Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުމުންދޫ ނޭޗާރ ޕާކް

ކުމުންދޫ ކަނޑޫފަލުގައި ތަރައްގީ ކުރި ނޭޗާރ ޕާރކަށް މިނިސްޓަރ މައުސޫމުގެ ސާބަސް!

މިނިސްޓަރ ވަނީ އެ މަސައްކަތަށް ސާބަސް ރައްދު ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ސެޕްޓެމްބަރު 2020 | އާދީއްތަ 02:32
ކުމުންދޫ ކަނޑޫފަލުގައި ތަރައްގީ ކުރި ނޭޗަރ ޕާރކް- ޕާރކަށް ނަން ދީފައިވަނީ ވެހިސަރާގެ ނަމުން

ކުމުންދޫ ކަނޑޫފަލުގައި ތަރައްގީ ކުރި ނޭޗަރ ޕާރކް- ޕާރކަށް ނަން ދީފައިވަނީ ވެހިސަރާގެ ނަމުން

ކުމުންދޫ ކަނޑޫފަލުގައި ތަރައްގީ ކުރި ނޭޗާރ ޕާރކަށް ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ސާބަސް ރައްދު ކުރައްވައިފިއެވެ.

މި ޕާރކް ހުޅުވުމާއި ގުޅިގެން މަކުނުދޫ ދާއިރާގެ މެބްބަރު މުހައްމަދު ރާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުުރެވި ޖަމިއްޔާއިން ހިންގާ "ޒީރް ސްޕޯޓްސް ކުލަބް"ން މި ޕާރކް ހުޅުވާފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށެވެ. "ވެހިސަރާ" ގެ ނަމުން ނަން ދީފައިވާ މި ޕާރކަށް ކަރަންޓު ފޯރުކޮށްދެނީ ސޯލާ ޕެނެލް މެދުވެރިކޮށް ކަމަށް މެމްބަރު ރާއީގެ ޓްވީޓުގައި ފާހަގަ ކުރައްވާފައިވެއެވެ.

މެމްބަރު ރާއީ ވަނީ އެކަމުގައި މުޅި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންދިޔަކަން ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

މެމްބަރު ރާއީގެ ޓްވީޓު ރީޓްވީޓު ކުރައްވައި މިނިސްޓަރ ވަނީ އެ މަސައްކަތަށް ސާބަސް ރައްދު ކުރައްވައި ތައުރީފު ކުރައްވާފައެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވަމުން މެމްބަރު ރާއީ ވިދާޅުވީ، މި މަސައްކަތުގައި ރަށުގެ ކުޑަބޮޑު އެންމެން ބައިވެރިވި ކަމަށާއި، އެއްވެސް ސިޔާސީ ފިކުރަކަށް ނުވަތަ ބައިބައިވުމަކަށް ނުބަލައި، އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ރަށުގެ ޤުދުރަތީ ރީތިކަން މުޅި ރާއްޖެއަށް ދައްކާލައި، ކަނޑޫފަލުގެ ފުރިހަމަ ބޭނުންތެރިކަން ދުނިޔެއަށްވެސް ދައްކާލެވޭތީ އުފާ ކުރައްވާކަމަށް ރާއީ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

ކައުންސިލަރުންނަށް ރައީސް މައުމޫނުގެ ނަސޭހަތް: "ވަރުގަދަ އަޒުމާއެކު ތަރައްގީއާއިގެން ކުރިއަށް ވަޑައިގަތުން އެދެން"

05 ޖޫން 2017
ކައުންސިލަރުންނަށް ރައީސް މައުމޫނުގެ ނަސޭހަތް: "ވަރުގަދަ އަޒުމާއެކު ތަރައްގީއާއިގެން ކުރިއަށް ވަޑައިގަތުން އެދެން"
03 ޖޫން 2017

ރަށުގެ ތަރައްގީގައި ބާރަށް ކުރިއަށް ދިއުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

03 ޖޫން 2017
ރަށުގެ ތަރައްގީގައި ބާރަށް ކުރިއަށް ދިއުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 މެއި 2017

ސްކޮލާޝިޕްގައި ފުރުސަތު ދެވޭނީ ރާއްޖޭގެ ކުރިމަގުގެ ތަރައްގީއަށް ރިއާޔަތްކޮށް

26 މެއި 2017
ސްކޮލާޝިޕްގައި ފުރުސަތު ދެވޭނީ ރާއްޖޭގެ ކުރިމަގުގެ ތަރައްގީއަށް ރިއާޔަތްކޮށް
14 މެއި 2017

އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި

14 މެއި 2017
އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި
10 މެއި 2017

ރާއްޖެ އަށް ތަރައްގީ އަންނަން ޖެހޭނީ ކޮރަޕްޝަނާ ނުލާ: ނައިބް ރައީސް

10 މެއި 2017
ރާއްޖެ އަށް ތަރައްގީ އަންނަން ޖެހޭނީ ކޮރަޕްޝަނާ ނުލާ: ނައިބް ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު