެ.

Advertisement - newsAdvertisement

މި ބިލުގައި ކަރަންޓީނުގައި ހުންނަން ޖެހޭ ހާލަތުގައި ހާއްސަ ޗުއްޓީއެއް ހަމަޖައްސަދިނުމާއި ގުޅޭ މާއްދާގައިވާގޮތުން ރާއްޖޭގައި އިއުލާނުކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު އަނބުރާ އައުމުގެ ސަބަބުން ނުވަތަ، ރާއްޖޭގައި ވަކި ރަށެއްގައި ހުރުމަށްފަހު އެ ރަށް ދޫކޮށް ދިއުމުގެ ސަބަބުން ކަރަންޓީނު ވާންޖެހޭ މުވައްޒަފުންނަށް، އެފަދަ މަރުކަޒެއްގައި ނުވަތަ، މެޑިކަލް ސެޓްފިކެޓެއް ހުށައަޅަން ޖެހުމަކާ ނުލާ، މުސާރަ ލިބޭ ގޮތަށް ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސަދޭންވާނެ އެވެ.

އަދި ބައްޔަށް ޝައްކުކުރެވޭ އަލާމާތެއް ފެނިގެން ކަރަންޓީނުވާންޖެހޭ މުވައްޒަފުންނަށް އެ މުއްދަތަށް އެމްސީއެއް ހުށައެޅުމަކާއި ނުލާ މުސާރަ ލިބޭ ގޮތަށް ޗުއްޓީއެއް ހަމަޖައްސަދޭންޖެހޭނެ ކަމަށް ވެއެވެ.

ކޮމިޓީ ރިޕޯޓުގައި ވަނީ މި ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ދޫކުރާ ލިޔުމެއް އޮތް ކޮންމެ ފަރާތަކަށް، މި ޗުއްޓީ ހަމަޖައްސައިދޭންވާނެ ކަމަށް ބަޔާންކޮށްފައެވެ.

މީގެއިތުރުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ވަޒީފާ އަދާކުރާ ފަރާތެއް ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި އެފަރާތެއް ހުރިވަގުތެއްގައި ދަތުރުފަތުރުކުރުމާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަޅާ ފިޔަވަޅަކާ ގުޅިގެން އޭނާ ވަޒީފާއަށް ނިކުންނަންޖެހޭ ތާރީޚަކަށް ވަޒީފާ އަދާކުރާ ރަށަށް އަނބުރާ ދެވެން ނެތް ޙާލަތެއް މެދުވެރިވެ އޭނާ ވަޒީފާއަށް ޙާޒިރުނުވެ ހުންނަން ޖެހުނު މުއްދަތަށް، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް، ޚާއްޞަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެ ކަމަށް ވެސް މި ބިލަށް ގެނައި އިސްލާހެއްގައިވެއެވެ.

އަދި ކޮވިޑަށް ފަރުވާ ހޯދަމުންދާ ޢާއިލާގެ މެންބަރެއް އެކަހެރިކުރުމުގެ މަރުކަޒެއްގައި ނުވަތަ ޞިއްޙީ ފަރުވާދޭ މަރުކަޒެއްގައި ހުންނަންޖެހޭ ހާލަތުގައި އެތަނުގައި އޭނާއާއެކު ވަޒީފާ އަދާކުރާ ފަރާތް ހުންނަންޖެހޭ ޙާލަތުގައި ވެސް މި ޗުއްޓީ ހަމަޖައްސައިދޭންވާނެ ކަމަށް ވެސް ކޮމިޓީ ރިޕޯޓުގައި ވެއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށައެޅީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މެދުވެރިވެފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވަކިވަކި ފަރުދުންނާއި އާއިލާތަކާއި ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށާއި ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއްނެތި ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުމަށްޓަކައި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކުރާ އިޖުރާޢަތުތަކަށް މިހާރުން މިހާރަށް ކޮންމެހެން ގެންނަންޖެހޭ ވަގުތީ ބަދަލުތައް ގެނެސް އެކަންކަމާ ގުޅޭގޮތުން އަމަލުކުރާނެ ހާއްސަ އުސޫލުތައް ވަގުތީ ޤާނޫނަކުން ކަނޑައެޅުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު