Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުރީގެ އިކޮނޮމިކް މިނިސްޓަރ ސައީދު

ހިއްސާދާރުންނަށް ނޭނގި ރިސޯޓެއްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލި ކަމުގެ ތުހުމަތު ސައީދަށް!

ޔާމީން ސަރުކާރުގައި މި މައްސަލަ ކޯޓަށް ހުށައެޅުމުން މައްސަލަ ބޭރުކޮށްލި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2020 | ހޮނިހިރު 11:02
ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި، މިހާރުގެ ޕީއެންސީގެ ނައިބު ރައީސް ސައީދު- ކުރީ ސަރުކާރުން އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް އުސޫލުން ބޭރުން ގިނަ ކަންތައްތަކެއް ކޮށްފައިވާކަމަށް ތހުމަތު ކުރެވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި، މިހާރުގެ ޕީއެންސީގެ ނައިބު ރައީސް ސައީދު- ކުރީ ސަރުކާރުން އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް އުސޫލުން ބޭރުން ގިނަ ކަންތައްތަކެއް ކޮށްފައިވާކަމަށް ތހުމަތު ކުރެވޭ

ނ.އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގެ ހިއްސާ އެ ކުންފުނީގެ ދިވެހި ހިއްސާދާރުންނަށް ނޭނގި އެހެން ފަރާތަކަށް ބަދަލުކޮށް، ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދުގެ ނުފޫޒުން އެކަން ކޮށް ނިންމާލި މައްސަލަ ފެންމަތިވެއްޖެއެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި، ސަރުކާރުގެ %10 ހިއްސާއަކާއި، އަމިއްލަ ކުންފުންޏެއްގެ %90 ހިއްސާ ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމެއްގެ ދަށުން މި ކުންފުނިން އޭރު ގެންދިޔައީ ރިސޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ކުއްލި ގޮތަކަށް ކުންފުނީގައި ހިމެނޭ ދިވެހި ހިއްސާދާރުންނަށް ރިސޯޓަށް އެރުން މަނާކޮށް، އޮފީހުން އެކްސަސްވެސް ކަނޑާލާފައެވެ.

ކުންފުނީގައި ހިމެނޭ ދިވެހި ހިއްސާދާރުން އެކަން ހިނގައި ދިޔަގޮތް ސަރުކާރުގެ ތެރެއިން ސާފު ކުރުމަށް އެތައް މަސައްކަތްތަކެއް ކޮށްފައިވާކަން ރާއްޖެއެމްވީއަށް އެނގިފައިވެއެވެ. އެހެންނަމަވެސް، ސަރުކާރު ބަދަލުވިއިރުވެސް އެކަން ހިނގާފައިވާ ގޮތް ހިއްސާދާރުންނަށް ސާފުކޮށްދީފައެއް ނުވެއެވެ. މި މައްސަލައިގައި ނާޖާއިޒް މަންފާއެއް ހޯދުމުގެ ގޮތުން އެކަމުގެ ތެރޭގައި ކުރީގެ ސަރުކާރުގެ ވެރިން އެތައް ގޯހެއް ހަދާފައިވާކަން ރާއްޖެއެމްވީން ބެލި ބެލުމުން ފާހަގަ ކުރެވުނެވެ.

ކަން ހިނގާފައިވާގޮތަށް ބަލާއިރު، އޭރުގެ ސަރުކާރުން ވަނީ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބި 2 ދިވެހިން އުސޫލުން ބޭރުން ކުންފުނިން ބޭރުކޮށްފައެވެ. އަދި ދިވެހި ހިއްސާދާރުން ބޭރު ކުރުމަށްފަހު، އެފަރާތުގެ ހިއްސާ ބޭރުގެ ފަރާތްތަކަށް ވަނީ ދީފައެވެ. އެހެން ނަމަވެސް، ކުންފުނީގެ ދިވެހި ހިއްސާދާރުންނަށް ނޭނގި މި ކަމުގައި އެ ކުންފުނީގެ ހިއްސާ ބަދަލު ކޮށް އިކޮނޮމިކް މިނިސްޓްރީ ތެރެއިން އެކަންކޮށް ނިންމާލީ އޭރުގެ މިނިސްޓަރ ސީދާ ސައީދުގެ އެންގުމަށްކަމަށް އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކިޔައިދީފައިވެއެވެ.

އޭގެ އިތުރުން، ކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާވެސް ވީ ނުވީއެއް ނޭނގެއެވެ. އެންމެ ކުޑަމިނުން އެ ހިއްސާއާމެދު އަމަލު ކުރިގޮތް އޭރުގެ ބޯޑު މެމްބަރުންނާއި، ޝެއަރހޯލްޑަރުންނަށް އަންގާފައެއްވެސް ނުވެއެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ބުނާ ގޮތުން، ކުންފުންޏެއްގެ ހިއްސާ އެހެން ފަރާތަކަށް ބަދަލު ކުރެވޭނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކުއެވެ. އަދި އެކަމަށްޓަކައި ފާސްކުރަންޖެހޭ ބޯޑް ރިސޮލިއުޝަނާއި ސެއަރ ޓްރާންސްފަރ ފޯމުތަށް ފުރިހަމަކޮށް، މިނިސްޓްރީއަށް އެ ލިއެކިއުންތައް ހުށައެޅުމުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި، ޔާމީން ސަރުކާރުގައި މި މައްސަލަ ކޯޓަށްވެސް ހުށައެޅުނު ކަމަށެވެ. އެހެން ނަމަވެސް، ކޯޓުންވެސް އޭރު ވަނީ މި މައްސަލަ ނުބަލައި ބޭރުކޮށްލާފައެވެ.

އޭގެ އިތުރުންވެސް މައްސަލަ ސަރުކާރުގެ އެކި ފަރާތްތަކަށް ހުށަހަަޅައިގެންވެސް ހިއްސާދާރުންނަށް ވީނުވީއެއް އެނގޭނެ ގޮތެއް ނުވި ކަމަށްވެއެވެ.

ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަން ކުރައްވާ ސައީދަށް މިކަމުގައި މައުލޫމާތު ސާފު ކުރަން ގުޅުމުން އޭނާގެ ފޯނު ނިއްވާލާފައި އޮތުމުން ގުޅޭ ގޮތެއް ނުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

12 ޑިސެމްބަރު 2017
ސަރުކާރަށް ހަތަރު އަހަރު - ރިސޯޓް ހިއްސާގެ ހުވަފެން، މެނިފެސްޓޯގައި ނުވެސް ނެތް!

ސަރުކާރަށް ހަތަރު އަހަރު - ރިސޯޓް ހިއްސާގެ ހުވަފެން، މެނިފެސްޓޯގައި ނުވެސް ނެތް!

17 ނޮވެމްބަރު 2017
އެމްޑަބްލިއުއެސްސީގައި އޮންނަ ހިޓާޗީގެ ހިއްސާ އަނބުރާ ހޯދަނީ 'ކެވޭ'ވަރު މަދުވީމަތޯ؟

އެމްޑަބްލިއުއެސްސީގައި އޮންނަ ހިޓާޗީގެ ހިއްސާ އަނބުރާ ހޯދަނީ 'ކެވޭ'ވަރު މަދުވީމަތޯ؟

10 އޮކްޓޯބަރު 2017
ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

07 ސެޕްޓެމްބަރު 2017
ގާނޫނާ "ޚިލާފު" ހުކުމެއް ހަލާލުކުރުމަށް ގާނޫނު ބާތިލްކުރުން: ބުއްދީގެ ހަމަތަކުން ވެސް ބޭރު!

ގާނޫނާ "ޚިލާފު" ހުކުމެއް ހަލާލުކުރުމަށް ގާނޫނު ބާތިލްކުރުން: ބުއްދީގެ ހަމަތަކުން ވެސް ބޭރު!

12 އޯގަސްޓު 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު