Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސީ ބާސާގައި މަޑުކުރުން

ބާސާ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއް، މެސީ އަންނަ ސީޒަނުގައި ބާސާގައި މަޑުކުރާނެ!

މީގެ ކުރިން މެސީ ވަނީ މި ޓްރާންސްފާ ބާޒާރުގައި ކުލަބު ދޫކޮށްލަން ބޭނުންވާކަން މެނޭޖުމަންޓަށް އަންގާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2020 | ހުކުރު 16:06
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ: އޭނާ އަންނަ ސީޒަނުގައި ބާސާގައި މަޑުކުރާނެ

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ: އޭނާ އަންނަ ސީޒަނުގައި ބާސާގައި މަޑުކުރާނެ

މި ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އެ ކުލަބުގެ ކެޕްޓަން ލިއޮނެލް މެސީ މީގެ ކުރިން ހާމަކުރި ނަމަވެސް، އެ ނިންމުން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނުގައި އޭނާ ބާސާގައި މަޑުކުރުމަށް ނިންމާ އެކަން އިއުލާން ކޮށްފިއެވެ.

މީގެ ކުރިން މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.

އެކަމަކު މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަހެއް ނުވިއެވެ. އެހެންކަމުން ހުކުރު ދުވަހުގެރޭ "ގޯލް.ކޮމް" އަށް ދިން އިންޓަވިއުއެއްގައި މެސީ ވަނީ ބާސާގެ އެއްބަސްވުމާ އެއްގޮތަށް، އަންނަ ސީޒަނުގައި އެ ކުލަބުގައި މަޑުކުރަން ނިންމާ އެކަން އިއުލާން ކޮށްފައެވެ. މެސީ ބުނީ ބާސާ ދޫކޮށްލަން އޭނާ ބޭނުންވި ކަމަށާއި، އެކަމަކު އޭނާގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްވެފައި ނުވުމާއެކު، ކޯޓަށް ގޮސްގެން ބާސާ ދޫކޮށްލާން މަސައްކަތްކުރަން ބޭނުންނުވާތީ، ކުލަބުގައި މަޑުކުރަން ނިންމީ ކަމަށެވެ. އަދި ބާސާ ގޮވައިގެން އޭނާ ދުވަހަކުވެސް ކޯޓަށް ނުދާނެ ކަމަށާއި، ބާސާ ދޫކޮށްލަން ބޭނުންވި ނަމަވެސް، ކުލަބު ދެކެ އޮންނަ ލޯބި ދުވަހަކުވެސް ކުޑަ ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

މެސީ އިތުރަށް ބުނީ ބާސާ ދޫކޮށްލަން ބޭނުންވާކަން މުޅި އަހަރު ތެރޭގައިވެސް އެ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ކައިރީގައި އެކިފަހަރު މަތިން ބުނެފައިވާނެ ކަމަށެވެ. އަދި ތެދަކީ މިވަގުތު ބާސާގައި އެއްވެސް މަޝްރޫއެއް ނެތް ކަމަށާއި، ބާސާއިން އަމަލުކުރަމުންދަނީ ހެދޭ ގޯސްތަކެއް އެވަގުތެއްގައި ފޫބައްދާ އުސޫލުން ކަމަށްވެސް މެސީ ވަނީ ބުނެފައެވެ.

މެސީ ބާސާގައި މަޑުކުރާއިރު، ދާދި ފަހުން އެއްބަސްވުމުގެ މައްސަލައިގައި ބާސާގެ ރައީސް ބާޓޮމެއޫ ވަނީ މެސީގެ ބައްޕަ ޖޯޖް މެސީ އާއި މެސީގެ އޭޖެންޓާއެކު ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި ހުކުރު ދުވަހުގެ ވަގުތެއްގައި މެސީގެ ބައްޕަ ޖޯޖް މެސީ ސްޕެނިޝް ލީގުގެ ރައީސް ހާވިއޭ ޓެބާސްއަށް ފޮނުވި ސިޓީއެއްގައި ވަނީ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން 700 މިލިޔަން ޔޫރޯ ދައްކަން ނުޖެހޭނެ ކަމަށް ބުނެފައެވެ. އެއާއެކު ސްޕެނިޝް ލީގުން މެސީގެ ޓްރާންސްފާއާ ގުޅިގެން ދެވަނަ ފަހަރަށް ބަޔާނެއް ނެރުނުއިރު، އެ ބަޔާނުގައި ވަނީ މެސީގެ އެއްބަސްވުމުގައި އޭނާ ކުލަބު ބަދަލުކުރެވޭނެ ގޮތް ސާފުކޮށް ލިޔެފައިވާ ކަމަށާއި، އެގޮތުން އެއްބަސްވުން ހަމަވުމުގެ ކުރިން މެސީއަށް އެހެން ކުލަބަކަށް ދެވޭނީ 700 މިލިއަން ޔޫރޯ ދައްކައިގެން ކަމަށް އަނެއްކާވެސް ބުނެފައެވެ.

އުމުރުން މިހާރު 33 އަހަރުގެ މެސީ އަންނަ ސީޒަނުގައި ބާސާގައި މަޑުކުރި ނަމަވެސް، އެއްބަސްވުން ހަމަވުމާއެކު އަންނަ ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާ ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވެއެވެ. މެސީއަށް ޔޫރަޕްގެ ގިނަ ކުލަބުތަކުން ފާރަލަމުން އަންނައިރު، އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ އާއި، ޕީއެސްޖީ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާންވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މެސީ ބަދަލުވުން އެންމެ ގާތީ ޕެޕް ގާޑިއޯލާ އިރުޝާދު ދެމުން އަންނަ ސިޓީއަށް ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު މެސީގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރުމަށް ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބާސާއިން އައު ސީޒަނަށް ފަރިތަކުރުންތައް ފަށާފައިވީ ނަމަވެސް، އެއްބަސްވުމުގެ މައްސަލައިގައި މެސީ މިހާތަނަށް ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެއެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 634 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

01 މާރިޗު 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު